ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

އިންތިހާބީ ކައުންސިލް މެމްބަރުންނާ މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށްފި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުންނާ ބައްދަލުކުރުމަށް މިހާރުގެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި މެމްބަރުންނާ، ކައުންސިލްގެ މިހާރުގެ މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއީ ސިޓީ ކައުންސިލަށް އަލަށް ހޮވި މެމްބަރުންނަށް ތައާރަފެއް ދިނުމަށްޓަކައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގަތް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ބައްދަލުވުމުގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލުގެ އެހެން ބައެއް މެމްބަރުންގެ އިތުރުން އެ އިދާރާގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ. މާލޭގެ މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގަތް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަލަށް އިންތިހާބުވި ހުރިހާ މެމްބަރުން ވެސް މި ބައްދަލުވުމަށް ވަޑައިގެންނެވި އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ވޯޓުންނެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުންނާއި ބައްދަލުކުރުމަށް މިހާރުގެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމުލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

އަލަށް އިންތިހާބުވި ކައުންސިލް މެމްބަރުން ހުވާކުރުން އޮންނާނީ ރޯދަމަހުގެ ފަހުންނެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Mask

03 May 2021

މާސްކް މާސްކް

The name is already taken The name is available. Register?

ގައިގާދުރު

03 May 2021

އެންމެ ފުރަތަމަ ދުވަހު ވެސް މާސްކް ނާޅާ ތިބުމުން އެއީ ވެސް ލައްކަ ވާހަކަ.

The name is already taken The name is available. Register?

ގެދާނޯމޮސް

02 May 2021

ޕާޓީގެ ކުލަޔާ މާގަޔާނުވާ ކުދިންގެ ފިކުރު ފަހުން އެނގޭނެ ތާއެވެ.

The name is already taken The name is available. Register?

އަހުމަދުބޭ

02 May 2021

އެއްކަމެއްވާ ކައުންސިލްއެއްނޫން ތިޔައީ ރައްޔިތުންގެ ލާރި ކާންވެގެން ތިބޭބަޔެއް ތިއީ

The name is already taken The name is available. Register?

ރަބަރޭސް

02 May 2021

ތިޔައީ އަތޮޅު ކައުންސިލެއްނު.

The name is already taken The name is available. Register?

ޝިމާ2

02 May 2021

އެންމެ ތާކުން ތާކު ނުޖެހި ހޮވިފަ ތިބި ކައުންސިލަރުން ތި ތިބީ. ރައްޔިތުން މި ސަރުކާރު ދެކެ ވާ ފޫހި ފާޅު ކުރި ގޮތް. އެއްވެސް ތަޖުރިބާއެއް ނެތް މީހުންވެސް އެބަތިބި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454