ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ. މުޒާހަރާ ރޫޅައިލިގޮތާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި---ފޮޓޯ: މަޖިލިސް
02 މެއި 2021 - 15:05
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ރޫޅައިލި ގޮތާ ބެހޭ ގޮތުން ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް އެދިވަޑައިގެންނެވީ ފަސް ސުވާލެއް އިމްރާނަށް ފޮނުއްވައި، ލިއުމުން ޖަވާބު ހޯއްދަވައިދެއްވުމަށެވެ. އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވަން އޭނާ އެދިވަޑަައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުންނެވެ.
1- މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާއިރު، މިހައިތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅިނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟
2- މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުންް އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟
3- މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައިތިބި ފުލުހުންތޯ؟
4- މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟
5- ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، މަޖިލިހުގެ ކޮމިޓީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މުޒާހަރާ ރޫޅައިލި ގޮތާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާނާ ސުވާލުކުރައްވަން އޭނާ ހުށަހެޅުއްވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރޭ ބޭއްވި މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަަމަލުކުރި ގޮތާއި މުޒާހަރާތައް ރޫޅައިލުމުގައި އާއްމުކޮށް އަމަލުކުރާ ގޮތާއި ބެހޭ މި ސުވާލުތައް އިމްރާނަށް ފޮނުއްވަން މީކާއީލް ހުށަހަޅުއްވާފައި މިވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.
އެގޮތުން މުޒާހަރާއަށް ހުރަސް އެޅި އިރު، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.
ކަމުގައި ހާލަތާ ނުބައްދަލު ބޭނުންކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ދެކެ އެވެ. އަދި އެ އިހުތިޖާޖުގެ ފޮޓޯތައް އާންމުވުމާ އެކު، އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
03 May 2021
ފުލުހުންގެ މޮޓޯ އަކީ "ހިމާޔަތްކޮށް ޚިދުމަތްކުރުން" ނުވަތަ "ތަޅާ ރޯނާގެއްގެވުން" ތޯ؟ މިތަނުން ކޯޗެއްތޯ؟
ހޭލާ
02 May 2021
އަދި އެއްސުވާލު އިތުރުކޮށްލަން ޖެހެއެވެ. ކަނޑައެޅިގެން ގާނޫނުގައި އެއްވުން މަނާ ކޮށްފައި އޮއްވާ އަދި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުންވެސް 5 މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފައި މާލޭގެ ރަސްފަންނު ސަރަހައްދަން ވަކި މަގުސަދެއް ހާސިލް ކުރުމަށް ބަޔަކު އެއްވުމުގެ ފުރުސަތު ދިނީ ކީއްވެތޯ؟ މީކައިލަށް ދަންނަވަންއޮތީ އަތަށްގޮވާ މަންޒަރު ފެންނަ ކަހަލަހައޭ މާޒީއިން އިބްރަތް ހޯދާށޭ! އެމްޑީޕީ އަނެއްކާ މަގުމަތިވާން ބޭނުންވަނީހޭ؟
ކޮށި
02 May 2021
މީކާއިލް މިއީ އަދި މާ ގަދަވެގެން އުޅޭ މީހެއް! ދެން އަންނަ އިންތިހާބެއްގަ ޗޮކުންދާތަން ބަލަން ގަލޮޅު ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.
ކުޑޭ
02 May 2021
ކިތަންމެ ފޮނެއް އެރުވިޔަސް ބަރުލަމާނީއެއް ނުގެނެވޭނެ އއ
އަލީ ވަހީދު
02 May 2021
ބުނަންމެންބަރު މާބޮޑައްޑިމޮކުރަސީ ވައްތަރުޖެހިގެންނޫޅުއްވާ ދެންގޮވާނީއަތައް 2012ވަނައަހަރުވެސް ހަމަމީތި ރިޕީޓްވަމުން އައީ' ފުލުހުންނާ އަޅައިގަނެގެންނޫޅޭ
ކޮރަލް
02 May 2021
މިމިނިސްޓްރީ އެމްޑީޕީ އިން ބޭނުން ވެގެމް އުޅޭތާ ކިތަންމެ ދުވަހެކެވެ.
ކަކުނިބޯ
02 May 2021
ޙަހަހަހަ ހާދަގަދައޭ ތިޔަސުވާލުތަށް ކުރަން އެންމެ ރަނގަޅީ ހޯމްމިނިސްޓަރާތަ ނޫނީ ކޮމިޝަނަރ އޮފް ޕޮލިސް އާތަ ވަކިމަޤްސަދެއްގަ ކުޅެލާ ޑްރާމާއެއް ވިއްޔާ މިކަހަލަކަންތަށް ބައެއްފަހަރު ފެންނާނެ އަދި ބައެއްފަހަރު ނުފެންނާނެ
އިޔެ1
02 May 2021
މީކާލު މެމްބަރެއްގެ ގޮތުގައި ހުރެ، ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ހޯމް މިނިސްޓަރުގެ ޒިންމާ ނޭނގޭތީ ގަލޮޅުގެ ރަައްޔިތުން ލަދުވެތިވާން ޖެހޭ. މިނިސްޓަރު ހަދާނީ ސިޔާސަތު، ފުލުހުން ޖަވާބުދާރީވާނީ ފުލުހުންގެ ސުލޫކީ ބޯޑަށް.
ޖާބިރު
02 May 2021
ނުކިޔަމަންތެރިކަން ދައްކާ މީހުންނާއި ފުލުހުން ކުރިމަތިލާނީ ލޯބިންނެއްނޫން.. ފުރިހަމަ ބާރުގެ ބޭނުންކުރާނެ. ވަރަށް ބޮޑަށް އޮޅިގެން ތިއުޅެނީ. ފަތިސްނަމާދުގެ ސަޖިދައިގައި ތިއްބަކާ ފުލުހުން ބާރުގެ ބޭނުމެއް ނުކުރާނެ.
ޖަމީލުބެ
02 May 2021
މަހަކު ދެފަހަރު ހާޒިރުކޮށްފަ ބަހައްޓާ! ހަމަޖެހިލައިގެން މަސައްކަތެއް ކޮށްލާނެ ވަގުތެއް ނުދޭތި! އޭރުން ބޮޑުވަޒީރުކަން އަވަހަށް ލިބޭނީ!