އެއްގަމު އުޅަނދުގެ ލައިސަންސް ނަގަން ކަނޑައަޅާފައިވާ ސަރަހައްދު: ކޮވިޑްގެ ހާލަތު ގޮސްވެ މިވަނީ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް ހިދުމަތް މެދުކަނޑާލައިފަ--ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު
05 މެއި 2021 - 10:44
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ ފަރާތަކަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން މިއަދު ހުއްޓާލައިފި އެވެ.
އަލަށް ލައިސަންސް ނަގަން ބޭނުންްވާ މީހުންނަށް އެ ހިދުމަތް ދިނުން ހުއްޓާލާފައި މިވަނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޮސްވަމުންދާތީ އަޅައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. މީގެ ކުރިން ވެސް ވަނީ ކޮވިޑްގެ ކޭސްތައް ގިނަވުމުން މިގޮތަށް ޚިދުމަތް ހުއްޓާލައިފަ އެވެ.
އަލަށް ލައިސަންސް ނަގަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ހުއްޓާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ ކުރީކޮޅު ވެސް ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ދިނުން ވަގުތީގޮތުން ހުއްޓާލައިފަ އެވެ. އެހެންވެ، މާޗު މަހުގެ ތެެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ބަޔަކު ގޮސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމީހުންގެ ކަންބޮޑުވުމަކަށް އޭރުވީ ލައިސަންސް ނަގާނެ ގޮތެއް ނެތި، ޖޫރިމަނާ ކުރަމުންދިޔުމެވެ.
އޭގެ ފަހުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކެއް ހަދައި ފަހުން ލައިސަންސް ނަގަން ފުރުސަތު ވެސް ދިނެވެ. އެކަމަކު ރާއްޖެއަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ހަމަކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ވެސް ބަންދުކޮށްފައިވާއިރު ރޭގަނޑު 12:00 އިން ފަތިހު ހަތަރަކަށް ރެއިން ފެށިގެން ވަނީ ކާފިއު ހިންގަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
05 May 2021
"ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ". ކޮބާ ވެހިކަލް ރަޖިސްޓަރީ ކުރަން ގަރާޖު ހުއްދައަށް އެދި ހުށަހެޅި ފޯމްތައް ހުރި ގޮތަށް ހުރީ ތިންހަފްތާވީ، ވެހިކަލް ރަޖިސްޓްރީ ނުކުރެވިގެން އުޅަނދު ކުއްޔަށް ހިފައިގެން ކުރާ ޚަރަދުތަކުގެ ޒިންމާވަނި ކޮންފަރާތަކުން، ގަރާޖް އިނިސްޕެކްޝަނަށް ނާދެވޭނަމަ އޮންލައިންކޮށް ނަމަވެސް އެކަން ކޮށްދެއްވަންވީ ނޫންތޯ، ތިޔަހެން ނުހައްދަވާ ޕުލީޒު...
މުސްތޮ
05 May 2021
ނޫސް ވެރިން ގޮސް ބަލާބަލަ ޓްރާންސްޕޯޓް ހުޅުވައިގެން އިއުލާނާ ހިލާފަށް ހުރިހާ މުވައްޒަފުން އެތިބީ މަސައްކަތުގަ. އިއުލާން ކުރީ އޮފީސްތައް ބަންދު ކަމަށް އެކަމަކު ހުޅުވައިގެން އެގެންދަނީ މަސައްކަތް ކުރަމުން. ކޮވިޑު މިގައުމުގަ އޮތްހެނެއް ހީނުވޭ
އަރުތަ
05 May 2021
ތިކަމެއް ނޭގެ، ޚިދުމަތެއްނުދޭ، މީގެ ދެހަފްތާކުރިން ޚިދުމަތަކަށް އެދުނިން، ކޮންމެ ދުވަހަކުގޮސް ކައުންޓަރުގަ ތިބޭ ކުދިންގާތު އަހާލީމަ ބުނަނީ "އެމީހުން އެޕްރޫވް" ކުރީމައޭ ވާނީ އަދި ނުނިމޭ، ދެން ކިހިނެއް ހަދާނީ، މީއަޅެ ރައްޔިތުންނަށް ކުރާ ޖެއްސުމަކީބާ!
މުސްތޮ
05 May 2021
ރައީސު އިޢުލާން ކުރެއްވީ އޮފީސްތައް ބަންދު ކުރަން ޓްރާންސްޕޯޓްގެ ހުރިހާ މުވައްޒަފުންތިބީ އޮފީހަށް ނެރެފައި. މީ ކަނޑައެޅިގެން ރައީސުލް ޖުމްހޫރިއްޔާ ނިންމެވިގޮތާ ހިލާފުކެމެއް. އިއުލާނުގައި އޮތީ ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރުމަށް. އެކަމަކު ހުރިހާ މުވައްޒަފުން ނެރެގެން އޮފީސް ހުޅޫވައިގެން މަސައްކަތް ކުރަމުން ދަނީ ގައި ދުރު ކަމެއް ނެތް
އަރުތަ
05 May 2021
އަމިއްލަ މަސައްކަތް ކުރަނީ، އާއްމު ރައްޔިތަކަށް ޚިދުމަތެއްނުދޭ.