ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު، ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ސޯލިހަށް ދެއްވަނީ.
05 މެއި 2021 - 15:07
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓެކްނޮލޮޖީ މިނިސްޓްރީ މިއަދު އުވައިލެއްވުމާ ގުޅިގެން އެ މިނިސްޓްރީގައި ތިއްބެވި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް އެންވަޔަރުމެންޓް މިނިސްޓްރީ އަށް މިއަދު ބަދަލުކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރެއްވީ، ޓެކްނޮލޮޖީ މިނިސްޓްރީގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރުމުންނެވެ. މި ބަދަލާއެކު، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާ ނަމަކީ، "މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ" އެވެ.
އެ މިނިސްޓްރީގެ މިނިސްޓަރަކަށް ރައީސް އައްޔަން ކުރެއްވީ، މިހާތަނަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އެވެ.
އަލީ ސޯލިހާއި އަފްޒަލް އަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަކީ މި ސަރުކާރުގައި ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދީއްސުރެ އެ ތަނުގައި އުޅުއްވި ބޭފުޅުންނެވެ.
އަލީ ސޯލިހު މަގާމަށް ވަޑައިގަތީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ އަކީ އެ ޕާޓީގެ އިސް ތަރުޖަމާނު އަދި ކައުންސިލް މެމްބަރެކެވެ. އަފްޒަލް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ މެމްބަރެކެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އުވައިލެއްވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މަގާމަށް ވަޑައިގެންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގައި ނަގައި އޭނާ މަގާމުން ވަކި ކޮށްފައި ވަނިކޮށެވެ. މަލީހް ވަކިކުރުމުން މިހާތަނަށް އެ މިނިސްޓްރީ އަށް ވަޒީރަކު ހަމަނުޖައްސައި ވަގުތީ ގޮތުން އެ ތަން ބެލެހެއްޓެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްސަޅި
06 May 2021
ރުއް އުފުރާ މީހާ ތިމާވެށި ހިމާޔަތްކުރަން ތިމާވެށި މިނިސްޓްރީއަށް،. ވަރަށް ސަޅި!
އަލި
06 May 2021
މީ އަޅެ ސަރުކާރަަށް ބަލަދު އަރާ ބަޔަކީތަ؟
Happy 123
06 May 2021
އަލީ ސޯލިހު މެންތި ހުސްބޭކާރު މީހުން.. ވަކިކުރޭ?
މިއަދު
05 May 2021
ރައިސްސާލިހު 2023 ކަށަވަރުކުރަން ތިއަޅަނީ ކަތިފިޔަވަޅުތަކެއް2023 ރިޔާސީ އިންތިޚާބަށް ދާންދެން ތިމަގާމުގައި ހުރވޭނެކަމާވެދު ޝައްކު
މިއދު
05 May 2021
ސަރުކާރުގައިތިބި ސިވިލްސާވިސް މުއައްޒަފުން މުސާރަބޮޑުކޮށްދިނުމަށްގޮވާލާ ހަޅުތާލަކަށްދިއުމަށް ތަތްޔާރުތޯ
އިބްރ
05 May 2021
އަލީ ސާލިހު ފާހަގަވެފައިވަނީ ރައްޔިތުންނަށް ކަނޑައެޅިގެން އެނގޭ ކަންކަމުގައި ދޮގުހައްދަވައިގެން އިބޫސާލިހުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލައްވަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
އަހުމަދުއަލޯ
05 May 2021
އަލީ ސޯލިހު ވަަރަށް މޮޅުވާނެ ކަދުރު ރުކާ ބެހޭ ކަންކަމުގަ.
އަޅާނުލާ
05 May 2021
އަޅާނުލާ ރައީސް. އެއްގޮތަކަށްވެސް ހާސްވާކަށް ނުވޭ. ދިވެހިން ވަރަށް އަވަހަށް ހަނދާނެނެތޭނެ. ވޯޓާ ހަމައަށްދާއިރު މީގެ އެއްވެސް ވާހަކައެއް ހަނދާނެއް ނުހުންނާނެ. ހަނދާން ހުންނާނީ ހަމައެކަނި އަލަށްވާ ނުފުއްދާ ދޫކޮށްލާނެ ވައުދުތައް.
ގައުމް
05 May 2021
ރައީސް އިންކޮންޕިޓެންސް، ނޯ މެނޭޖިރިއަލް ސްކިލް. ޕުލީސް ރިޒައިން
ލަކީބާ
05 May 2021
ލޮލް! ފިތުނަފަސާދަ މިނިސްޓަރ ޝައުނާއަށް ވަރަށް ސަލާމް!