ރައްޔިތުންގެ މަޖިލީހުގެ އިދާރާ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ލިބިވައިވާ ކަމަށް މަަޖިލީހުން މިއަދު ބުނި
06 މެއި 2021 - 18:19
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި މަގާމުތައް ކުރިން އަދާކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައުލޫމާތު ހޯއްދަވައި ދެއްވުމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާ ސަބަބު އޮޅުން ފިލުއްވަން ރައްޔިތުންގެ މަޖލީހުގެ މެމްބަރަކު އެދިވަޑައިގަތުމުން، އެ މައުލޫމާތު ހޯދަން ތަހުގީގީ އިދާރާތަކުގައި އެދުމުން އެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައުލޫމާތު މަޖިލީހުގެ އިދާރާ އަށް ފޯރުކޮށްދިނުމަށް މަޖިލީހުން ކަނޑައެޅި ސުންގަޑި ހަމަވި އިރު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނި ގޮތުގައި މައުލޫމާތު ދޭން ކަނޑައެޅި ސުންގަޑި ހަމަވީ މިދިޔަ މަހުގެ 28 ގަ އެވެ.
"...އިސްވެ ދެންނެވުނު ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަ އާއި ޝަރުއީ ދާއިރާގަ އާއި މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، އެ ތަންތަނުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރު ވެސް މެމްބަރުކަމުގައި ތިއްބެވި ފަރާތްތަކާއި އަދި ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުންނާއި މިހާރު ވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ލިސްޓް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރު) އިން މި އިދާރާއާ ހިއްސާ ކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.
އެމްއެމްޕީއާރުުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުަމަތުވާ މީހުންގެ ތެރެއިން މިހާރު ވެސް ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ށް ސިޓީއެއް ފޮނުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފެވެ.
އެ މައުލޫމާތު ހޯއްދަވަައިދެއްވަން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ނޫޅުއްވާ ކަމަށް ހަސަން ސޯޝަލް މީޑިއާގައި ތުހުމަތު ކުރެއްވުމުން އެ ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރި އެވެ.
އެކަމާ ގުޅިގެން އޭރުގައި އަސްލަމް "މިހާރު" އަށް ވިދާޅުވީ، 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަނީ އެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ކަމަށެވެ. އެ ސަބް ކޮމިޓީގައި މައްސަލަ އޮންނަތާ އަހަރެއް ވާއިރު، އެ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
"އެ ސަބް ކޮމިޓީގައި ހަސަން ލަތީފު ވެސް އިންނަވާ. އެހެންވިއްޔާ މައްސަލަ ލަސްވާ ނަމަ އެކަން ލަސްވަނީ ހަސަން ލަތީފަށް ވެސް އެނގިވަޑައިގެން ކަމަށް މި ބަލަނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
09 May 2021
ޔާމީނު ނަން އިންތަ?
އާރީ
09 May 2021
ދެން ފަހެ ކީއްވެ ހޭ ރަށްއިތުންނަށް އެ ނަންތައް ސިއްރު ތި ކުރަނި. ހާމަ ކުރާށޭ.
އެދުރުކަލޭގެފާނު
06 May 2021
ތިޔަ ޚިޔާނާތުގެ ވާހަކަ ދައްކާ މީހުން އަދި ލިޔާ މީހުންނަށް އޮތް ނުރައްކާ ނަޝީދަށް ދިން ހަމަލާއިން ސާބިތުވާނެއެވެ. މިވާހަކަތަށް ލިޔުއްވާ ނޫސްވެރިން ސަމާލުވެ ތިބުމަށް ދަންނަވަމެވެ. ރައްޔިތުންނާއި ހަމަޔަށް މިފަދަ ވާހަކަތައް ގެނެސްދެއްވާ މިހާރުގެ ނޫސްވެރިންނަށް އެތެއް ޝުކުރެއް ހައްގެވެ. ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި ތިޔަ ބޭފުޅުންނާއި ތިޔަބޭފުޅުންގެ އާއިލާއަށް ރައްކާތެރި މިންވަރު ކުރައްވާށި!
އެދުރުކަލޭގެފާނު
06 May 2021
ތިޔަކަމަށް ފިޔަވަޅު ނޭޅިގެން އުޅެނީ މަޖިލީހަށް މަޢުލޫމާތު ނުލިބިގެން ތޯ ނުވަތަ މިސަރުކާރުގެ އިސްވެރިންވެސް ތިޔަ ކަމުގައި ތާށިވެގެންތޯ؟ ތިޔަ ފުރަ ވައްކަމުގައި ބައިވެރިވާ އެންމެން ރާއްޖޭގެ އެއްމެ އުތުރުން ފެށިގެން އެއްމެ ދެކުނާ ޖެހެންދެން ތިބި ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކަށް އަރައި އަހާލިޔަސް އެބަ އެނގެއެވެ. ތިޔަކަމުގައި މިސަރުކާރުގެ ވެރިންވެސް ބައިވެރިވުން ވެެއެެވެ. ރައީސް ޔާމީނާއި އަދީބު ގޭގައި ތިބި ތިބުމުން ތިޔަކަން އިތުރަށް ސާބިތުވެއެވެ.
އެމްސް
06 May 2021
ތިޔަ މަޖިލީހުގަވެސް އެބަތިބި ޢާއްމު ފަ ރުދުންނަށްވެސް ބޮޑެތި ޚިޔާނާތް ވެފަ ތިބި މީހުން! އޭގެތެ ރެއިން ބަޔަކު މަޖިލީސް ޚިޔާ ރުކު ރީވެސް ދިފާޢީ އައްޑަނައަކަށް!
ގެދޮރު ނެތް މާލޭމީހާ
06 May 2021
ނަޒާހަތްތެރިންގެ ނަޒާހަތްތެރިކަން ގާދޯކޮލުން ބޭރުވާނެ. ތިކަން ކުރާކަށް ނުކެރޭނެ.
ސީޒަން ޖެކުހަން
06 May 2021
ތީތި އެއްކޮށް ތަހުގީގުކޮށްލެވެއްޖިއްޔާ އެތައްކިލޯ މުގެއް ތޭރިތަކުގެތެރެއަށް ލާންޖެހޭނެ. ދެން ލަލަލާ.
ބިންޑާސް
06 May 2021
ކޮވިޑު ފެއިލްވާ ވާހަކަ އޮޅުވާލަން ރަނގަޅު ވާހަކައެއް
ކޫވިދު
06 May 2021
ދުނިޔޭގަ ކަންހިނގާގޮތް ނުފެނޭތަ ކަލެޔަށް؟
ރާށިދު
06 May 2021
ޢަވަހައް ތިބޭފުޅުންގެ ވަނަވަރު ރަތްޔަތުންނައް ހާމަކުރޭ ދިވެހީން ބޭނުންވޭ ރަތްޔަތުންގެ މާލިއްޔަތުން ވައްކަންކުރީ ކޮންބަޔެއްކަންއެގެން.
ޙައިދަރުބެ
06 May 2021
ޙަމަ ހުސް ގޭސް.. ފޭކް.
1235
06 May 2021
ހާމަކު ރޭ