ރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގެ ސަބަބުން ނަޝީގެ ފުއްޕާމެޔާއި ލިވަ އާއި މޭކަށިތަކަށް ވެސް ވަނީ ސީރިސް ޒަހަމްތަކެއް ލިބިފައި. އެތައް ސާޖަރީއެއް މިހާތަނަށް ހަދާފައިވޭ.
06 މެއި 2021 - 20:51
ރައީސް ނަޝީދުގެ މި ވަގުތުގެ ހާލުކޮޅާ ބެހޭ މައުލޫމާތު މެންބަރުންނަށް ދެއްވުމަށް ފަހު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަޖިލިސް ނިންމަވާލައްވައިފި.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބާއްވާ ޚާއްސަ ޖަލްސާ ފަށައިފި.
On request of his family, we will provide appropriate details of his condition, treatment at a suitable time.
— ADK Hospital (@ADKHospital) May 7, 2021
ރިޔާޒް: ގޮއްވާލި ކަމަށް ބުނާ ސައިކަލާ ބެހޭ މައުލޫމާތުތައް މިހާރު ވަނީ ލިބިފައި. އެކަމާ ބެހޭ އިތުރު މައުލޫމާތެއް ދެވޭކަށް ނެތް.
މުހަންމަދު ރިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރިޔާޒް: މިހާތަނަށް ބެލިބެލުމުން ގޮވި އެތީގައި މިލިޓަރީގައި ބޭނުންކޮށްފައިވާ އެއްޗެހި ހުރި ކަމަކަށް ނުބެލެވޭ.
ސީޕީ: އިންޓެލްގެ މަސައްކަތެއް ނުހުއްޓޭ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަކަށް ރޭގެ އިންޓެލްއެއް ނުލިބޭ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހެނީ. އޭގެ ޕޯސްޓްމޯޓަމެއް ހަދަން ޖެހޭނީ.
ސީޕީ: މިފަދަ އަމަލުތައް ހިންގުމުގެ ގާބިލްކަން ހުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން އެއީ އެއްބަސްވާ ކަމެއް. ޝަރީއަތުގެ މަރުހަލާއިން، ސާބިތުނުވެގެން ނުވެގެން ނުވަތަ ހެކި ނެތިގެން ވިޔަސް ސަލާމަތްވެގެން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ވެސް އެ މީހުން އެބައުޅޭ. އަދި ޖަލުތަކުގައި ވެސް އެބަތިބި.
ސީޕީ: ރޭގެ މި ހަމަލާއާ ގުޅިގެން ފުލުހުންގެ އިންޓެލް އަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ.
ސީޕީ: މި ހަމަލާގެ ތަހުގީގު މިއޮތީ އަދި ވަރަށް ކުރީގެ މަރުހަލާގައި. މިއީ ޓެރަރިޒަމް ހަމަލާއެއް. މި އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ފުލުހުން މި އަންނަނީ ކުރަމުން.
ފުލުހުންގެ ފަރާތުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން
ސީޕީ: ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކަށް އަޅުގަނޑުމެން އެބަ ބަލަން.
ސީޕީ: މި ހަމަލާގެ ތަހުގީގަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުން ވެސް ވަނީ ހުށަޙަޅާފައި. މިހާރު ވެސް އިނގިރޭސިވިލާތުގެ ދެ ތަޖުރިބާކާރުން އެކަމުގައި އެހީތެރިވަމުން އެބަ ގެންދަވާ.
ސީޕީ: ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 8:35 ގައި. ރޭ 9:50 ގައި އެމްއެންޑީއެފުން އެސެސް ކުރުމަށް ފަހު ސީން ވަނީ ފުލުހުންނާ ހަވާލުކޮށްފައި. މި ހަމަލާއާ ގުޅިގެން ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވި.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ޕްރެސް ދެއްވަނީ ކޮމިޝަނަރު މުހަންމަދު ހަމީދާއި އެސިސްޓެންޓް ކޮޮމިޝަނަރު މުހަންމަދު ރިޔާޒް
Strongly condemn the attack on President @MohamedNasheed last night and wish him a speedy recovery.
— Hussain Shameem (@HuShameem) May 7, 2021
Myself and @PGO_MV prosecutors are working closely with @PoliceMv on the criminal investigation.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން އެ އޮފީހުގެ ވަކީލުން ފުލުހުންނާ އެކު ގެންދަނީ މަސައްކަތްކުރަމުން.
ފުލުހުންގެ ޕްރެސް ކޮންފަރެންސް މިހާރު ވަނީ 2:30 އަށް ފަސްކޮށްފައި.
ނަޝީދަށް ދިން ހަމަލާ: ސިފައިން ހަތިޔާރާއެކު ފޯރިމެރުން https://t.co/IFEZZSKZyw
— Mihaaru (@Mihaarunews) May 7, 2021
#MPSPressStatement: PMC/2021/07
— Maldives Police (@PoliceMv) May 7, 2021
2021 May 06 vana dhuvahuge rey Neeloafaru Hin'gumugai echcheh govvaalai, Rayyithunge Majileehuge Raees, Raees Mohamed Nasheed ah amaazukoh dheefaivaa hamalaa'aa gulhey: https://t.co/n5S5Xmly2X#MPSNoosBayaan pic.twitter.com/Cg3Yuyndga
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިސްޓް އަމަލެއް ކަމަށް. މި ހަމަލާގެ ތަހުގީގަށް ފުލުހުންނަށް ލިބެން ހުރި ފޮރެންސިކް ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށާއި މި ތަހުގީގުގައި އޮސްޓްރޭލިއާ ފުލުހުން ބައިވެރިވެ އަދި އިނގިރޭސި ވިލާތުން ވެސް އެހީތެރިކަން ފުލުހުން ބުނި. ހަމަލާއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިިބިފައިވާ ނަމަ ފުލުހުންގެ ނަންބަރު 9704000 އަށް ގުޅައި އެކަން ހިއްސާކުރަން ފުލުހުން އެދޭ. ފުލުހުން ބުނީ ދޭ މައުލޫމާތު ސިއްރުކަން ހިފަހައްޓާނެ ކަމަށް.
ނަޝީދުގެ ލިވަ އާއި ފުއްޕާމޭ އަދި މޭކަށިތަކަށް ވެސް ވަނީ ގެއްލުންވެފައި. އެ ގެއްލުންތައް ވެފައި ވަނީ ގޮސްވާލި އެތިން ބުރައިގެންދިޔަ އެތިކޮޅުތަން ވަނުމުގެ ސަބަބުން.
އޭޑީކޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި މިހާތަނަށް ނަޝީދުގެ ގިނަ ސާޖަރީތަކެއް ކާމިޔާބުކަމާ އެކު ވަނީ ކުރެވިފައި. އެކަމަކު އަދިވެސް މުހިންމު ސާޖަރީއެއް ހަދަންޖެހޭ.
ހަމަލާ އަށް ފަހު ސަލާމަތީ ބާރުތަކުން ދަނީ މާލޭގެ އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން. ސިފައިން ހަރަކާތްތެރިވަނީ ހަތިޔާތާ އެކު. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ހަމަލާއާ ގުޅޭ ގޮތުން މެންދުރު ފަހު 1:45 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ފުލުހުން ބުނެފި.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ލިވަ އާއި ފުއްޕާމެޔަށް ވެސް ވަނީ ގޮއްވާލި އެތިން ބުރައިގެން ދިޔަ އެތިކޮޅުތަކުން ގެއްލުންވެފައި. ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ލިވަ އަށް ލިބުނު ގެއްލުމާ ގުޅިގެން ފެށި ސާޖަރީ އަށް ލަފާކުރި ހަތް ގަޑިއިރަށް ވުރެ އިތުރަށް ވެސް މިހާރު ހޭދަވެއްޖެ. އަދި މޭކަށިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ބުނެފައިވޭ. ނަޝީދުގެ ސާޖަރީތައް ހަދަމުން އަންނަ ކަމަށް އޭޑީކޭ އިން މީގެ 11 ގަޑިިއިރު ކުރިން ބުނި ފަހުން މާބޮޑު ތަފްސީލެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ނުދޭ.
ރައީސް ވިދާޅުވީ މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ޖަރީމާ ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އަންގަވާފައި ވާނެ ކަމަށް.
ރައީސް: މިއީ ޑިމިކޮރަސީ އަށާއި އިގްތިސާދަށް ވެސް ދިން ހަމަލާއެއް. މިފަދަ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގައެއް ނުލިބޭނެ.
ރައީސް: ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑަށް ޑޮކްޓަރުން އެންމެ ފަހުން ދިން މައުލޫމާތުން އެނގޭ ގޮތުގައި އިތުރު އޮޕަރޭޝަނެއް ކުރަން ދަނީ ތައްޔާރުވަމުން.
މި ހަމަލާގައި ނަޝީދާ އެކު ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. ނަޝީދުގެ އިތުރުން ދެން ހިމެނެނީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާންމު މީހެއް.
ރައީސް މިރޭ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ
During ongoing assessment of injuries , need for further surgeries identified. Specialist teams are proceeding with the required essential surgeries.
— ADK Hospital (@ADKHospital) May 6, 2021
ނަޝީދަށް ލިބިފައިވާ ޒަޚަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަންޖެހޭ. ހާއްސަ ޓީމަކުން ދަނީ މި ވަގުތަށް އެންމެ މުހިންމު ސާޖަރީތައް ހަދަމުން: އޭޑީކޭ
ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް. ހަމަލާގައި ޒަހަމްވި ނަޝީދާއި އެހެން ބޭފުޅުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިފައި
News Briefing_6 May 2021: Majlis Raees adhi mi commission ge member, Raees @MohamedNasheed ah dhin terrorist hamalaa kuvveri kurun pic.twitter.com/t4gu1n5jTG
— JSC Maldives (@MaldivesJSC) May 6, 2021
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވަމުން އެބަގެންދަވާ. pic.twitter.com/hNjw3KJyxp
— Mabrook Azeez (@MvSpokesperson) May 6, 2021
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ
— People's Majlis (@mvpeoplesmajlis) May 6, 2021
ވީޑިއޯ ލިންކު:https://t.co/X2lkFBzWbE pic.twitter.com/7VRJ9HKVsv
އެމްޑީއެފުން ބުނީ ހަމަލާގެ ސަބަބުން ސިފައިންގެ ތިން މީހަކަށް އަނިޔާވި ކަމަށް. އޭގެ ތެރެއިން ކަންފަތަށް ތަދުވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެ މީހުންނަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ބުނި
އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ނަޝީދަށް ފަރުވާ ދެމުން އަންނަ ކަމަށާއި ޖަލްސާ މެދުކަނޑާލި ނަމަވެސް ޖަލްސާ ނިންމާލާނީ ޑޮކްޓަރުންގެ ފަރާތުން ތަފްސީލް ލިބުމުން ކަމަށް އީވާ ވިދާޅުވި
ނަޝީދުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތެއް ލިބެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނެކަން އިއުލާނުކުރައްވައި، މި ވަގުތަށް ޖަލްސާ މެދުކަނޑާލައިފި. އީވާ ވިދާޅުވީ ޖަލްސާގައި ބަހުސެއް ކުރަން ގަސްތުނުކުރައްވާ ކަމަށް.
ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އަމިއްލަ ނަންފުޅުގަ އާއި މަޖިލީހުގެ މެންބަރުންގެ ނަމުގައި ކުށްވެރިކުރާ ކަމަށް. އީވާ ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށް
މަޖިލީހުގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީޙުގެ ކުއްލި ޖަލްސާ ފަށައިފި، ރިއާސަތުގައި އިންނެވީ ނައިބު ރައީސް އީވާ އަބްދުﷲ
ނަޝީދަށް ދިން ހަމަލާ https://t.co/vIb4tqMMqa
— Mihaaru (@Mihaarunews) May 6, 2021
ނަޝީދަށް ދިން ހަމަލާ އަށް ފަހު އެ ސަރަހައްދުގެ ހާލަތު ފޮޓޯތަކުން
އޭޑީކޭ އިން ބުނީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެނައީ މިރޭ 8:30 ގައި ކަމަށާއި މިހާރު ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބުލް ކަމަށް. އަދި މިކަމާ ބެހޭ ގޮތުން ފަހުން ތަފްސީލް ދޭނެ ކަމަށް.
President Mohamed Nasheed was brought to the hospital with multiple injuries today at 20:30hrs. He is currently being treated by a multi speciality medical team. His vitals are currently stable. We will update further.
— ADK Hospital (@ADKHospital) May 6, 2021
ފުލުހުންގެ ތަހުގީގު ޓީމުތައް ދަނީ ހާދިސާ ހިނގި ތަނާއި އެކި ސަރަހައްދުތަކުގައި މިވަގުތު ހަރަކާތްތެރިވަމުން.
މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައި.
— Maldives Police (@PoliceMv) May 6, 2021
ފޮޓޯ: ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. pic.twitter.com/9IgveUT8EN
ފުލުހުން ބުނީ މި މައްސަލަ އަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް
ހަމަލާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވަލް 3 އަށް މަތިކޮށްފި
މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން. މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުން.
— Ibrahim Mohamed Solih (@ibusolih) May 6, 2021
ހަމަލާއާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ހަމަލާއާ ގުޅިގެން ރައީސް އާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރައްވާނެ ކަމަށް
ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓްކުރައްވައިފި. "މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން. މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުން."
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަހަމްތައް އެބަހުރި. ޒަހަމްތައް ވަރަށް ގިނަ ކަމަށާއި ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށް އެނގިފައިވޭ. ޒަހަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަމަށާއި ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް ވަނީ އެނގިފައި. އަދި ހޭނެއްތުމުގެ ކުރިން ރަނގަޅަށް ހަރަކާތްތެރިވެ އުޅުއްވި ކަމަށް ވެސް ވަނީ އެނގިފައި.
ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މިރޭ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް އެޖެންޑާކޮށްފި
President @MohamedNasheed injured in an explosion, receiving treatment at ADK pic.twitter.com/nrzW4liMX6
— MDP News (@MDPnews) May 6, 2021
ރައީސް ނަޝީދުގެ ސާޖަރީއެއް ހަދަން ޖެހޭ. އެކަމުގެ ތައްޔާރީތައް ވަމުން އެބަދޭ.
I strongly, wholeheartedly condemn the attack aimed at my fmr running mate & predecessor @MohamedNasheed. The propagation of hate in Maldivian politics must end, & we must find ways to unite & work together, rather than divide. My prayers are with him, the SPG, & their families.
— Mohamed Waheed (@DrWaheedH) May 6, 2021
ނަޝީދުގެ ހާލުކޮޅު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ އޭޑީކޭ އަށް ވަޑައިގެންފި.
I do hope and pray that Raees Nasheed is unhurt and well. I condemn in the strongest terms all acts of violence and terrorism.
— Maumoon Abdul Gayoom (@maumoonagayoom) May 6, 2021
ރައީސް މައުމޫން ކުރެއްވި ޓްވީޓް
އެއްޗެއް ގޮއްވާލި ސަރަހައްދުން އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ހަމަލާ ދިން ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށުގައި. އެ ސަރަހައްދުގައި ހަތިޔާރާ އެކު ސިފައިން ވެސް ހަރަކާތްތެރިވޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
Following an explosion near his residence, Speaker of Parliament President Mohamed Nasheed has sustained injuries and is currently receiving treatment at ADK Hospital.
— Eva Abdulla 🎈❓ (@evattey) May 6, 2021
We will keep the public informed on President Nasheed’s condition as we receive updates.
މާލެ- މޭއި 6، 2021: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ--.ފޮޓޯ: ނިޝާން އަލީ
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން އާންމުން ވެސް އަންނަނީ ކުށްވެރިކުރަމުން. އިދިކޮޅު ކޯލިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެ ހަމަލަ ރަނގަޅު ތަހުގީގެއް ކޮށްދޭން އެދޭ ކަމަށް. އަދި ނަޝީދަށް އަވަސް ޝިފާ އަކަށް ވެސް އެދިފައިވޭ.
ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި ޒަހަމްވި ބައެއް މީހުންގެ ފައިވާން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
Following an explosion on Neeloafaru Magu in Malé, Speaker of Parliament President Mohamed Nasheed has sustained injuries and is currently receiving treatment at ADK Hospital.
— Maldives Police (@PoliceMv) May 6, 2021
1/2
އެއްޗެއް ގޮއްވާލި ސަރަހައްދުގައި މިރޭ ސިފައިން ހަރަކާތްތެރި ވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއްޗެއް ގޮވި ހިސާބުގައި ޒަހަމްވި ބައެއް މީހުންގެ ލޭ ވެސް ބިންމަތީގައި ހުރި. ބައެއް މީހުން ބުނި ގޮތުގައި އެ އަޑު ސިފަވީ ބޮމެއް ގޮވިހެން. އަދި އެ ހިސާބުގެ ބައެއް ގެތަކަށް ވެސް އެ އަޑު ވަރަށް ގަދަ އަށް އިވުނު ކަމަށްވޭ.
މަންޒަރު ދުށް ބައެއް މީހުން ބުނީ އެއްޗެއް ގޮވުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށް. އޭރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނީ ކަމަށާއި އެއްޗެއް ގޮވުމާ އެކު ކައިރި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށް ބައެއް މީހުން ބުނޭ.
އެނގިފައިވާ ގޮތުގައި ހަމަލާގައި ރައީސް ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތަސް ފުރާނައަށް ނުރައްކާ ވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވާ. އެކަމަކު މި ހަމަލާގައި އެހެން ހަތަރު މީހަކު ވަނީ ޒަހަމްވެފައި. ނަޝީދު މި ވަގުތު އޮތީ އޭޑީކޭގައި.
ޒަހަމްވި މީހުން ގެންދިޔަ އޭޑީކޭ ބޭރުގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން. ނަޝީދާއި އެހެން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ
މި ހަމަލާއާ ބެހޭ ގޮތުން ސިފައިންނާއި ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނޭ
ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވައިލުމުން ސިފައިން ހަތިޔާރާ އެކު އެ ސަރަހައްދު ބަލަހައްޓަނީ.
ހަމަލާގައި ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ. ނަމަވެސް ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް. ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒަހަމްވި ބައެއް މީހުންގެ ނުތެދުވެވި ބިންމަތީ އިށީނދެ ތިބި. އެ މީހުންގެ ފައި ހަލާކުވެ ލޭ އަންނާތީ ވީޑިއޯ އިން ފެނޭ
ހަމަލާ ދިން ސަރަހައްދަށް ހަތިޔާރާ އެކު ސިފައިން ނުކުމެ މިހާރު ވަނީ އެންމެން ދުރަށް ޖައްސާފައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ މަނިކުފާނަށް އަނިޔާއްވެއްޖެ އެވެ.
ހަމަލާ ދީފައި ވަނީ ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ، ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ އެވެ. ހަމަލާގައި އެސްޕީޖީގެ މީހަކާއި ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މިހާތަނަށް އެނގިފައިވެ އެވެ. މީގެ އިރުކޮޅެއް ކުރިން ދިން ހަމަލާއަށް ފަހު ނަޝީދު މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ މަޖީދީ މަގުގައި، ކުރީގެ އެމިޓީ ފިހާރަ ކައިރިންނެވެ. އެ ހިސާބުގައި އެ ވަގުތު ތިބި ބައެއް މީހުން ބުނި ގޮތުގައި ގޮވުމުގެ އަޑު ވަރަށް ބާރަށް އިވުނެވެ. އަދި އެ ގޮވުމާ އެކު ބައެއް ތަންތަން ހަލާކުވެފައި ވާއިރު ބިންމަތީ ލޭ ވެސް ހުއްޓެވެ.
ފުލުހުން މިހާރު ވަނީ މުޅި ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
07 May 2021
ޕޮލިސް އިންޓެލިޖެންސް ގަ މިހާރުވެސް އެ އުޅެނީ ރ. ނަޝީދަށް ރުޅިބާލާ ހަދާ މީހުން.
ރޯޒަސް
08 May 2021
ތިޔައީ ކަނޑައެޅިގެން ދޮގެއް.
ނިޔާޒް14
07 May 2021
ޕޮލިސް އިންޓެލް ހެޑްގެ މަގާމުގަ ހުއްޓާ ޕޮލިހުން ވެރިކަމެއް ވައްޓަލި އިރު ރޭކާނުލި މީހަކު މިހާރު މިހިރީ އަދި ސީޕީ އަކައް. ކިހާ ވަރެއްވީ މަ ތަަ ފެއިލިއާރ އަކައް ވަނީ މިގައުމުގަ.
ތުރިތް
07 May 2021
ޕޮލިސް އިންޓެލިޖެންސް ފެއިލްޑް. ވަޓް އަރ ޔޫ ޑުއިންގ ސީޕީ؟
ޛަޖަޖ
07 May 2021
ކޮންކަހަލަ އިންޓެލް. ނޯ ޕުރޮފެޝަނަލިޒަމް. ވަޓް އަ ޝޭމް؟
ކޮރަލް
07 May 2021
ހަރުކަށި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި އިސްލާމް ދީނައް ފުރައްސާރަ ކޮށް ދީނުން ބޭރުވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހެ އެވެ.
ކަމެއްވާއިރަށް ކަދުރޭ ނުކިޔަބަލަ.
07 May 2021
ފިޔަވަޅު އަޅަންވީ ވަކި ބަޔަކަށް ނޫން.................. ތިކަހަލަ ވާހަކަ ދައްކަނީ ފިތުނަ ފަސާދަ އުފައްދަން. ފިޔަވަޅު އަޅަންވީ ސަރުކާރަށް. ބޮޑުތަނުން ފެއިލްޑް.
3209
07 May 2021
ހަރުކަށި މީހުން ހަވާލު ކުރަންވީ އިޒްރޭލާ. މިގައުމުން މިމީހުން ބޭރުކުރޭ6540
ޕްރިންސް އަޙްމަދު
07 May 2021
ދިވެހިންގެ އަޙްލާގާއިމެދު އަހަރެން ހަމަ އަޖައިބުވެއްޖެ! ރައީސް ނަޝީދު މީގެ ކުރީން އަބަދު އަބަދު އެދައްކަވަނީ މިގައުމުގައި ހަރުކަށި ފިކުރުގެމީހުން ގިނަވެއްޖެއޭ، މިގައުމު ނާމާންވެއްޖެއޭ! ހަމަ ބުނެލާއިރަށް، ރައީސް ނަޝީދަށް ލާދީނީއޭ، ފައްޅިއަޅަނީއޭ ކިޔައިގެން ފަތިވަރު ގޮވާނެތީ ތިޔަ ގޮތެއް ފޮތެއްނެތް ދިވެހިން ނޫންތަ؟ މިއަދު ތިމާމެންނަށްވެސް ރައްކާތެރިކަން ޔަގީން ނުވީމާ ތިޔަ ނުކުމެ ޗުކުޗުކު ތަޅުވަނީ! ކޮބާ ދިވެހިންގެ ލަދުހަޔާތް؟ ގޮތެއްފޮތެއްނެތޭ ދޯ؟
އާދަނުު2
07 May 2021
ބޮންގޮއްވާ ފިކުރުމީހުން މިތަނުން ފުހެލަންޖެހޭ.
އަލީ1
07 May 2021
އިންޓެލް ފެއިލް. ފޮލިސް ފެއިލް.. ފުހުލުންގެ މުއައްސަސާ އައުޓްސޯސް ކުރަންފެނޭ.
އިންޓެލްނފެއިލް
07 May 2021
ޔާމީން އަށް ހަމަލާދީފިއްޔާ އެއީ ޑްރާމާ، ފޭކް، ޕިސްޕިސް. މިއިންކޮންމެ ހަމަލާއެއް ސިޔާސީނުކޮށްނަގާބަލަ މިކަންމިގޮތަށް ދޫކޮށްނުލެވޭނެނުނ. ހަތަރުފޫޓު ހަތަރުފޫތް މާލޭގައި ސިއްރުން އިންޓެލްއަށް ނޭގިމިވަރުކަންކަން ކުރެވިގެން ނުވާނެ
އައްޑޫމީހާ2
07 May 2021
ފިނިފެންމާ ލޯންޗް ގޮއްވާލުމާއި ގުޅުމެއް ނެތި ހިނގައިދާނެކަމާއި މެދު ޝައްކުގެ ނަޒަރަކުން ބެލުން މުހިއްމު. ސިޔާސީ މަންފާއަށް ޓެރަރިސްޓް ހަމަލާ ދޭން ރާވާ އެހަމަލާ ތަންފީޒު ކުރުވިބަޔަކު އެފަދަ ލާއިންސާނީ އަމަލެއް ތަކުރާރުކުރާން ފަހެއް ނުޖެހޭނެ. ޤާނޫނު ތަންފީޒު ނުކުރެވުމުގެ ޒިންމާ ނަގަން މިޖެހެނީ ރައްޔިތުން؟ ދީނީ ކަމަކަށްވުރެ ސިޔާސީ ކަމަކާ ވައްތަރު. ނަޝީދު ވަގުންގެ ވާހަކަ ދެއްކުމާއި ބޮންގޮއްވާލުމާއި މިއީ އިއްތިފާގެކޭ ބުނެ ނިންމާލުން އޯކޭއެއް ނޫން