06 މެއި 2021 - 23:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، އެއްޗެއް ގޮއްވައިލުމުގެ ސަބަބުން ނަޝީދަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ތިނަކަށް މަތިކޮށްފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެލާޓް ލެވެލް މަތިކޮށް، ހާއްސަ އިސްކަމެއް ދީގެން މިހާރު މި ހާދިސާ މިހާރު ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ.
ނަޝީދަށް ހަމަލާ ދީފައި ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ހުންނަ، ކެނެރީމަގުގެ ކޮޅުން މަޖީދީމަގުގައި ކުރީގެ އެމެޓީ ފިހާރަ ހުންނަ ކަންމަތީގަ އެވެ.
ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ޕޮލިސް
މި ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ފުލުހުންގެ ފޮރެންސިކް ޓީމު ވެސް މިހާރު އަންނަނީ މި ހާދިސާ ހިނގި ސަރަހައްދުން ތަހުގީގަށް ބޭނުންވާ ހެކި އެއްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި ހަމަލާގައި ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތަސް ފުރާނފުޅަށް ނުރައްކާވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ނަޝީދަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 8:30 ގައި ކަމަށާއި މިހާރު ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބުލް ކަމަށެވެ.
މި ހަމަލާގައި އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފައިވެ އެވެ.
ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ޕޮލިސް
ނަޝީދުގެ ހާލު ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިރޭ އޭޑީކޭއަށް ވަޑައިގަތެވެ.
ނަޝީދަށް އަމާޒުކޮށްގެން ދިން މި ހަމަލާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން އާންމުން ވެސް އަންނަނީ ކުށްވެރި ކުރަމުންނެވެ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި ރަނގަޅު ތަހުގީގެއް ކޮށްދޭން އެދޭ ކަމަށެވެ. ނަޝީދަށް އަވަސް ޝިފާ އަކަށް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
07 May 2021
ފުލުހުންގެ އެލާރޓް ލެވެލް 100އަށް އަރުވައިގެން ވެސް އެއްމެ ކެމެރާގަނޑަކުން ވެސް މަންޒަރެއް ފެންނަވަރު ކުރަން ވެއްޖެއެއް ނޫންތޯއެވެ. ނޫނީ ތިޔައީ ކުޅޭކުޅޭ އެއްޗެހިތަކަކީ ތޯއެވެ. އަނެއްކާ މިހެން ބުނީމައި ކަމިޝްނަރު ނިކުމެ ގާ ފޮރޮޅާވާހަކަ ދައްކާނީއެއް ނޫނެވެ. ތިޔަ މައްސަލަ ތަހުޤީގު ކޮށް މާލެ އަމާން ތަނަކަށް ހައްދަވައި ދެއްވާށެވެ. އަދި އެފަދަ އަމާންކަމަށް ހޯދަން ބޭނުން އިތުރު އާލާތެއް ބޭނުންވާނަމަ އެކަމެއް ދައުލަތުގެ މާލީއްޔާއިން ޚަރަދުކުރައްވާށެވެ،
ގެދާނޯމޮސް
07 May 2021
ވެކްސިން ޖަހަން ނުކުމެ އުޅުނު ބިޔަކިއުތަށް ފިތިބާރުވެފަ ތިއްބާ ހަމަޔަކަށް އަޅުވަން އިމްރާން ނެއިންގީ އެއިރު އެލާޓް ކޭބަލްގެ ޓޮޕްޖަހާނެ ތަނެއްމާލޭގަވެސް ނެތީމަތޯއެވެ. ކަމުގެ ތަޖުރިބާ ލިބިލައްވާފަ ތިބޭ ބޭބޭފުޅުން ތިއްބާ ސިޔާސީ އުރަތްޕެއްނެތް މީހުން ލީމާވާނެ ހަތަރު އެތިމިވަނީއެވެ.
އޮނަރަބްލް އަފީފު ދީދީ
07 May 2021
ތިޔަ ނަމްބަރު މައްޗަށް ޖައްސާލަ ޖައްސާލަ ނުތިބެ ރާއްޖޭގައި ތިބި އިންސިންގެ ސައްޙަ މައުލޫމާތު ދެނެގަތުމަށް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އިންޑިޔާ އާއި ސްރީލަންކާގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށްމެނުވީ އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށް ހެދުމަށް މަޖިލީހަށް އެދެންވީ ނޫންތޯ.