ކުރިން ވެހިކަލް ދުއްވުމުން މަނާކުރުމުން، ގިނަ ބަޔަކު ހިނގާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 މެއި 2021 - 21:48
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންްދާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.
ރާއްޖެ އަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ހަމަކޮށް، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ އެވްރެޖްކޮށް 700 އިން މަތީގަ އެވެ. ހޮސްޕިޓަލުތަކުގެ އެނދުތައް ވެސް ފުރެމުންދާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފަ އެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހާލަތު ގޯސްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ހާލަތު ގޯސްވިޔަސް، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުންދާ މި ނާޒުކް ވަގުތު މާބަނޑު މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އަދި ކުއްލި ހާލަތުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ މީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދޭން ޖެހެ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ މާލޭ ސަރަހައްދުގެ އިތުރުން ބަލީގެ ބިރުވެރިކަން ބޮޑުވެފައިވާ ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި ހޮސްޕިޓަލުގެ އެނދުތައް ފުރެމުންދާތީ ވަސީލަތް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
08 May 2021
އެއި މިވެސް އުޅޭ ބައެއްތަ؟ ކުރާ ކަމެއް ލޮލަކަށް ނުފެނޭ! ނަގާ މުސާރަ ހަލާލުކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރެވޭ ބާ؟
ބޯހަލާކްވޭ
08 May 2021
ބައްލަވާ އެއްގޮތަކަށްވެސް އޮފީސްތަކުންވެސް ތިކަމަކަށް އެއްބާރުލުމެއް ނުދޭ. ވަޒީފާއަށް ބަރާބަަރަށް ދާން އެބަ ޖެހޭ. މިއޮތް ނުރައްކަލުގައި. މާލޭގެ ކޯޓުތަކަށް ގުޅާފަ ބުނެބަލަ ތިޔަ ތަންތަނުގެ މުވައްޒަފުން ނުނެރޭށޭ ވަޒީފާއަށް ނުނެރޭށޭ ނުނެރޭށޭ ނުނެރޭށޭ ނުނެރޭށޭ ނުނެރޭށޭ ނުނެރޭށޭ ! ގެއިން ވޯކް ކުރަން ދަސްކުރާށޭ. ގެެއިންވެސް ވާނެއޭ މިއީ 21 ވަނަ ގަރުނޭ.. ބޯހަލާކު
1976
09 May 2021
މަސްވެރިން، ދަނޑުވެރިން، ވެމްކޯވެސް ވާކް ފްރޮމް ހޯމް.
ކުލޯފާ
08 May 2021
ތިޔަތަނުގެ އެސްޖީ އަކާ ހެދި މުވައްޒަފުނަށް މަސައްކަތެއް ނުކުރެވޭކަން ތަނުގަ ތިއްބެވި މެމްބަރުނަށް އެގޭބާ؟ ތިފަދަ ކަމިޝަންތަކަށް ލާން ޖެހެނީ ހިންގުންތެރި މީހުން. މަސައްްކަތް ނުކުރެވޭ ހާލު މުވައްޒިފުން ފަހާ ދުވެގެން ކަމެއް ހާސިލު ނުވާނެ. ދައުލަތުން މުސާރަދެނީ ނަތީޖާ ނެރެން.
ޙަސަން
07 May 2021
ޓުވީޓުކޮށް، ފޮޓޯ ނަގައި، ސަކަރާތް ޖަހައި، ގަޔާނުވާ މުވައްޒަފުންނަށް ޖެއްސުންކުރަން ދައުލަތުން މުސާރަދޭ ބައެއް.
އަޝްރަފް
07 May 2021
އާންމުންތަ މިކަމަށް ތަބާ ނުވަނީ. ސަރުކާރަކުން ހިޔެއް ނުވާ މިކަމުން ސަލާމަތްވާން އުޅޭހެނެއެ. މިއަދުވެސް އިންޑިޔާ ޓީމު ގަނެސް އެ ވައްޓާލީ. ޑޮކްޓަރުންނަށް ވަރަށް ފަސޭހަވާނެ ލޮކްޑައުން ކޮށްލައިގެން ތިބެން. ބަރާބަރަށް މުސާރަޔާ އެލަވަންސްތައް ލިބޭނެވިއްޔާ. އަހަރުމެން ނިކަމެތި ރައްޔިތުން ކާންބޯން ކުރާ މަސައްކަތް ހުއްޓާލާފަ ގެއަށްވެދެތިބީމަ ކާކު އަންނަނީ އަނބިދަރިންނަށް ކާންދޭން. ސަރުކާރުން ބުނެގެން އެންމެން ބަސްއަހައިގެން ގޭގަ ތިބެގެން ވީކަމެއް ނެތް.
ސީޒަން ޖެކުހަން
07 May 2021
މިމީހުންވެސް ބޯނުކޮށްޕާލާތަނެއް ނެތޭ.
ދެންދޯ
07 May 2021
އެޗްއާރުސީއެމްގެ އަސްލު މަސައްކަތް ނުކުރެވޭ. ވެރިން ނާގާބިލް. ސްޓެލްކޯގެ ބޮޑު ޓީވީގަ މެމްބަރުންގެ އިސްތިހާރު އަބަދުމެ ދެއްކިޔަސް ނުފުދޭ. މިހެން ބޭކާރު ހެޑްލައިން ހެދުމަކުން ނުފުދޭ. ޕްރޮޑަކްޓިވް މަސައްކަތެއް ކުރަން ނޭނގެ. ތަޖުރިބާ ނެތީ. ހުރި މީހުނާ މަޝްވަރާ ކޮށްގެން ވިޔަސް ރަނގަޅުކޮށް ބަލަ.