އަދުހަމަކީ 2013 ގައި އެކުލަވައިލި އަންޑަ 19 ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެއް. އޭނާ އަށް ވަނީ ބެސްޓް ޔޫތް ޕްލޭޔާގެ މަގާމު ވެސް 2011 ގައި ލިބިފައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރަން ބޭނުންވެގެން ފުލުހުން އާންމުކުރި، އަދުހަމްގެ ފޮޓޯތައް
09 މެއި 2021 - 12:40
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އައިއީޑީ ގޮއްވައިލި މީހާ އަކީ ކުރިން، ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު ތަރިއެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުނެފި އެވެ.
ހުޅުމާލޭގައި މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގަތީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، އެވެ.
އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި، އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އަށް ވަނީ 2011 ގައި ބޭއްވި އެފްއޭއެމް އެވޯޑްސްގައި އުމުރުން 16 އަހަރުން ދަށުގެ ބައިން "ބެސްޓް ޔޫތު ޕްލޭޔާ" އެވޯޑް ލިބިފަ އެވެ.
އަދުހަމް ވަނީ އީގަލްސްގެ ޔޫތު ޓީމަށް ކުރިން ކުޅެފަ އެވެ. އޭނާ މުޅިން ވެސް ކުޅުނީ މިޑްފީލްޑަށާއި ވިންގް ފޯވާޑްގެ މަގާމަށެވެ.
އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ލިސްޓުގެ [2013 ގައި އެކުވަލައިލި] ދެވަނައިގައި އޮތީ އަދުހަމްގެ ނަން ކަމަށް ވާއިރު، އޭނާގެ ގާތް މީހަކު މިއަދު ބުނީ، އެއީ އެގޮތުގައި ކުރިއަށް ދިޔަ ނަމަ "ދެވަނަ ދަގަނޑޭ" އަށް ވުމުގެ ފުރުސަތު އޮތް ޒުވާނެއް ކަމަށެވެ.
"ވަރަށް މޮޅަށް ކުޅުނު މީހެއް. ފަހުން ގެއްލިފައި ދުވަސްގަނޑަކު އުޅެފައި މިއަދު މި ފެނުނީ ހައްޔަރުކުރާ ތަން ފެންނަ ފޮޓޯ،" އަދުހަަމާ އެކު ފުޓުބޯޅަ ކުޅުނު އެ ޒުވާނާ ބުންޏެވެ.
އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުން ބުނެފައި ވަނީ މިއަދު ހައްޔަރުކުރި އަދުހަމަކީ ނަޝީދަށް ދިން ހަމަލައިގައި ހޯދަން ބޭނުންވާ އެންމެ އިސް މީހާ ކަމަށެވެ. އެހެންވެ، މާސްކް އަޅައިގެން އެ ސަރަހައްދުގައި އުޅޭ ފޮޓޯއެއް ވެސް ފުލުހުން އާންމުކޮށް، އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެކަމަކު، އަދުހަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ ނަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
ނަޝީދަށް ހަމަލަދިން މައްސަަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު 32، އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ވަނީ ތަހުމީނުގެ ސައިކަލުގަ އެވެ. ނަމަވެސް ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ އެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ޓީމުގެ މަސައްކަތުން އިންޖީނުގެ ނަމްބަރު ދެނެގަނެ ސައިކަލްގެ ވެރިމީހާ އަކީ ވެސް ތަހުމީނުކަން ވަނީ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
10 May 2021
ފުޓްބޯޅަ ތަރިއަކުން މިހާރު އެހެން ޕްރޮފެޝަނެއްގެ ތަރިއަކަށް އެ ބަދަލުވީ. ރައީސް ނަޝީދާ ބެހޭ ކަމެއްވީމަ އަބަދަށް ޕަބްލިސިޓީ ލިބިލިބި ދެން ހުންނާނީ.
އިމަނާ
10 May 2021
ބޮންގޮއްވާލިމީހާއޭ ކިޔައިގެން ލިއުމަކީ އެއީގޯހެއް. އެހެންނެއް ނުލިޔެވޭނެ. އެކަމަށް ޝައްކުކުރެވޭ މީހާއޭ ބުނެވިދާނެ. ކޯޓުން އެކަން ކަނޑަނާޅާހާއިރު އޭނާއަކީ ކުއްވެރިއެއްނޫން. މިއީ ރާއްޖޭގެ ދެރަކަމަކީ. ކޮންމެ ފަދަމީހަކަށް ވެސް ހަމަލާދީފާނެ. ނުރުހުމުން ވަގަށް ގިވާފާނެ. ކުށްނުކުރާމީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވާފާނެ. އެކަމަކު ޖެހޭނީ ފުރަތަމަ ކަންކަންބަލަންދޯ. ފަހުންދޯ ކަނޑައަޅާ ނިންމާނީ. ފުަރަތަމަ ކަނޑައަޅާ ނިންމުން އެބަޖެހޭ ބަދަލުކުރަން.
މުދި ސޮރު
10 May 2021
ފުލުހުން ރައީސް ނަސީދުއައް ދިން އަނިޔާ ކޮބާ މިގައުމުގަ ބަގާވާތް ކުރިމީހުން ތިބޭނެ އެމީހުންނައް ދެވުނުއަދަބެއް އެބައޮތްތަ މިގައުމު ނުވާނެ ދެން ރަންގަޅެއް މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ މިގައުމުގެ ސިފައިންނާ ފުލުހުން އެމީހުން ގެތެރޭ ނުބައި ފިލުވަން ޖެހޭ ކިތަން މެ މޮޅުވިޔަސް ވާކަމެއް ހަމަ ހަރާން
ކުނބު
09 May 2021
25 އަހަރުގެ މީހުންނަކީ އިހަށްދުވަހު ބަކުންކާން ހުރިމީހުން އެހެންވީމަ މިކަމުގެ އަޑީގަ ތިބޭނެ އަދި ބައިވަރު ޑޮންތައް. އެކަމަކު މިޑޮންތައް އަތުވާނެބާ. އަޅުގަނޑަށް ފެންނަނީ ގާނޫނުތައް ސަސްޕެންޑްކޮށްލާފަ ފުލުހުން ތަންކޮޅެއް ހަރުކަށިވަރުގަދަ ތަހުގީގެއްކޮށްލަން ޑޮންތައް އަތުލަން. އެއީ ރާއްޖެގަ މިހާރު އޮތީ ކުށްވެރިންނަށް ދެމިގަނެވޭ ގާނޫނުތައް
ކުކުޅުބިސް
09 May 2021
މިފަދަ މީހުން މަޝްހޫރު ނުކުރުވުމަށް އެދެމެވެ. ތަހުޒީބު ޤައުމުތަކުގައި މިފަދަ މީހުންގެ ނަންވެސް އާންމު ނުކުރަން އުޅެނީ އެމީހުންގެ ތެރޭގައި އޭނާ ހީރޯ އަކައްވިއަ ނުދެން.
ކުކުޅުބިސް
09 May 2021
އޭތް! ކީިތް ކުރަން ކުރިކަމެއް؟ މަގޭ ޔޫސަ ނޭމް ކޮޕީކުރުުންް؟ މަގޭ ޔޫސަ ނޭމްއަކީ ކުކުޅު ބިަް، އެހެން ވީމަ ކޮޕީ ކުރި ކަމު ގެ އަދަބު ގަ މަށަށް ޖެހޭނެ ކުކުޅު ބިހެއް ހިލޭ ދޭން
ޗޮސްބެ
09 May 2021
ރާއްޖޭގައި މިއުޅޭ ދީނީ ހައްދުފަހަނައެޅި ޖަމާއަތްތަކުގެ ފުރަތަމަ ޓާގެޓަކީ މަސްހޫރު މީހުން. އެގޮތުން މޮޅު ލަވަކިޔުންތެރިން، މޮޅު ފުޓްބޯޅަ ކުޅުންތެރިން ވަނީ އެބައިމީހުންގެ މަޅީގަ ޖައްސާފަ. ވިސްނާލީމާ ވަރަށް ސާފުކޮށް މިމަންޒަރު ފެންނާނެ.
ގަބޭ
09 May 2021
ތިބުނީ އަލީ، ބާރީ، ދަގަޑޭ ކަހަލަ މީހުންގެ ވާހަކަތަ؟
މަޖާ
09 May 2021
ހައްޔަރު ކުރީމަތަ އެގެނީ ބުނަން ދަންނަމޭ
އަރުތަ
10 May 2021
ހޫނ، ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށް މުޅި ސޯޝަލް މީޑިއާގަ އަދުހަމުގެ ފޮޓޯ އުޅުނުއިރުވެސް ޕޮލިހަށް ރިޕޯޓުކުރަން ގާތްތިމާގެ މީހުނަށް ނުކެރުނު، ކިހާ ރީތި...........
ނަސްރު45
09 May 2021
ތިޔަ ކަހަލަ ވާހަކަ ތަކަކީ މިފަދަ ހާދިސާ ތަކަށް ފަހު ދުނިޔޭގެ ކޮންމެ ގަވްމަކުންވެސް ފެންނަ ހަބަރު ތަށް، ލަންކާ ގަ ހިންގި ބޮންގޮއްވި ހާދިސާ ތަކުގެ ވާހަކަ ބައްލަވާ. ސިކުނޑި ދޮވެލެން އެވެރީން ވަރަށް މޮޅު ވާނެ. މިމިހުންވެސް ބޭނުންވި ވަރުގެ ބޮޑު ގެއްލުން ތަކެއް ފެއިލްވީ ކުޅަދުންވަންތަ ކަމުން ސައިކަލުގެ ޕެޓްރޯލް ޓޭންކް ނުގޮވި ކަމުން.
ސިރު
09 May 2021
އަސްލު ބޮޑެތި މީ ހުން އަދި ތިބީއެވެ.
ޖަސިންޑާ
09 May 2021
ނޫސްތަކުން މި ނުލަފާ ޓެރަރިސްޓުގެ ޕްރޮފައިލް ލިޔެ، އޭނާއަކީ ދެން ތިބީންނަށް ހީރޯއަކަށް ނަހަދާ. ނިއުޒީލެންޑުގެ މިސްކިތަކަށް ހަަމަލާދިން މީހާއާމެދު އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ ކަންތައްކުރިގޮތް މިސާލަކަށް ބަލާ. އޭނާގެ ނަން ބޭނުންކުރަންވެސް ޖަސިންޑާ ދެކޮޅު ހެއްދެވި. ސަބަބަކީ ޓެރަރިސްޓު މީހާ ބޭނުންވާގޮތަށް އޭނާއަކީ ހީރޯއަކަށް ވިޔަ ނުދޭން.