ކުޅިވަރު / އޭއެފްސީ

ބެންގަލޫރާ ދެކޮޅަށް އޭއެފްސީން ފިޔަވަޅު އަޅަނީ؟

ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން

އޭއެފްސީ ކަޕަށް، ރާއްޖެ އައި އިންޑިއާގެ ބެންލޫރު އެފްސީން، ކޮވިޑް-19 ގެ ގައިޑްލައިން މުގުރާލުމުން އޭފްސީގެ ޑިސިޕްލިނަރީ ފިޔަވަޅެއް އެ ކްލަބަށް ކުރިމަތި ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އޭއެފްސީގެ މުބާރާތްތަކަށް އެކުލަވާލާފައިވާ ހާއްސަ ގަވާއިދުގެ އެއް ވަނަ މާއްދާގެ 1.2 އާ ބެންގަލޫރުން ވަނީ ހިލާފު ވެފަ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ އޭއެފްސީ މުބާރާތްތަކުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންނާއި އަމިއްލަ ފަރުދުންވެސް ސިއްހީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ހުރިހާ ހާލަތެއްގައިވެސް އަޅަން ޖެހޭނެ ކަމަށެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ކަމާ ގުޅޭ މުއައްސަސާތަކުން އެކުލާވާލާފައިވާ ގައިޑްލައިނަށް ވެސް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނަނީ، އެ މާއްދާ އާ ބެންގަލޫރުން ހިލާފު ވެފައި ވުމުން އޭއެފްސީގެ ޑިސިޕްލިނަރީ ފިޔަވަޅެއް ބެންގަލޫރަށް އެޅުމަކީ ގާތުގައިވާ ކަމެއް ކަމަށެވެ.

އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ ކްލަބު އީގަލްސް އާ ދެކޮޅަށް ކުޅެން މާލެ އައި ބެންގަލޫރުގެ ތިން ކުޅުންތެރިންނާއި އޮފިޝަލަކު ވަނީ ކޭމްޕްކޮށްގެން ތިބި ހޮޓަލުން ބޭރަށް ނުކުމެފަ އެވެ. އެ މައްސަލަ ބޮޑުވުމުން ޕްލޭއޮފް މެޗު ނުކުޅެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ. އަދި ބެންގަލޫރުގެ ޓީމު ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެފްއޭއެމްއަށް މިނިސްޓަރު އެންގެވި އެވެ.

އެފްއޭއެމްގެ ފަރާތުން އޭއެފްސީއަށް މައްސަލަ ހުށަހެޅުމުން، އޭއެފްސީން ނިންމީ ރާއްޖޭގައި ކުޅޭ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖް ފަސް ކުރުމަށެވެ.

އޭއެފްސީން އިއްޔަ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް، ވަކި ގޮތެއް އަންގަންދެން ފަސް ކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އޭއެފްސީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ދަތުރު ކުރި ޓީމުތައް ރާއްޖޭން ފުރުމަށާއި ރާއްޖެ އަންނަން ދަތުރު ހަދާފައިވާ ޓީމުތަކުގެ ދަތުރުތައް ކެންސަލް ކުރުމަށް ވެސް އޭއެފްސީން އެންގި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ބެންގަލޫރު އެފްސީން މިއަދު ރާއްޖޭން ފުރާނެ އެވެ. އެ ކްލަބުން ވަނީ ކޮވިޑްގެ ގައިޑްލައިން މުގުރާލެވުނު ކަމަށް އެއްބަސްވެ މާފަށް އެދިފަ އެވެ.

ބެންގަލޫރުގެ ޗެއާމަން ޕާތު ޖިންދަލް ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯހަށް މާފަށް އެދިވަޑައިގެންފަ އެވެ. އެ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖިންދަލް ވިދާޅުވި އެވެ.

"މި ތިން ކުޅުންތެރިންނާއި އޮފިޝަލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ޖިންދަލް ވިދާޅުވި އެވެ. "މިފަދަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން އަހަރެމެންގެ ފަރާތުން ދެން."

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރޯސް

10 May 2021

މީ މިނިސްޓަރު މަހުލޫފު އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް. އިންޑިޔާއާއި އެކު ގާތް ގުޅުމެއް ބޭއްވިއެއް ކަމަކު އެމީހުންގެ ދަށު ނުވާކަން ތި ހާމަ ކޮއްދިނީ. ހަމަ ތިގޮތަށް އިންޑިޔާ ސިފައިންވެސް މިގައުމުން ބޭރު ކުރެވެން ވާނެ. މިނިވަން ގައުމެއްގަ އެހެން ގައުމެއްގެ އަސްކަރީއްޔާއިން ވަކި ހިއްޕައިގެން ހުރުމީ މިނިވަންކަން ނެތްކަން ހާމަވެގެންދާ ހެއްކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454