11 މެއި 2021 - 08:51
އެމެރިކާގެ ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ބޫޓެއް މިދިޔަ އަހަރު ނީލަމެއްގައި ބޮޑު އަގަކަށް ވިކިފައި ވަނިކޮށް އޭނާ ވަރަށް ކުރިން ބޭނުން ކުރި ޖާޒީއެއް ވެސް ނީލަމެއްގައި 1.38 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.
ހެރިޓޭޖް އޮކްޝަނުން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހު ބޭއްވި ނީލަމުގައި ވިއްކައިލި ޖާޒީ އަކީ 1982 ގައި ނޯތު ކެރޮލައިނާ ޔުނިވަސިޓީގެ ޓާރް ހީލްސް އަށް ޖޯޑަން ކުޅުނު އިރު ބޭނުންކުރި ޖާޒީ އެވެ. މަޑު ނޫކުލަ އާއި ހުދު ކުލައިގެ ޖާޒީގައި އޭނާ ޔުނިވަސިޓީގެ ޓީމަށް ދެ ސީޒަނަކަށް ކުޅުނެވެ. އެއީ 1982-1983 ގަ އެވެ.
މީގެ ކުރިން ވެސް ޖޯޑަންގެ ޖާޒީއެއް ނީލަމެއްގައި ވިއްކާފައިވެ އެވެ. އެއީ 1986-1987 އަށް އޭނާ ކުޅުނު ޝިކާގޯ ބުލްސް އަށް ކުޅުނު އިރު ބޭނުންކުރި ޖާޒީ އެވެ. ހެރިޓޭޖުން އިންތިޒާމުކުރި އެ ނީލަމުގައި އެ ފަހަރު ޖާޒީ ވިކުނީ 480،000 ޑޮލަރަށެވެ.
The only known Michael Jordan game-worn North Carolina Tar Heels basketball jersey sold for $1.38 million on Saturday with Heritage Auctions. Via @espn https://t.co/dzE5ZtVi98 #MichaelJordan
— Heritage Auctions (@HeritageAuction) May 8, 2021
ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިހާރު އުމުރުން 58 އަހަރުގެ ޖޯޑަން އަކީ ޝިކާގޯ ބުލްއާ އެކު އެންބީއޭ ޗެމްޕިއަންޝިޕް ހަ ފަހަރަށް ހާސިލުކޮށްފައިވާ ތަރިއެކެވެ. ޝާލެޓް ހޯނެޓްސް ކިޔާ އަމިއްލަ ބާސްކެޓް ޓީމެއް ވެސް އޮންނަ ޖޯޑަން އަށް "ބާސްކެޓްބޯލް ހޯލް އޮފް ފޭމް" ގެ ޝަރަފު ވެސް ލިބިފައިވެ އެވެ.
ޖޯޑަން އަކީ ބާސްކެޓް ކުޅެގެން ލިބުނު އާމްދަނީން އެންމެ ފުރަތަމަ އެންބީއޭގެ ތާރީހުގައި ވެސް ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy