ލެސްޓާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ
12 މެއި 2021 - 00:17
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓަޑް ބަލިވުމުން، މެންޗެސްޓާ ސިޓީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ.
މިއީ ހަތަރު އަހަރުގެ ތެރޭގައި ސިޓީން ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.
މި މެޗުގެ ނަތީޖާއާއެކު، ސިޓީން ލީގު ކަށަވަރުކުރީ ތާވަލްގެ ދެވަނައިގައި އޮތް ޔުނައިޓަޑްގެ މައްޗަށް ހޯދައިފައި އޮތް 10 ޕޮއިންޓްގެ ލީޑާއެކު އެވެ. ލީގުގައި ޔުނައިޓަޑަށް ބާކީ އޮތީ ތިން މެޗެވެ. އެހެންކަމުން އެ ޓީމަށް ސިޓީ އަތުލެވޭނެ ގޮތެއް ނެތެވެ.
މިއީ ސިޓީ ލީގު ޗެމްޕިއަންކަން ހޯދި ހަތް ވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ސިޓީން ލީގު ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.
މިއީ ސިޓީ ލީގު ޗެމްޕިއަންކަން ހޯދި ހަތް ވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ސިޓީން ލީގު ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.
ސިޓީން ވަނީ މި ސީޒަންގައި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ސިޓީ ޖާގަ ހޯދާފައި އޮތުމުން، މި ސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިފަ އެވެ.
ޔުނައިޓަޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗަށް އެ ޓީމު ނުކުތީ ގިނަ ބަދަލުތަކާއެކު އެވެ. ލެސްޓާ އިން މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ ޒުވާން ޑިފެންޑަރު ލޫކް ތޯމަސް ޖެހި ހިތްގައިމު ލަނޑުންނެވެ.
އެކަމަކު އޭގެ ފަސް މިނިޓު ފަހުން ޔުނައިޓަޑްގެ ފޯވަޑް މޭސަން ގްރީންވުޑް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ލެސްޓާ މެޗުން މޮޅުވީ ދެވަނަ ހާފުގައި ތުރުކީގެ ޑިފެންޑަރު ކަގްލާ ސޮންޗޫ ޖެހި ލަނޑުންނެވެ. ދެވަނަ ހާފުގައި ޔުނައިޓަޑުން އެޑިސަން ކަވާނީ އާއި ބްރޫނޯ ފެނާންޑޭސް އަދި މާކަސް ރަޝްފޯޑް ކުޅެންއެރުވި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއްނުވި އެވެ.
މި މެޗުގެ ނަތީޖާއާއެކު، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލެސްޓާ އިން ކުރަމުންދާ މަސައްކަތަށް ވަނީ ކުރިއެރުމެއް ލިބިފަ އެވެ. ލެސްޓާ ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމާއި ލެސްޓާއާދެމެދު މިހާރު 8 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ކާފަގެ މާމަ
12 May 2021
ރަދީފާ ފެނޭތަ ނުފެނޭދޯ ..... އާސެނަލް ގޮވައިގެން ފަރަށް ދޭބަަލަ... ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައިނުވާނެ ތިބައިގަނޑު... 10ވަނަ އަސްލުސައިޒް... ލަދު
ރަދީފްއޮފިޝިއަލް.
13 May 2021
ގަދަ ބަސް ނުބުނުމަށް ނަސޭހަތްތެރިވަން.