ދިރާގު ހެޑް އޮފީސް: އެ ކުންފުނިން ވަނީ އީދަށް ހާއްސަ އޮފާތަކެއް ތައާރަފު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 މެއި 2021 - 20:49
މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދަށް ދިރާގުން ހާއްސަ އޮފާތަކެއް މިއަދު ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ވަނީ އީދާ ދިމާކޮށް، މި އަހަރުގެ ރޯދަމަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އަގަށް ބަދަލުތައް ނުގެނެސް އެލަވަންސް ޑަބަލް ކޮށް، އީދު ޑޭޓާ ބަންޑަލްގެ ގޮތުގައި ތައާރަފުކޮށްފަ އެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާ އަށް 20ޖީބީ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ އެވެ. މި ބަންޑަލް މި މަސް ނިމެންދެން ބޭނުން ކުރެވޭނެ އެވެ.
ދިރާގު މޯބައިލް ކަސްޓަމަރުންނަށް 200 ރުފިޔާ އަށް 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެ އެވެ. މޯބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
މި ބަންޑަލްތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދިރާގު މޯބައިލް އެޕްލިކޭޝަން މެެދުވެރިކޮށް ނުތަތަ 343އށް ކީވޯޑް އެސްއެމްއެސް ކޮށްގެން އެކްޓިވޭޓް ކުރެވޭނެ އެވެ.
ރޯދަމަހުގެ އޮފާތަކާ އެއްގޮތަށް އީދުގެ އޮފާތައް އެކްޓިވޭޓް ކުރުމުން އެ ކުރާ ހަރަދުގެ 10 ޕަސެންޓު ތެލެސީމިއާ ސޮސައިޓީއަށް ދިރާގުން ހަދިޔާ ކުރާނެ އެވެ. މިގޮތަށް ނިންމީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް އެހީވުމަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި، މިއީ މި އީދުގައި ކަސްޓަމަރުން، އާއިލާ އާއި ރައްޓެހިންނާ ގުޅައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަކުރުމަށް ތައާރަފު ކުރި އޮފާތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy