ނަޝީދު ޖަރުމަނަށް ވަޑައިގެންނެވީ ރިކަވަރީ އާއި ރިހެބިލިޓޭޝަން ފަރުވާއަށް.
ނަޝީދު، ފުރާވަޑައިގަތުމަށް އެމްބިއުލާންސްގައި އެއާޕޯޓަށް ވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
13 މެއި 2021 - 16:43
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގެ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެ ފަރުވާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު މިއަދު ހެނދުނު ވަނީ އެއާ އެމްބިއުލާންސްގައި ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.
އެ މަނިކުފާނުގެ ބޭސްފަރުވާގެ އިތުރުން އެ ގައުމަށް ވަޑައިގެންނެވި އެއާ އެމްބިއުލާންސްގެ ދަތުރުގެ ހަރަދު ވެސް ކުރައްވަނީ ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.
ނަޝީދަށް ހަމަލަދީފައި ވަނީ ރޭޒާ ފުށްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައިއީޑީއަކުން ކަމަށް ވާއިރު، އޭގައި ހުރި ރޭޒާ ފުށްތައް އެ މަނިކުފާނުގެ ހަށިކޮޅު ތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ.
އެ ފަރުވާތަކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެ އެވެ. ޖަރުމަނަށް ވަޑައިގެންނެވީ ރިކަވަރީ އާއި ރިހެބިލިޓޭޝަން ފަރުވާއަށެވެ.
ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށް، ފުލުހުން ވަނީ ވަރުގަދަ ތަހުގީގެއް ފަށައިފަ އެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި މީޑީއާއަކަށް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ1
14 May 2021
ހާދަ ޖެލަސް ވާ ބޭކަލުންގިނައޭ.. ހިތަށް އަރާ އެމީހުންގެ ނޯމަލް ލައިފްގަވެސް މިހެންބާއޭއުޅެނީ..؟!
ނޯ ޖެލަސީ ހިއަރ
14 May 2021
މިޔަކީ ޖެލަސް އެއްނޫން. ގާސިމުވެސް ދިޔަ ޖަރުމަނަށް ފަރުވާއަށް. ރައްޔިތުން ނުބުނޭ އެއްޗެކޭ. ޖަރުމަނުގަ އުޅޭ ބައިވަރު ދިވެހިންވެސް. އާޢްމުން އަލާއެއްނުލާ. ރައްޔިތުންގެ ފައިސާއިން ދެލައްކައެތައް ރިފިޔާއެއް މަހު މުސާރައަށް ނަންގަވާ ދައުލަތުގެ ވެރިޔަކަށްހުރެ ރައްޔިތުން ބިކަވެ ރާއްޖެމިހާލުގަ އޮތްއިރު މަގާމުގެ ނާޖާއިޒު ފައިދާ ނަގާގެން ރިހެބްއަށޤ ދިަޔއީމަ ރައްޔިޮތުން އަދިވެސް އެއްޗެއް ކިޔާލެއްމަދު.
ނޯއެދުން
14 May 2021
އެދުމެއްނެތި ކުރާ ވެދުން؟
ބަބުރުކުއްޖާ
14 May 2021
ރަޢީސް ނަޝީދަށްޓަކައި ބޭރުގެ ބޮޑެތި ޤައުމު ތަކުގެ ވެރިންނާއި އެ ޤައުމުތަކުގެ ރައްޔިތުން ތިބީ ހިތާއި ހިތުން ޤުރުބާންވާން ތައްޔާރަށްކަން މިފަދަ ކަމަކުންވެސް ސާފުވެއްޖެ. މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުން ފަޙުރުވެރި ވާންޖެހޭނެ ކަމުގައި މި ނިކަމެތި އަލާ ދެކޭވާހަކަ ވަރަށް ހިތާމައާއި އެކު ދަންނަވަން.
ދަތްނެތްކުއްޖާ
14 May 2021
ނަޝީދަކީ ދުނިޔޭގެ ލީޑަރުން ބަލައިގަންނަ މީހެކެވެ. ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ. މިފަދަ ލީޑަރަކަށް އެހީއެއްގެ އަތެއް ދިއްކޮއްލުމަކީ އެފަދަ ޤައުމު ތަކުގެ ވެރިން ނަށާއި އެ ޤައުމު ތަކުގެ ރައްޔިތުންނަށް ލިބޭ ޝަރަފެއްގެ ގޮތުގައި އެވެރިން ދެކެއެވެ.
ޑޮޓްދޑޮޓް
14 May 2021
ޢަހަރުމެންބކިޔެވި އިރު ބުނެދިން އެންމެ ފުރަތަމަ އެއްޗަކީ ޑިޕްލަމަސީގައި އެއްވެސް އެހީ އަކީ ކޮއްދޭ އެއްވެސް ކަމަކީ ފްރީ އެއްޗެއް ނޫނޭ. ޢޭގެ ބަދަލު އަބަދުވެސް އެހެން ގޮތަކުންނ އެހެން ސިފައެއް ގަ ނަމަވެސް ހޯދާނެ.އެކަންނފެނޭތާ ޗައިނާ ބްރިޖްން' އިންދިޔާ ދިން އަޛީއެމްއެޗް އިމާރާތުން އާއި އަދި އެހެން އެހީ ތަކުން...ކޮމަން ވެލްތް އިން ލިބޭ އެހީތަކުން..އެއީ އެމީހުން ބޭނުން ވާ ގިތައް މިޤައުމު ހުޅުވާލުން.އެމީހުންގެ ގެ ހިޔާލުތައް ޤައުމުތައް އެބަސް ކުރުވުން
ދީމާހު
14 May 2021
އަބަދުވެސް ކަންކަމުގައި ބޭރުމީހުންނަށް ސަލާންޖެހުމަކީ މިި ވެރިން ވަރަށް ކުރާ ހިތްވާ ކަމެއް. އަމިއްލަވަންތަ މިނިވަންކަން މިއީ މިވެރިން ދަންނަކަމެއް ނޫން. އަބަދުވެސް ސަލާންޖެހުމުގެ ސަގާފަތް ޕްރޮމޯޓްކޮށް ބޭރު ގައުމަކަށް ބަރޯވެގެން ނޫނީ ނޫޅެވޭނެ
ރައްޔިތު މީހާ
14 May 2021
އަހަރުމެން ދިވެހިންނަކަށް ހެޔޮ އެއް ގޮތްވެސް ނޯންނާނެ. އަމިއްލަ ޚަރަދުގަ ދިޔަނަމަ ބުނާާނެ ކޮންތަނަކުން ހޯދިހާ ފައިސާއަކުން ތޯ އެހާ ބޮޑު ޚަރަދު އެކޮއްލީ. ސަރުތުކާރުން ފޮނިވިނަމަ ބުނާނެ ކޮރަޕްޝަންގެ އަމަލެކޯޯނުޖެހެޔޯ ފޮނުވާކަށް. ބަޔަކު މީހުން ކޮށްދިނީމާ މިބުނަނީ ރާއްޖޭގެ އަގު ވައްޓާލިއްޔޯ. ނެތެންނު ރަނގަޅު އެއްގޮތެއްވްސް.
ކިޔަނީކިޔަންވީމަ
14 May 2021
ޢޭނާއަށް ވޯޓުދީ ގައުމު ތަރައްގީކޮށް ޚިދުމަތްތައް ތަނަވަސްކުރަން ދެލައްކަ ރުފިޔާގެ މުސާރަ ދިނީމަ މިތަނުން ލިބެންހުރި އެންމެ ރަނގަޅުފަރުވާ ހޯދާ ރަނގަޅުވިނަމަ މީހުން ނުކިޔާނެ އެއްޗެއް. 60000މީހުންގެ އާބާދިޢޮތް ހުޅުމާލެއިން ދައުލަތުގެ ހޮސްޕިޓަލުގެ ޚިދުމަތް ރައްޔިތުންނަށް މެސުކަނޑާލާ، ބޮޑު ބަލިމަޑުކަމެއްގަ ރައްޔިތުން ނިކަމެތިވެ އެތަެްބަޔަކު މަރުވަމުންދާ ވަގުތު މަގާމުގެ ނަހަމަ ބޭނުން ކޮއްގެން އެއަރއެމްބުލަނސްގެނެސް ޔޫރަޕަށް ކަނޑާލީމަ އެބުނާ ހެޔޮވެރިކަ
އަލީބާބާ
14 May 2021
އަޖާބެއްނު އަންނިއައް ބޭސްފަރުވާކޮއްދޭފަރާތެއްހޯދަން ބަޔަކުއެބައުޅޭތަ? އެއްވެސްކަމަކާނުލާ ތިވަރުގެކަމެއްކުރާނެތަދުނިޔޭގެއެކިކަންކޮޅުތަކުން ތިފެންވަރުގެ ކިތައްމީހުންބަލިވެ.މަރުވެ ވޭތަ ޖަރުމަނު ސަރުކާރުން އެއާރއެމްބިއުލާންސް ފޮނުވައިގެން ބޭސްކުރާކައްވަޅުލާކައް ނުގެންދޭ!!
ފައްސިމޭން
14 May 2021
އަލީވަހީދުވީ ޖަރުމަނުގަތަ؟
ަފައްސިމޭން
14 May 2021
ރާއްޖޭގެ ފަރާތުން ހުންނަނީ ކާކޭ؟