ގާޒާއަށް އިޒްރޭލުން ހަމަލާ ދެނީ. ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ. ފޮޓޯ: ސޮފާ ޕީއެސް
14 މެއި 2021 - 14:47
އެތައް އަހަރެއް ކުރިން ފެށިގެން އިޒްރޭލުން ހިސާރުކޮށްފައިވާ ގާޒާ އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް، އެއްގަމު މަގުން ވެސް ހަމަލާދޭން ފަށައިފި އެވެ.
ގާޒާއަށް އެތައް ދުވަހެއް ވަންދެން ބޮން އެޅުމަށް ފަހު، އެއްގަމު މަގުން ވެސް ހަމަލާދޭން ފަށާފައިވާއިރު، އެ ހަމަލާތަކުގައި މިހައިތަނަށް ޝަހީދުވި މީހުންގެ އަދަދަކީ 119 އެވެ. އޭގެ ތެރޭގައި 31 ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 800 އަށް ވުރެ އިތުރުވެފަ އެވެ.
އިޒްރޭލުން މިހާރު ވަނީ ގާޒާއަށް އަށް އަރައިގަތުމަށް ޓަަކައި ޓޭންކްތަކާއިި އެހެން ބަރު ހަތިޔާރުތައް ސަރަހައްދީ ރޮނގުގެ ކައިިރިއަށް ޖަމާކޮށްފަ އެވެ.
އެތައް ފަހަރެއްގެ މަތިން އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މިހާރުވެސް ވަރަށް ބޮޑަށް ވީރާނާވެފައިވާ ގާސާއަށް ވަރުގަދަ ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތައް ހުއްޓައިލަން ގޮވައިލުން ފިޔަވައި އެއްވެސް ކަމެއް ބައިނަލް އަގުވާމީ މުޖުތަމައަކުން އަދި ނުކުރެ އެވެ. ހަމަލާތައް ހުއްޓައިލަން އދ. އިން ގޮވައިލުމުން އިޒްރޭލު ސަރުކާރުން ބުނީ ކުރިން ޖަވާބުދޭހެން، އެއީ ދިފާއުގައި ކުރާ ކަމެއް ކަމަށެވެ.
📷 طائرات الاحتلال تقصف ورشة حدادة في حي الشجاعية شرقي مدينة غزة pic.twitter.com/KyAzYxAffS
— وكالة صفا (@SafaPs) May 14, 2021
އިޒްރޭލުން މިފަހަރު ގާސާއަށް ހަމަލާދޭން ފެށީ، އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާހް ނަމަކަށް ކިޔާ ސަރަަހައްދުގައިވާ ފަލަސްތީނުމީހުންގެ ގެތަކުން، އެމީހުން ނެރޭތީ، ގާާޒާ ކޮންޓްރޯލް ކުރާ ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. ހަމާސް އިޒްރޭލަށް ރޮކެޓްހަމަލާދޭން ފެށީ ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުން ހުއްޓައިލަން މުހުލަތެއް ދިނުމަށް ފަހު އެ މުހުލަތު ހަމަވުމުންނެވެ.
އިޒްރޭލުގެ ކޯޓުތަކުން އަމުރުތަކެއް ނެރެގެން ޝައިޚު ޖައްރާހުގެ އެތައް ގެއަކުން ފަލަސްތީނު މީހުން ނެރެ، އެތަންތަނަށް ޔަހޫދީން ވެއްދުމުގެ ޖަރީމާއަށް ދެކޮޅަށް ފަލަސްތީނު މީހުން ދަނީ މުޒާހަރާތަައް ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅުމުގެ ނަމުގައި އިޒްރޭލުން ދަނީ އިތުރު ޖަރީމާތައް ހިންގަމުންނެެވެ. އެގޮތުން ރޯދަމަހުގެ ފަހު ދިހައިގައި އަލް އަގުސާ މިސްކިތަށް ހަތިޔާރާ އެކު ސިފައިން ވަައްދައި، އަޅުކަން ކުރަން ތިބި މީހުންނަށާއި މިސްކިތަށް ވެސް ބޮޑެތި ގެއްލުންތައް ދިނެވެ.
ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު އިޒްރޭލު އުފައްދައި، އދ. އިން އެއީ ގައުމެއް ކަމަށް ކަނޑަައެޅި އިރު، ގުދުސަކީ އެ އުފެއްދި ދައުލަތުގެ ތަނެއް ނޫނެވެ. އޭގެ ފަހުން އިޒްރޭލުން ގުދުސަށް ވެރިވެގަތުމުން، އެތަނުގައި ޔަހޫދީން އާބާދުކުރުން، އދ. އިން ވެސް ވަނީ މަނާކޮށްފަ އެވެ. އެކަމަކު އޭރުން ފެށިގެން ވެސް އިޒްރޭލުން ގުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން ހުއްޓައެއް ނުލައެވެ. އެކަން ހުއްޓުވަން، ގަރާރުތައް ފާސްކުރުން ފިޔަވާ އިތުރު ފިޔަވަަޅެއް އދ. އަކުން ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްސް
14 May 2021
ޖަރުމަނު ކޮންސިއުލޭޓު ނުހުންނަތަނެއް. ލޮލް
އ
14 May 2021
ތި ހާލަތްތައް ތަކުރާރުވަމުން މިއަދާ ހަމައައްވެސް އައިސްފަ އޮތީ ބައެއް ބޮޑެތި އަރަބި ގައުމުތައްވެސް ވާގިވެރިވެގެން. އެހެން ވީމައި ކިޔޭނެ އެއްޗެއްނެތް. މުސްލިމުންވެސް އެބައެއްގެ ވެރިކަން ދިފާއުކުރުން މުހިއްމުކަމަކަށް ދެކެނީ.
ބޮޑުދޮންބެ
14 May 2021
ވެރިކަމެއް ނެތިއްޔާ ކާކާށް ކިޔަމަންވާނީ؟ ތިމާގެ ގޭގައި ތިމާ އަކީ ބައްޕައެއް ނުވަތަ މަންމައެްް،ނުވަތަ ބޭބެއެއް ނުވަތަ ދައްތައެއް ކަމަށް ނަންކިޔައި ކިޔަމަންތއރިވާން ދަރިންނަށް ދަސްކޮށްދެނީ ކީއްކުރަން. ؟؟؟ ނިކަން ރަނގަޅަށް ވިސްނައިލަބިލަ ކިހިނެއްތޯ ވާނީ އެފަދައިން ނަންތައް ދިފާއު ނުކުރާނަމަ. މުޅި ގެ ފަސާދަވާނެ ދެއްތޯ؟