ގެއްލިގެން ފުލުހުން މިހާރު ހޯދަމުން އަންނަ، ނޮޅިވަރަންފަރު މިސްބާހު
14 މެއި 2021 - 20:27
މީގެ ދެ ތިން މަސް ކުރިން މާލެ އައި ހދ. ނޮޅިވަރަމްފަރުގެ ޒުވާނެއްގެ ޚަބަރެއް ނުވެ މަސް ދުވަސް ވުމުން ފުލުހުން އޭނާ ހޯދަން ފަށައިފި އެވެ.
އާއިލާގެ އެދުމުގެ މަތިން ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ނޮޅިވަރަމްފަރު މޯނިންސަން، މިސްބާހު މުހައްމަދެވެ. ފުލުހުން ބުނިގޮތުގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ މިދިޔަ މަހުން ފެށިގެން ވަނީ ގެއްލިފަ އެވެ.
ނޮޅިވަރަމްފަރު ކައުންސިލުން މިއަދު ބުނީ، އާއްމު ގޮތެއްގައި އެ ރަށުގައި ދިރިއުޅޭ އެ މިސްބާހުގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާ އިން ފުލުހުންނަށް އެންގީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. އޭގެ ކުރިން، އާއިލާ އިން ވަނީ މިސްބާހު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
"މާލޭގައި ދިރިއުޅޭ އާއިލާގެ މީހުންނާއި ރަށުގެ މީހުންނަށް ވެސް ގުޅައިގެން އޭނާވީ ތަނެއް ބެލި. އެކަމަކު އޭނާވީ ތަނެއް އެކަކަށް ވެސް ނޭނގޭ،" ނޮޅިވަރަމްފަރު ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"މަސް ދުވަސް ވެއްޖެ ކަމަށް ވަނީ އޭނާގެ ޚަބަރެއް ނުވާތާ"
އެއީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ރަށުގައި އެކި ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ކައުންސިލުން ބުންޏެވެ. އާއިލާއާ އެކު ދިރިއުޅޭ މިސްބާހު މާލެ އައީ ކީއްކުރަން ކަމެއް ނޭނގެ އެވެ.
"ފޯނަކަށް ވެސް ނުގުޅޭ. އޭނާ ދުށް މީހަކު ވެސް ނޫޅޭ. އެހެންވެ، އާއިލާ އިން ފުލުހަށް އެންގީ،" ޒުވާނާގެ މައުލޫމާތު އެނގޭ ނޮޅިވަރަމްފަރު މީހަކު ބުންޏެވެ.
ފުލުހުން އެދެނީ މިސްބާހުގެ ޚަބަރެއް ވެއްޖެ ނަމަ 3322111 ނުވަތަ 9631696 ނަމްބަރަށް ގުޅުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސަބާހް
16 May 2021
ބަލަ އޭނާގެ ފޯނުގެ އެންމެފަހުގެ ލޮކޭޝަން ހޯދައިގެން އޭނާއަށްވީގޮތެއް ބަލާބަލަދީބަލަ. ރައްޔިތުންނާ ހަވަލުނުކޮށް . އާއމު ފަރުދެއްވީމަ އެމީހާ ހޯދުންވެސް އާއމުންނާ ތިޔަ ހަވަލު ކުރނަީ ކޮބާ ތަމެންގެ ޒިންމާއަކީ
ޢަހުމަދު އިސްމާއިލް
15 May 2021
ލަންކާ ގެ ސުޕުން ވެސް ވަނީ ވާނުވާ ނެގިފަ ، ހޯދާ ދެއްވުން އެދެން
ބޮސީ
14 May 2021
ފުލުހުން އެދެނީ މިސްބާހުގެ ޚަބަރެއް ވެއްޖެ ނަމަ 3322111 ނުވަތަ 9631696 ނަމްބަރަށް ގުޅުމަށެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!