ފިތުރު އީދުގެ އުފަލުގައި މިއުޒިކް ޝޯއެއްގައި ހަބޭސް ފިއުޝަން އިން ޕަފޯމް ކުރަނީ: އުރީދޫ އީދު ޝޯގައިވެސް ހަބޭސް ފިއުޝަން ފެންނާނެ.---މިހާރު ފޮޓޯ: ނިޝާން އަލީ
14 މެއި 2021 - 20:14
އުރީދޫން މިރޭ ބާއްވާ "އީދު ޝޯ" ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން އަގު ހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިރޭ 9 އިން 11 އަށް ޑިޖިޓަލްކޮށް ކުރިއަށް ގެންދާ މި ޝޯގައި މިއުޒިކީ ގިނަ ހަރަކާތްތަކެއް ފެންނާނެ އެވެ.
ޝޯ ކުރިއަށް ގެންދާ ވަގުތު ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ލިންކް ޝެއާ ކުރާ ކޮންމެ މީހަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. ލަކީޑްރޯއިން ހޮވޭ މީހުންނަށް އުރީދޫ އިން ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅައިފަ އެވެ.
- ކޮކާ ކޯލާއިން ސްޕޮންސާ ކޮށްގެން ދޭ ފަސް މިނިޓްގެ މެއިޑް ގިފްޓް ޕެކެއް.
- ޕްރޮންޓް ލެބުން ސްޕޮންސާ ކޮށްފައިވާ 1،000 ރުފިޔާގެ ގިފްޓް ވައުޗާއެއް.
- މަމަކުން ސްޕޮންސާ ކޮށްފައިވާ ދެ މީހުންގެ ޑިނާއެއް.
- ލަވޭރިއާ ޕިއްޒޭރިއާ އިން ސްޕޮންސާކޮ ށްގެން ދޭ ޕިއްޒާ.
- ކޮފީީ ޝްރަބުން ސްޕޮންސާ ކޮށްގެން ދޭ ދެ މީހެއްގެ ޑްރިންކްސް.
- ލެ ޕާފިއުމުން ސްޕޮންސާކޮ ށްގެން ދޭ ގިފްޓް ޕެކެއް.
- ޕިއްޒާ ކިޗެން އިން ސްޕޮންސާ ކޮށްގެން ދޭ ފަސް ޕިއްޒާ.
މި ލަކީޑްރޯގައި ބައިވެރިވާން ލިންކް ޝެއާ ކުރާ އެކައުންޓުތައް ވާން ޖެހޭނީ ޕަބްލިކް އެކައުންޓުތަކަށެވެ. އެގޮތުން، ފޭސްބުކާއި ޓްވިޓާގައި މި ލިންކު ޝެއާ ކުރެވޭނެ އެވެ.
މިއުޒިކްގެ ތަފާތު ހަރަކާތްތައް ގެނެސްދޭ މި އަހަރުގެ ޝޯގައި ވެސް މަޝްހޫރު ފަންނާނުންގެ ހަރަކާތްތައް ފެންނާނެ ކަމަށް އުރީދޫން ބުނެ އެވެ. މީގެ ތެރޭގައި ޒަކިއްޓެ އާއި ޝަންމޫނާއި ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެ އެވެ.
މި ފަހަރުގެ އީދު ޝޯ ވެސް ޑިޖިޓަލްކޮށް ބާއްވަން އުރީދޫން ނިންމީ ކޮވިޑް-19ގެ ސަބަބުން އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.
އެ ކުންފުނިން ބުނީ، އީދު ޝޯ ޑިޖިޓަލް ކުރީ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން އުފާވެރި އަދި ކުލަގަދަ އީދެއް ފާހަގަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ.
އުރީދޫގެ އީދު ޝޯ ore.do/eidshow މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީޝް
14 May 2021
ގައުމު މިއޮތް ހަލާކު ވަނީ އަދިވެސް އިސްލީހު ވާންނޫޅޭތި. ހެޔޮވިސްނުން ދެއްވާށި އާމީން.
މުނާން
14 May 2021
މިލިއަނުން އަހަރީ ފައިދާލިބޭ ބަޔަކުދޭ އިނާމް ތިހިރީ.މަވެސް ތިއިނާމްތައް ދިީ ފާނަން. ސްޕޮންސާދޭތީ މޮޅެތި ހެޑްލައިން ތިޖަހަނީ.
ޝިޔާހު މިހައްމަދު
14 May 2021
ވަރަށް ބޮޑެތި މާސިންގާ އިނާމު ތިޔަހުރީ. ޚޮންމެހެންވެސް ތިކަން ކުރަންވާނެ. މިއަދުވެސް މި ކުޑަ ގައުމުން 5 މީހުން މަރުވެ ގައުމު އޮތީ ބިކަ ހާލުގަ. ހެޔޮނުވާނެ ތިކަން ކުރަން. އަދިވެސް އުފާ ކޮށް ނަށާ ލަވަކިޔަންވީ ދޯ. އުރީދޫ އަށް މަގޭ ހިތުގައި އޮތް ގަދަރާއި އިހުތިރާމް ނެތިގޮއްސި.
އާދައިގެމީހާ
14 May 2021
ސުބުހާނަﷲ! މީ ބޮޑެތި އިނާމުތޯ؟ 1000 ރުފިޔާއަށް ބޮޑެތި އިނާމޭ ކިޔާނަމަ 10 ރުފިޔާ ދީފައިވެސް މިޒަމާނުގައި ބޮޑެތި އިނާމޭ ކިޔަންވީ. ޕިއްޒާއެއް ދީފައި ދެތިންހަތަރު މީހަކަށް ކާން ދިނުމަށް ބޮޑެތި އިނާމު ކިޔައި އުޅޭތަ؟! މި ޒަމާނުގައި ބައިލައްކަ، އެއްލައްކަ ރުފިޔާގެ އަގު ނެތް ނަމަ ބޮޑެތި އިނާމު ކިޔާނީ ގަމާރު އަރާފައި ތިބޭ ކޮހުން. ގުއި ނުދެކޭ ކާޅަކަށް މީ ބޮޑެތި އިނާމުތަކަށް ވެދާނެ.