16 މެއި 2021 - 08:14
އެމެރިކާގެ ޝިކާގޯގެ އިމާރާތެއްގައި އަލިފާން ރޯވުމުން އެތަނުގައި އޮތް ބުޅަލެއް އިމާރާތުގެ ފަސް ވަނަ ބުރިން ފުންމާލައިގެން ސަލާމަތްވެއްޖެ އެވެ.
ކަޅު ބުޅާ ފުންމާލާ މަންޒަފު ފެންނަ ވީޑިއޯ ޝިކާގޯ ފަޔާ މީޑިއާ އިން ބުރާސްފަތި ދުވަހު ޓްވިޓާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެ ވިޑިއޯ އިން ފެންނަ ގޮތުގައި ހަ ބުރީގެ އިމާރާތުގެ ފަސް ވަނަ ބުރީގައި ރޯވެ އިމާރާތުން ދުން އަރަމުންދާ އިރު ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ވެއްޓޭ ތަން ވެސް ފެނެ އެވެ އެވެ. އަދި ފަސް ވަނަ ބުރީގެ ކުޑަދޮރަކުން ބުޅާ ފުންމާލާ ތަން ފެނުމާ އެކު ތިރީގައި މަންޒަރު ބަލަން ތިބޭ މީހުން ހަޅޭއްލަވައި ގަންނަ އަޑު ވެސް އިވެ އެވެ.
Nine lives for a cat that jumped from fire at 65th and Lowe. Cat hit grass bounced and walked away! pic.twitter.com/LRBsjMta2Z
— Chicago Fire Media (@CFDMedia) May 13, 2021
ބުޅާ ފުންމާލުމުން ގޮސް ޖެހެނީ އިމާރާތުގެ ތިރީގެ ވިނަގަނޑު މައްޗަށެވެ. އަދި ވެއްޓުމާ އެކު ދުއްވައިގަންނަން ތަން ވެސް ފެނެ އެވެ.
އަލިފާން ނިވާ މީހުން ބުނި ގޮތުގައި ރޯވި އިމާރާތް ވެސް ވަނީ މާބޮޑު ގެއްލުމެއް ވުމުގެ ކުރިން އަލިފާން ނިއްވާލައި ސަލާމަތްކުރެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯވަޓް
16 May 2021
ދެން ކިތައްވަނަ ބުރިން ފުންމާލައިގެންތަ ބުޅަލަކަށް ގޮތެއްވާނީ؟
ކަކުނިބޯ
16 May 2021
ޙައެކޭ ކިޔަމާ
ގެދާނޯމޮސް
16 May 2021
ގޮސްޖެހޭ ތަނަކުން އެނގޭނީ ދޯ!؟