އިޒްރޭލުން ގާޒާގެ އިމާރާތެއް ގޮއްވައިލަނީ. ގާޒާއިން މިއަދު ވެސްް 26 މީހުން ޝަހީދުވި. ފޮޓޯ: އޭއެފްޕީ
16 މެއި 2021 - 14:32
ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުން ދާއިރު އެ ހަމަލާތަކުގައި މިއަދު ވެސް 26 މީހަކު ޝަހީދުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތައް ބުނިގޮތުގައި ގާޒާއަަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވި ކަމަށެވެ. އިޒްރޭލުން ގެންދަނީ ގާޒާގައި ގިނަަ އަދަދަކަށް މީހުން ދިރިއުޅޭ ބޮޑެތި އިމާރާތްތަކުގެ ބިންގަލަށް މިސައިލް ފޮނުވާލައިގެން، އިމާރާތްތައް ބިމާ ހަމަކުރުމުގެ ޖަރީމާ މެދުނުކެނޑި ހިންގަމުންނެވެ. މިއީ މީގެ ކުރިން ގާޒާ ސުންނާފަތި ކުރި، ފަހަރުތަކުގައި ކޮށްފައިވާ ވަރަށް ވުރެ ގިނައިން މިފަހަރު ކުރަމުންދާ ކަމެކެވެ.
ގާޒާ ކޮންޓްރޯލްކުރާ ހަމާސް އިން ބުނީ ރޭ ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ ލީޑަރެއް ކަމަށްވާ ޔަހްޔާ އަލް ސިންވާރުގެ ގެކޮޅަށް ވެސް އިޒްރޭލުން ހަމަލާދިން ކަމަށެވެ.
އިޒްރޭލުން މިފަހަރު ފެށި ހަމަލާތަކުގައި ގާޒާ އާއި ފަލަސްތީނުގެ އެހެން ތަންތަނުން ޝަހީދުވި މީހުންގެ އަދަދަކީ މިހާރު 170 އެވެ. އޭގެ ތެރޭގައި 41 ކުޑަކުދިން ވެސް ހިމެނެ އެވެ.
ގާޒާއަށް ބޮން އެޅުމުގެ އިތުރުން ސަރަަަހައްދީ ރޮނގުގެ ކައިިރިއަށް ބޮޑުބަޑި އާއި އެހެނިހެން ބަރު ހަތިޔާރުތައް ޖަމާކޮށް، އެއްގަމު މަގުން ހަމަލާދޭން ވެސް އިޒްރޭލުން ވަނީ ފަށައިފަ އެވެ. އިޒްރޭލުން ތައްުޔާރުވަމުން ދަނީ އެއްގަމު މަގުން ގާޒާއަށް ވަދެގަތުމަށެވެ. މީގެ ކުރިން ކުރިން ހިންގި ބައެއް އުދުވާނުތަކުގައި ވެސް އިޒްރޭލު މީހުން ގާޒާއަށް ވަދެގަނެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބޮން އަޅައި އެރަށް ސުންނާފަތި ކުރުމަށް ފަހުގަ އެވެ. އެކަމަކު އެގޮތަށްް ވަދެގަތް ކޮންމެ ފަަހަރަކުހެން ފައިބާފައި ވަނީ ހަމާސްގެ އަތުން ބަލިވެގެންނެވެ.
ހަމާސް އަކީ ހަތިޔާރުގެ ގޮތުން މާބޮޑު ބާރުވެރިކަމެއް ނެތް ޖަމާއަކަށް ވިޔަސް އިޒްރޭލު ކުށްވެރިކުރުމުގެ ބަދަލުގައި އދ. ގޮވައިލަމުން ދަނީ ދެ ފަރާތުން ހަމަލާތައް ހުއްޓައިލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
16 May 2021
ފަލަސްތީނަށް ދިވެހިސިފައިންގެ ލަޝްކަރެއް ފޮނުވާންއުޅޭށޭ.
ާދެރާ
16 May 2021
ދިވެހި ސިފައިންނޭ. ލޮލް. ޗޮކުން ދާނީ ހަމަ ?