ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މެސެޖެއް: މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާ އެކު ދެމިހުންނާނަން

ނަޝީދު، އިއްޔެ ޖަރުމަނުގައި (ކ) އެ މަނިކުފާނާއެކު އެ ގައުމަށް ވަޑައިގެންނެވި އަހުމަދު ޝާހިދު (ސާބެ) އާ އެކު ހިންގާލައްވަނީ.

އެ މަނިކުފާނުގެ ފުރާނަދުއްވައިލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފަށައި، މިހާރު ކުރިއަށް ގެންދާ ޖަލްސާ އަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މަޖިލީހުގައި އިސާހިތަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނާ ބައްދަލު ވެސް ކުރައްވާނެ ކަަމަށެވެ.

"މާތް ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާ އެކު ދެމިހުންނާންނަން،" މެސެޖްގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަވަހާރަ ކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައިގައި އޭޑީކޭ ހޮސްޕިޓަލްގައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރުމަށް ފަހު، އިތުރު ފަރުވާ އަށް އެ މަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

ނަޝީދުގެ މެސެޖުގައި ވިދާޅުވީ، އެ މަނިކުފާނުގެ ފުރާނަ ދުއްވައިލަން ދިން ހަމަލަ އަށް ފަހު، މި ނުރައްކާތެރި، ބިރުވެރި ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީގައި މެމްބަރުން ތިއްބަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ގައުމުގެ މަސްލަހަތު އިސްކުރައްވައި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ލާބަ އާއި މަންފާ އަށް މަސައްކަތް ކޮށްދެއްވާނެކަން އަޅުގަނޑަށް ޔަގީން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތުހުމަތަށް މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ޖަރީމާ ހިންގީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރަށް ތަބާވާ ބައެއް ކަމަށެވެ.

36 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 5%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

17 May 2021

އިއްޒަތްތެރި ރައީސް. ހަމައެކަނި މަސްއޫލީއްޔަތު އަދާކުރުމުގައި "ދެމިހުރުމުގެ ބަދަލުގައި" އަވަސް ކަމާއިއެކުގައި ރައްޔިތުން އިސްކޮޅަށް ދެމިގަތުމަށްޓަކާ ކުރާންޖެހޭ މައިގަނޑު ކަންކަން ފުރިހަމަކޮށްދިނުމަށްޓަކާ ލާމަރުކަޒީ ޤާނޫނުގައިބުނާ އެންމެހާކަންކަން މަޖިލީހުގެ ތެރެއިން ފުއްދަވާ ދެއްވާ. # އަދި ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނެއްގެ މައްޗަށް ހިންގޭނެ ގޮތަކަށް ދައުލަތުގެ ބަޖޭޓް ފަރުމާކުރުމަށް ސަރުކާރަށް އަންގާ މަޖިލީހުން އެގޮތަށް ބަޖޭޓް ފާސްކޮށް ދެއްވަވާ.

The name is already taken The name is available. Register?

ކަޑަ

17 May 2021

މި އުނދަގުލުން ދިވެހިން ސަލާމަތްވަނީ އަޅޭ ކޮންދުވަހަކުން

The name is already taken The name is available. Register?

ދަރަނި ދަންތުރަ

17 May 2021

ނަސީދު ކުރި ހިދުމަތްތަށް އެއްމެ ރަނގަޅަށް އެނގޭނީ މައުމޫނަން ނޫސްވެރިން މައުމޫނު އާ ސުވާލު ކޮށްލަބަލަ ....

The name is already taken The name is available. Register?

ގެދާނޯމޮސް

17 May 2021

އިނގިރޭސީވިލާތުގަ ހުރިނަމަ ތިއިބާރާތުން ބަސްމަގު ނުބެހެއްޓޭނެއެވެ.

The name is already taken The name is available. Register?

1828

17 May 2021

މަސްއޫލިއްޔަތެއް ނޫން. އަމިއްލަ އެދުމާއި އާރާއިބަރު ގައި ހުންނަން ބޭނުންވަނީ. 2004ން ފެށިގެން ކުރަމުން އައީ ކުރިން މިބުނި ކަންތައް. ނަޝީދަކީ ދިވެހި ރައްޔިތުންގެ ތެރޭގައި މަޤުބޫލް މީހެއްނޫން. އެމްޑީޕީ ތެރެއިންވެސް ނަޝީދުގެ ނަން އެދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުން. ނަޝީދަކީ ރަތްލާ ޖެހި ހުދުމުހާތު ވެރިއެއް.

The name is already taken The name is available. Register?

ރަންބުއްދި

17 May 2021

އެންމެން ރައީސް ނަޝީދާއި ދިމާކޮށްލައިގެން ނޫޅޭ. ޢެމަނިކުފާނު ޤައުމަށް ކޮށްދެއްވިހިދުމަތްތައް އެހާއަވަހަށް ހިތުން ފިލައިގެން ދިޔައީތޯ؟ ރައްޔިތުންނަށްޓަކައިި އެމަނިކުފާނު ކޮށްދެއްވި ކަންތައްތަކު ގެ ބަދަލުގައި މި ލިބުނީި ޓެރަރިސްޓު ޙަމަލާއެއް! ދިވެހިން މީި ކޮންކަހަލަ ބައެއް؟

The name is already taken The name is available. Register?

ބަގުޑި

17 May 2021

ކީއްކުރަނީ ގިނަ ދިވެހިން މިއަދު ހަދާނެށްނެތް ރަން 30 އަހަރު އުޅުން ގޮތެއް. މިދައްކަނީ އަދި އެންމެ 14 ވަރަކަށް އަހަރު ކުރީގެ ވާހަކަ.

The name is already taken The name is available. Register?

4563

17 May 2021

ކޮން ޚިދުމަތެއްތޯ މަނިކްފާނު މި ޤައުމަށް ކޮއްދެއްވީ.

The name is already taken The name is available. Register?

ބަގުޑި

17 May 2021

މޭޒު ދޮށުގަ ފިލާއޮވެ ތިހެން ކޮމެންޓެއް ލިޔެލަން ވަރަށް ފަސޭހަދޯ ... ކެކެކެ.

The name is already taken The name is available. Register?

1828

17 May 2021

2012 ފެބްރުއަރީ 08ގައި ޖެހި ބޮޑު ހުޅު.

The name is already taken The name is available. Register?

މޮހިތު

17 May 2021

ދިވެހިން މައި މީހާ މަތިންވެސް ހަނދާން ނެތޭނެ މާގިނަދުވަސް ވެއްޖެއްޔާ!

The name is already taken The name is available. Register?

ހާދަހެޔޮފުޅު

17 May 2021

މަނިކުފާނުގެ ޚިދުމަތްތައް ބޮޑުކަމުން ގޮސް އެންމެ ފަހުން ކެނެރީގޭ ހުންނަ މަގުން ދުއްވާ އެއްޗަކަށް ނުދުއްވޭ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވަށައިގެން ދުއްވާ އެއްޗެހި ދުއްވޭ. މީ ދެން ފުކެއް ބޮޑުވަރު.

The name is already taken The name is available. Register?

ބަގުޑި

17 May 2021

ކެނެރީގެ ހުންނަ ގޯޅިން ދުއްވޭ ... ޕާކު ނުކުރެވެނީ.

The name is already taken The name is available. Register?

އިބްރ

17 May 2021

މާލެއިން ފުރާވަޑައިގެންނެވިއިރު ކުރަންހުރި ހުރިހައި އޮޕަރޭޝަނެއްވެސް ވަނީކޮށްފައެވެ. ނަމަވެސް ބޯ އޮޕަރޭޝަން ކުރައްވަން އިސްތަށިފުޅު ބާލުއްވާފައި ނުވެއެވެ. ނަމަވެސް ޖަރުމަނަށް ވަޑައިގެން ބޯ ބާލުއްވާފައިވަނީ މިއީ ކިހިނަކުން ވީކަމެއްތޯ؟

The name is already taken The name is available. Register?

މޫސަ

17 May 2021

ފަހުރޭ ކޮންމެ އެއްޗެއް ލިޔުނަސް ހަގީގަތަކީ އެއީ. ޕާޓީ ކުރިއަރުވަން ބޭނުން ގޮތެއްހެދީ . އޭގެ ނަތީޖާ އަކީ ރައްތަކައް ކޮވިޑު ފެތުރުން. ތީ ރީދޫ ... އެފިކުރު ހުރިމީހަކު ގަބޫލެއްނުކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454