އާދަމް ޝަރީފް ސުވާލު އުފެއްދެވީ، ދިފާއީ ބާރުގެ ވެރިންނާ ސުވާލު ކުރުމަށް ފަހު، އެ ބޭފުޅުންނަށް އެހެން ސިފައިންނާއި އާންމުންގެ އިތުބާރު މިހާރެކޭ އެއްގޮތަށް އޮވެދާނެ ކަމާ މެދު.
އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އިރު ސިފައިންނާއި އެކު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އިންކުއަރީ އަށް ފަހު ދިފާއީ ވެރިންގެ އިތުބާރު ނުގެއްލޭނެތޯ އޭނާ ސުވާލު އުފެއްދެވި
18 މެއި 2021 - 10:32
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާދިން އިރު، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލަމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދިއުމުން، ސިފައިންގެ ވެރިންގެ އިތުބާރު ގެއްލިދާނެ ކަމާ މެދު މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރޭ ސުވާލު އުފައްދަވައިފި އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް މަޖިލީހުން ކުރިއަށް ގެންދަން ވަނީ އިއްޔެ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އެ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓް މަޖިލީހުން ފާސްކުރި އިރުގަ އެވެ.
އެ އިންކުއަރީ ހެދުމަށްޓަކައި މަޖިލީހުން އިގުރާރު ވުމަށް ހުށަހެޅުމުން ކުރިއަށް ގެންދިޔަ ބަހުސްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، ޕާލަމެންޓްރީ އިންކުއަރީގައި ސުވާލުކުރަން އުޅެނީ ސަރުކާރުގެ އެހެން މިނިސްޓްރީތައް ފަދަ މިނިސްޓްރީއެއްގެ ބޭފުޅުންނާ ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ބޭރުގެ މާހިރުންނާ އެކީގައި ސުވާލުކުރަން އުޅެނީ ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިންނާ ކަމަށާއި ކުރަން ހުރީ އެ ބޭފުޅުންގެ ޒިންމާ ރަނގަޅަށް އަދާކުރެއްވިކަން ނުވަތަ ނޫންކަން ހާމަވާނެ ސުވާލުތަކެއް ކަމަށެވެ.
"އެ ބޭފުޅުންނާ ސުވާލުތަކެއް މި ކުރެވެނީ އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކުރެވުނުތޯ؟ އެ ބޭފުޅުންގެ އެ މަސައްކަތުން ނުކުންނަންވީ ނަތީޖާ ފުރިހަމަ އަށް ނުކުނތްތޯ؟ އެ ޒިންމާ އަދާކުރެއްވުމުގައި، ރާއްޖެ އަށް، ނުވަތަ އެކަމަށް ބޭނުންވާ ގާބިލުކަން އެބަހުރިތޯ، މި ކަހަަލަ ސުވާލުތަކެއް ކުރުމަށްޓަކައި މި އިންކުއަރީ މި ހެދެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެންވީމާ މިތަނުގެ ވެރިންނާ ދޭތެރޭގައި، ދަށުގައި މަސަައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި އިތުބާރު ގެއްލޭ ހިސާބަށް، ރައްޔިތުންނަށް އިތުބާރު ގެއްލޭ ހިސާބަށް މިތަނުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރާ ކަމަށް ވެއްޖެއްޔާ، އެ ސުވާލުތައް ކުރުމަށް ފަހުގައި، އަޅުގަނޑު ދަންނަވާކަށް ނެތިން އޭގެ ފަހުން އެ ބޭފުޅުން ކަންތައް ކުރައްވަން ޖެހޭނީ ކިހިނެއް ކަމަކަަށް،" ---އާދަމް ޝަރީފް
އޭނާ ވިދާޅުވިގޮތުގައި، އެ ސުވާލުތަކަށް މަޖިލީހުގައި ޖަވާބު ދެއްވުމަށް ފަހު އެ ބޭފުޅުން [ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިން] މުއައްސަސާތަކަށް އެނބުރިވަޑައިގަތުމުން ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ސުވާލުތަކަށް ޖަވާބު ދެއްވާފައި އެނބުރި ވަޑައިގަތުމުން، އެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރަން ތިބި މީހުންނާއި ދިވެހި ރައްޔިތުން ވެސް ކުރިން ކުރަމުން ދިޔަ އިތުބާރު އަލުން ކުރާނެ ކަމާ މެދު ވެސް އާދަމް ޝަރީފް ވިދާޅުވިގޮތުގައި ސުވާލު އުފެދެ އެވެ. އިންކުއަރީ ގައި ޖަވާބު ދެއްވާ ބޭފުޅުންގެ އޮތޯރިޓީ ދެން އެކްސަސައިޒް ކުރެވޭނެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެެ.
"އެހެންވީމާ މިތަނުގެ ވެރިންނާ ދޭތެރޭގައި، ދަށުގައި މަސަައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި އިތުބާރު ގެއްލޭ ހިސާބަށް، ރައްޔިތުންނަށް އިތުބާރު ގެއްލޭ ހިސާބަށް މިތަނުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރާ ކަމަށް ވެއްޖެއްޔާ، އެ ސުވާލުތައް ކުރުމަށް ފަހުގައި، އަޅުގަނޑު ދަންނަވާކަށް ނެތިން އޭގެ ފަހުން އެ ބޭފުޅުން ކަންތައް ކުރައްވަން ޖެހޭނީ ކިހިނެއް ކަމަކަަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިންކުއަރީ އަށް ފަހު ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ސީދާ ވިދާޅުވި ނުވިޔަަސް، އޭނާ އެ ވިދާޅުވާ ކަންތައްތަކާ މެދު ސުވާލު އުފެދޭ ނަމަ އަސްކަރީ ސަގާފަތަކީ އިސްތިއުފާ ދިނުމެވެ. އެހެން ގައުމުތަކުން ފެންނަން އޮތީ ވެސް އެ މިސާލެވެ.
ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އަށް އެނގިވަޑައިގަންނަވާކަން ހާމަވުމުން އޭނާގެ އިސްތިއުފާ އަށް ވެސް އެކި މީހުން ދަނީ ގޮވަމުންނެވެ.
ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ހުޅުމީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން، އެކަން މާރިޔާއާ ހިއްސާ ކުރެއްވި ކަމަށް އިލްޔާސް ލަބީބް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
18 May 2021
އެ މައްސަލަ މަޖިލީހަކުން ނުބެލޭނެ! ޝަރީފު ވިދާޅުވީ ރަނގަޅު ވާހަކައެއް! އެކަން މެދުވެރިވީ ސިފައިންގެ އިހުމާލުންކަމަށް ކަނޑަނޭޅޭހާ ހިނދަކު ސެކިއުރިޓީ ބްރީޗެއްކަމަށް ބެލެވިގެންނުވާނެ! ސެކިއުރިޓީ ދެނީ ލިބޭ މަޢުލޫމާތާއި އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް! މަޖިލީހުގައި ތިބި ޅަކުދިންނަށް އެކަން ނޭނގުމަކީ ދެރަކަމެއް! އާދަމް ޝަރީފުމެންގެ ތަޖުރިބާ މިކަހަލަ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި މުހިންމުވާނެ!!
ހަސަނު
18 May 2021
އިތުބާރު ގެއްލޭނީ ސުވާލު ކުރިމައެއް ނޫން.. ސުވާލު ކުރުމުގެ ކުރިންވެސް ނެތް އިތުބާރެއް ނޯންނާނެ.. އިތުބާރު ނެތް، ގަބިލުކަން ނެތް މީހަކު ނޫނީ ބަޔަކު އެހާ މަސްއޫލިއްޔަތު ބޮޑު މަގާމުގާ ބެތިއްބުމަކީ މަޖުލިހުގެ ނަގާބިލުކަން ފެންނާނެ އަދި އިތުބާރުވެސް ގެއްލޭނެ ކަމެއް..
ޒުލްފާއްތަ
18 May 2021
އެހެންތާވާނީ ވަޒީފާއިން ވަކޮށް އެތަކެއް އަހަރު ޓްރެއުންނުލިބި ހުއްޓާ ގެނެސް ވެރިންގެ ގޮތުގައި ފަތްކޮޅުދިނީމަ އެވެރިން އެމުއައްސަސާއަށް ބީރައްޓެހިވާނެ ވަރު ދެނެނުގަނެވުމަކީ އެއްމެ ބޮޑު ފެއިލިއަރ…
ބައިރޯ
18 May 2021
ކަލޯ ކަލޯމެންގެ އިތުބާރެއް އޮތީތަ؟ އިތުބާރު ނެތިންގެންނޫން ބޭލީ، ދެން އިތުބާރޫ ނެއްބަޔަކު ދައްކާވާހަކަ ގަބޫލު ކުރަނީ ކޮންބައެއްތަ؟
މޫސާ
18 May 2021
ތަހުޤީގު ކުރުމާ ސުވާލުކުރުމަކީ އިތުބާރު ގެއްލޭ ކަމެއް ނޫން. ތިޔަ މަޖިލީހުގާ މިނިސްޓަރުންނާވެސް ސުވާލުކުރުމަށްފަހު މަސައްކަތަށް އަބުރާ ފޮނުވާލާ.
މިވަރެއްނެތް
18 May 2021
ދިފާއީ ބާރުތަކުގެ އިސްވެރިން އަބަދުވެސް އުޅެނީ އެއިރެއްގެ ތިބޭ ވެރިންނާއި ސަރުކާރު އުފާކުރަން. އެއިގެ ބަދަލުގައި އިނާޔަތްތައް އިތުރުކުރުވާ ބޮޑެތި އިމާރާތްތަކާއި ބިންތައް ހޯދަން. އަމަންއަމާންކަން ދެމެހެއްޓުމަކީ ސެކެންޑަރީ ފަންކްޝަނެއްހެން މަމެންނަށް ހީވަނީ!
ހުސެއިން ނަސީރު
18 May 2021
ދިފާއީ އޯ!! ޑްރަގް ގެ ވަަބާ، ޓެރަރރިޒަމް، ހިޔުމަން ޓްރެފިކިނގް، ގައުމު ދަވާލުން، ކޯވިޑް ފެތުރުން، މިހެން ގޮސް އެންމެ ނުރައްކާ 15 ކަންކަން އެކަހެރި ކޮއްފަ، ދެން ހުރި ކަންކަމުން ގައުމު ދިފާއު ކުރުމުގަ އަވަދި ނެތި އެޅުއްވާ ބޭފުޅުން ކޮޅެއް، ދެއްތޯ؟
ރަންދެލި
18 May 2021
ޝަރީފު އެވެ. އެއީކީ މިހާރުވެސް ރައްޔިތުންގެ ގިނަ ބަޔަކު އިތުބާރު ކުރާ ބައެއްނޫނެވެ. މަޖިލީހުގަ ގޭޓުގެ މަތިން މެމްބަރުން އުކުން ފަދަ ޖާހިލު ނާތަހުޒީބު އަމަލުތައް ކޮށްފައިވާ ބައެކެވެ. ޖުމްހޫރިއްޔާ ގެ ރައީސް އެއް ވެރިކަމުން ދުރުކުރި ބައެކެވެ. ހަތިޔާރެއްނެތް އާދައިގެ ރައްޔިތުންނާ ދިމާލަށް ދުލަށް އަައިހާ ހުތުރުު ބަހަކުން ހަޅޭލަވާ، އަދި ހިތައް އެރިވަރަކަށް ބާރުގެ ބޭނުން ކުރާ ބައެކެވެ. އެމީހުންނަށް 'ދިވެހި' ސިފައިން ކިޔާތީ ލަދު ވެސް ގަނެއެވެ.
4ސްޓަރ
18 May 2021
އާދަމް ޝަރީފް ވިޔަސް ވަރަށް ރަގަޅު ވާހަކައައެއް އެބުނީ، ބުނެވެން އޮތް އެންމެ ޑިޕްލޮމެޓިކްކޮށް. ކުރުގޮތަކައް ބުނާނަމަ މާރިޔާ އާއި ޝަމާލް މިހާރުވެސް އިސްތިއުފާ ދީގެން ތިބެންޖެހޭނީ. ލަދުކުޑަކަމުން މޮޅު ވާހަކަ ދައްކާފަ އެތިބެނީ. ދެން ތި އިންކުއަރީގަވެސް ފަޅޮލޭ، ކްރިޓިކަލް ރިސްކް ލެވެލްއޭ، ޝަމާލްގެ ސަޅިބައިސާ ކުރުވާހަކަ ކިޔާފަ ގޮސް ބޮޑު މަޤާމުގަ މުސާރަހިފައިން ތިބޭނީ. ރައީސައްވެސް އެމީހުން ވަކިކުރަން ގަޓު ހުރީކީ ނޫން. ނޫނޭ ވާ ސަރުކާރެއް މިއޮތީ.
ސަލީމު އިދުރީސް
18 May 2021
އަޅުގަނޑަކީމީ 7 ފެބުރުއަރީގަ ސީފއިންގެ މައިގޭޓުގަ ހުރިކެމެރާ ހަލާކުކޮއް ސިފައިން ބަގާވާތުގަ ބައިވެރިވިފަހުން ރާޖޭސަލާމަތީ ބާރުތަކައް އިތުބާރު ކުރާމީހެއްނޫން އަދި އޭގެފަހުން ވެސް ފެނުނީ ސުފުރިން ކޯޓުގެ ޓިނުނެގިތަން! ރައްތުންގެ 95% ވެސް ތިމިހުނައް އިތުބާރު ކުރާނެއެކޭ ހިތެއް ނުބުނޭ