ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ލޭއޮހޮރުވަން ގޮވާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި އޭނާ މިއަދު މައްސަަލައެއް ހުށަހެޅުއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ.
18 މެއި 2021 - 11:51
ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ، ހަރުކަށިފިކުރު ފަތުރައި ލޭ އޮހޮރުވަން ގޮވައިލުން އާއްމުވެފައިވާތީ އެކަން ހުއްޓުވަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ސޯޝަލް މީޑީއާގައި ވަކި ފަރުދުންނާ މެދު އުފައްދައި ލޭ ހުއްދަކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން ފަހަކަށް އައިސް އާއްމުވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަނީ ހަރުކަށިފިކުރުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުންގެ ލޭ ހުއްދަކޮށްގެން ސޯޝަލް މީޑިއާގައި ދައްކާ ވާހަކައިގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ގެންނެވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދަށް އަމާޒުކޮށް، "އޭނާ އަކީ މަރައިލަން ޖެހޭ މީހެއް" ކަަމަށް ލިޔެ، ފޭސްބުކްގައި މީހަކު ޖެހިކަމަށް ބުނާ ސްޓޭޓަސްއެކެވެ. މައްސަލައިގެ ބަހުސްގައި މީކާއީލް ވިދާޅުވީ ނުރުހޭ ބަހެއް ބުނެލާފައިވާ މީހެއް ނަމަ، އެެމީހަކީ މުރުތައްދެއް ކަމަށް ކަމަށް ގޮވުމާއި މީހުން މެރުމަށާއި އެންދުމަށް ގޮވުން ފަދަ ވާހަކަ ދެއްކުން މިހާރު އާއްމު ވެފައިވާ ކަމަށެވެެ. އެފަދަ ބަސްމަގު އާއްމުވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާާ ވިދާޅުވި އެވެ.
"ކިތައް ފުރާނަ އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެތޯ؟ ކިތައް މީހުން މަރުވެ ހިނގައްޖެތޯ އިއްޒަތްތެެރި ރައީސް. ހަމަ މި ބަސްމަގާ ހުރެ،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހާއަށް އެޅުނު މާބޮޑު ކަމެއް ނެތް ކަަމަށާއި އެޅި ހަމަ އެކަނި ފިޔަވަޅަކީ ސިވިލް ސާވިސްގައި އޭނާ ހުރި ވަޒީފާއިން ސަސްޕެންޑް ކުރުން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ. އެ ވާހަކަ އެގޮތަށް ދެއްކި މީހާ ހުރީ ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނެވޭ ގޮތަށް މިނިވަން ކަމުގައި ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
ފާޅުގައި ލޭ އޮހޮރުވަން ގޮވައިލުމުގެ ދެވަނަ މިސާލެއްގެ ގޮތުގައި މީކާއީލް ދެއްކެވީ މަޖިލީހުގެ ޖަލްސާއެއް ލައިވްކުރަމުން ދިޔަ އިރު "މަޖިލިސް ގޮއްވައިލަން ޖެހޭ" ކަމަށް ބުނި މީހެއްގެ ވާހަކައެވެ. އޭނާ ވިދާޅވީ އެއީ ސަރުކާރުގެ ކުންފުންޏެއްގައި އުޅޭ، ކާކުކަން އެނގޭ މީީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމީހާއަށް އެޅި ފިޔަވަޅެއް ނޭނގޭ ކަމަށް މީކާއީލް ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސް ގޮއްވައިލަން ޖެހޭ ކަމަށް ބުނި މީހާގެ މައްސަލަ ހަމަ އޭރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފުރަތު
18 May 2021
ނަފުރަތު އުފެދޭނީ ކޮން ކަމެއް ކުރީމާ ކަމެއް ބުނާކަށް ނޭނގެ. ފަހަކަށް އައިސް މަޖީލީހުގައި ރާއްޖެތެރޭ މީހުންނޭ މާލޭ މީހުންނޭ ދަފުތަރު މީހުންނޭ މާލޭ މީހުންނެއް ނޫނޭ މި ޒާތުގެ އެތައް ވާހަކައެއް ދައްކައިފި. މިއިން އުފެދޭނީ ކޯއްޗެއްކަމެއް އުފެދުނީ ކޯއްޗެއްކަމެއް އެނގޭނީ ބަލާލީމާތާ. އެކަންވެސް ބައްލަވައިދެއްވުން އެދި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިދެއްވާ!
ށަވިޔަނި
18 May 2021
މާލަސްވެއްޖެ. ތިކަން އަވަހަށް ކުރޭ.
އެދުރުކަލޭގެފާނު
18 May 2021
[ދެވަނަބައި] ތިޔަކަމެއް އުފެދިގެން އައީ ދީނީ ޚިޔާލުތަފާތުވާ ގޮތަށް އާއްމު ތަންތާގައި ވާހަކަ ދައްކަމުން މިއުޅުއްވާ ޝެއިޚްނެގެ ކޮންޓްރޯލް ސަރުކާރަށް ނެތް ހިސާބުންނެވެ. ތިޔަ ޝޭޚްންތަށް ރައީސް މައުމޫނުގެ ދުވަސްވަރުވެސް އަދި ރައީސް ޔާމީނުގެ ދުވަސްވަރުވެސް އުޅުނެވެ. ދީނީ ޚިޔާލުތަފާތުވުން އުފެދޭ އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަކީ ރާއްޖޭގައި މިފަހަކުން އެއްމެ ދީނީ ޚިޔާލުތަފާތުވާ ޒާތުގެ ވާހަކަ ދެއްކެވި އެކަކެވެ.
އެދުރުކަލޭގެފާނު
18 May 2021
[އެއްވަނަބައި] ލޭއޮހުރުވަން ގޮވުން ހުއްޓުވެނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެރިވާ ކޮރަޕްޝަން ހުއްޓުވިގެންނެވެ. ސަރުކާރުގެ މުޅި ސެޓަޕް އޮތީ ކިތައްމެ ކޮރަޕްޓް ވިޔަސް ވަޒީރުންނަށް ކޮންޓްރޯލް ކުރެވޭ މަޖިލިސް މެމްބަރުން ލޮބީ ކުރައްވާ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ޖާގަ ދިނުމެވެ. ނަތީޖާއަކީ އެމެމްބަރުންގެ މިނިވަންކަން ނެތި އެމީހުން ރައްޔިތުން ހޮވި ސަބަބު ހަނދާންނެތުމެވެ. ތިޔަ ލޭއޮހުރުވަން ގޮވާނީ އަދަކު އީއްޔެއަކު ނޫނެވެ.
ރިހާބް
18 May 2021
އެމްޑީޕީގެ ހުރިހާ ބޮޑުން މިހާރުތިބީ 7ފެނުލާ ދޮވެފަ..ރީއްޗެއްނު ވާހަކަ..މިނިވަންކަމޭ ގޮވާ ނެގި އެއްޗެހި ހަދާންކޮށްބަލަ..ފޮޓޯ ވީޑިއޯތައް އެހުރީ މިހާރުވެސް..ނުވިތާކަށް ރައްޔިތުންގެ މުދަލުގައި އަލީފާންރޯކޮށް ސުންނާފަތިވެސް ކުރީ..ޔާމީންއަށް ހަމަލާ ދިނުމުން ޖޯކް ޖަހައި އެކަންކުރި މީހުން މިހާރު ދޫކޮށް ބޮޑުމީހާއަށް ހިމާޔަތް ދިނީ..
ކޮރަލް
18 May 2021
ހަރުކަށި ފިކުރު އެކޭ އެއް ގޮތައް ދީނައް ފުރައްސާރަ ކޮށް ދީނުން ބޭރު ވާމީހުންގެ މައްސަލަ ތައް ވެސް އަވަހަށް ބަލަން ޖެހެ އެވެ. އެކަމު ދީނައް ފުރައްސާރަ ކުރާ މީހުންގެ ވާހަކަ އެއް ގޮތަކަށް ވެސް ނުދައްކަ އެވެ.
ކޮވެލި
18 May 2021
އެމްޑީޕީ އަށް ނުވިސްނޭނެ. ތިއާއެކު ދީނީ ގޮތުން ފުރައްސާރަ ކަމަށް ބެލެވޭ ވާހަކަވެސް މަޖިލީހުގަ އަދި ގައުމުގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުން ދައްކަވައިގެން ނުވާނެ. އެއީ ތިބުނާ ކަންކަމަށް މަގުފަހިވާ ކަންކަން. ޢާންމުން ރުޅި އަންނަ ވާޙަކަ ސިޔާސީ ބޭނުމަށް ދައްކައިގެން ނުވާނެ.
ލުގުމާން
18 May 2021
މުޅި މިރާއްޖެ ހަލާކުވީ ކަލޭމެނާހެދި. ކަލޭމެން ދައްކާ ނަމޫނާ ލައިވް ޓީވީތްކުން ފެނި ފެނި. ރައްޔިތުންނަށް ތަޅަން ދަސްވެއްޖެ. ވަގަށް ހޮވަން ދަސް ވެއްޖެ. އައުގުރާނަ ގޮވަން ދަސްވެއްޖެ. މީހުންގެ އަބުރު ކަތިލަން ދަސްވެއްޖެ. ތިޔަތަން ނައްތާލެވިގެން ނޫންގޮތަލަށް މިރާއްޖެ ރަނަގަޅެއް ނުކުރެވޭނެ
ފީތަލް
18 May 2021
އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއް އިސް ފަރާތްތަކުން، ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރަމުން އައި ކަންތައްތަކާ މިއަދު އަމިއްލައަށް ކުރިމަތިލާން ޖެހިފައި ތިއޮތީ. މުޒާހަރާތަކުގައި މީހުންގެ ލޭ ހުއްދަކޮށް ގެންގުޅެފައިވާ ޕޯސްޓުތައް އެހުރީ ފެންނަން. އެމް.ޑީ.ޕީ ގެ ބައެއް ސަޕޯޓަރުން މީސް މީޑިއާގައި މީހުން މަރަން ގޮވާލާ ކޮށްފައިވާ ޕޯސްޓުތަށްވެސް އެހުރީ ފެންނަން. ސިޔާސީ އަދި ދީނީ ހައްދު ފަހަނަ އެޅުންވެސް ހުއްޓުވަން ޖެހޭ.
ރަދީފްއޮފިޝިއަލް
18 May 2021
އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެ.އެއީ އިސްލާމްދީނުގަ އޮންނަ ގޮތެއް ނޫން.ކާއިނާތުގެ ވެރި ރައްބުގެ ނަމުގަ ޓްވިޓާ އެކައުންޓް ހަދައިގެން އިސްލާމް ދީނަށް މަލާމާތްކުރާ މީހުންނަށް ކިޔަން އޮންނަ ނަމަކީ ލާދީނީ މީހުން.އެފަދަ މީހުންނާ ދިމާލަަށް އެހެން ނުކިޔާ ދެން ކިޔަން ޖެހޭ އެއްޗެއް ވެސް މަޖްލިހުން ރައްޔަތުންނަށް ސާފުކޮއްދޭން ޖެހޭ.ވ.ވެދުން
އަމަޔޯ
18 May 2021
ކަލެޔާ ބެހޭތަ ކޮންމެ އެއްޗެކޭ ކިޔަސް؟ މި މީހުނަށް ހީވަނީ އެންމެން އަނގައިގަ މަލަން އަޅައި ބަންދުކުރެވޭނެހެން ތޯއްޗެއް
ރަދީފްއޮފިޝިއަލް
18 May 2021
@އަމަޔޯ.ކަލޭ އަދި ވަރަށް އާވާނެ މިކަނޑުގަ ދަތުރުކުރަން.މިބުނީ ލައްކަ ވާހަކަ.