ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު. ހުސައިން ޝަމީމް. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުކިިއުން ހުއްޓުވަން މަސައްކަތް ކުރެއްވި.
19 މެއި 2021 - 11:56
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް ނަންތައް އުނިކުރަން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދާ ހަވާލާދެއްވައި، ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި މަގާމުތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ހޯދައި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި އެެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މަޖިލީހަށް ދޫކުރި ލިސްޓުގައިވާ ނަންތަކަކީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރެވޭނެ ވަރުގެ ހެކި ހުރި މީހުންކަން އެސްޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ އިދާރާ އަށް ކަށަވަރު ކޮށްދިނެވެ.
އެކަމަކު އެ ރިޕޯޓްގެ ބަހުސްގައި އަނދުން ހުސައިން ވިދާޅުވީ، އޭގައި ހިމެނޭ ނަންތަކާ ބެހޭ ގޮތުން އޭނާ އަށް ލިބިވަޑައިގެންނެވި ޝަކުވާތަކަކާ ގުޅިގެން ކޮމިޝަނުގެ އެންމެ އިސް ފަރާތާ ގުޅުއްވި ކަމަށެވެ. ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސްގެ ނަން އޭނާ ވިދާޅެއް ނުވެ އެވެ.
ހުސައިނަށް ޝަކުވާ ހުށަހެޅުއްވި ލިސްޓުގައި ހިމެނެނީ ކޮމިޝަނުން އެކުލަވައިލި ލިސްޓުން އުނިކުރަން ޖެހޭ ބައެއް ކަމަށް ކޮމިޝަނާ ހަވާލާދީ ވިދާޅުވި އެވެ.
"ބައެއް ނަންތައް، ބޭނުންވާ ހުރިހާ ހެކި ދީފައި ހުރި އިރު ވެސް ލިސްޓުގައި އޮތީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރިން. ވިދާޅުވީ، ތިޔަ ފަރާތްތަކަކީ ހަގީތުގައި ނަން އުނިކުރަން ޖެހޭ ފަރާތްތަަކެއް ކަމަށް. އެހެން ނަމަވެސް ތިމަންނާ އެކަނި އިނދެ އުނިނުކުރެވޭނެ ކަމަށާއި ސަރުކާރުގެ އެތައް އިދާރާއެއްގެ ބޭފުޅުން ކޮމިޝަނުގައި ހިމެނޭ ކަމަށާއި އެ ހުރިހާ ބޭފުޅުން އެއްތަނަކަށް އެއްގަޑިއަކަށް ގެންނަން ދަތިފުޅުވާ ކަމަށް،" އެސެޓް ކޮމިޝަނަށް ގުޅުއްވުމުން ލިބުނު ޖަވާބު މަޖިލީހާ ހިއްސާ ކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
ކޮމިޝަނާ ހަވާލާދީ ހުސައިން ވިދާޅުވިގޮތުގައި، އުނިކުރަން ޖެހޭ ނަންތައް އުނުނިނުކުރެވި އޮތީ ކޯރަމް ހަމަވާ ބައްދަލުވުމެއް ނުބޭއްވިގެންނެވެ.
އޭނާ މިހެން ވިދާޅުވިޔަސް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ދިން ލިސްޓާ ބެހޭ ގޮތުން ޖޮއިންޓް ކޮމިޓީން ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ވެސް ކުރި އެވެ. އޭރުގައި ވެސް ކޮމިޝަނުން އެފަދަ ވާހަކައެއް ދެއްކި ކަމަކަށް ކޮމިޓީ ރިޕޯޓަކު ނެތެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ކުރިން އެ މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ލިސްޓް ހޯއްދަވަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވީ، މަޖިލީހަށް ލިބުނު ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ނަތީޖާ ކަަމަށެވެ. އެއީ އެ ލިސްޓާ ބެހޭ ގޮތުން ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކޮށްގެން މަޝްވަރާ ކުރުމަށް ފަހު، އާއްމު ކޮށްފައިވާ ލިސްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އެ ލިސްޓްގެ ވާހަކަ ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ގޮތްގޮތަށް އެބަ ދައްކަވާ އެކި ތަންތަނުގައި. އެހެން ނަމަވެސް އެ ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ ބޭފުޅުން އެންޓިކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ އެކުގައި ތައްޔާރު ކޮށްފައި އޮތް ލިސްޓް،" ހަސަން ވިދާޅުވި އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން ޖޮއިންޓް ކޮމިޓީން ވަނީ އެ ލިސްޓް އާއްމުކޮށްފަ އެވެ. އެ ލިސްޓްގައި ހިމެނޭ ނަންތަކުގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހިމެނެ އެވެ. އެމްޑީޕީގެ އެެހެން ބައެއް ބޭފުޅުންގެ ނަންތައް ވެސް ލިސްޓުގައި އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާނީ މާ
19 May 2021
ކަލޭމެން އިންޑިޔައިން ދިން ލާރިގަނޑުގަ ވެރިކަމައް އަރާފަ ތިކަހަލަ ކޮސް ތިގޮވަނީ
ބޮޑުމީހާ
19 May 2021
އިބޫ ސޯލިހުގެ ގާބިލުކަން ތިހިރަ ފެންނަނީ ބޮޑު ރިޔާސީ ކޮމިޝަނެއް ހަދާފަ ތަހުގީގުކުރާށޭ ބުނީމަ ވާނުވާނޭގޭ ލިސްޓެއް އަދި ހެދުނީ. އިބޫ ސޯލިހުވެސް ވާނުވާ ބަލަނީކީ ނޫން. ގާތް މީހުންނަށް ބޮޑު މުސާރަދޭ ކޮމިޝަން
ޑޮކްޓާރ. ބަނާނާ
19 May 2021
ވާހަކަނުދައްކާ އިއްޒައްތެރި މެމްބަރު މިހާރު ތިޔާ ތިތިބީ ފަސްބާއި ނަޖިސްވެފަ !
އަލިބެ
19 May 2021
މި ހާރުވެސް އެވަނީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއްމީހުން އުނިކޮށްފަ، އިކްލާސްތެރިކަމެއް ނެތް
ޗޯރުޕަކަޅާ ގަޔާ
19 May 2021
ހަގީގީ ވަގުންނަކީ ކޮބައި ކަން މިހާރު ވަރަށް ރަގަޅަށް ސާފުވެއްޖެ ހުވަފެނުގައިވެސް ތިބައި މީހުނަކަށް ކަރުދާހުގައި ހެއުފާގައެއް އުމުރުގައިވެސް ނުލާނަން
ސަރުދާރު
19 May 2021
އެމްޑީޕީ މެންބަރުންގެ ނަން އުނިކުރާ ވާހަކަ ދެއްތޯ؟
އެދުރުކަލޭގެފާނު
19 May 2021
ތިޔަ ލިސްޓްގައި ނަން އޮތީ ވައްކަމުގައި ހޭކުނީމައެވެ. ތިޔަ ލިސްޓުން ނަން އުނިކުރުމަކުން މަނިކުފާނުކީ ނަޒާހާތެރި ބޭފޫޅަކަށް ނުވާނެއެވެ. މިއީ އަސްލުގައިވެސް ކުޅަނދު މަދު މީހަކީތޯއެވެ. މިލިސްޓުން ނަން އުނިކުރުމަކުން އަދީބު އަތުން މަންފާ ނުވާމީހަކަށް ވާނެ ގޮތެއް ނޯންނާނެއެވެ.
ވަގު
19 May 2021
ދިވެހިންނަކީ ޖޯކެއް. ހައިރާނެއްނުވޭ. ތިކަން ބެލޭނީ ދުނިޔެ ނިމިގެން
އެޗް އެމް
19 May 2021
ކުށެއްކޮށްފަވާ މީހަކުވާނަމަ އުސޫލާއެއްގޮތަށް ތަހުގާގުކޮށް ނިޔާކަޑައަޅަން ފޮނުވާ. ތިމާ އަވަހަށް މީހުން ހަވަރަށް ތިދެނީ. ލިސްޓެއް ހަދާފަ ރައީސަށް ފޮނުވާފަ، މަޖިލީހަށް ފޮނުވާފަ، މީޑިއާއަށްދިނީމަ އެމީހަކު ކުށްވެރިވަނީބާ؟
ބައިރޯ
19 May 2021
ބޮޑު ޖޯކަކަށްވެއްޖެ ބަލަ ކުއްވެރި ނުވާ ބަޔަކު ލިސްޓް އެންމެ ފުރަތަމައިނނުންވެސް އޮވެގެން ނުވާނެ