އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު--
19 މެއި 2021 - 13:29
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި އާ ކައުންސިލަރުންގެ އިއްތިފާގުން އިއްޔެ ނިންމައިފި އެވެ.
މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން ބައެއް ހިއްކައިގެން އޭރު އިންޑަސްޓްރިއަލް ވިލެޖު ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތައް އެ ތަނަށް ބަދަލުކުރުމެވެ. އެކަމުގައި ޔާމީންގެ ސަރުކާރުގައި އެންމެ އިސްކޮށް ހުންނެވީ މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވި މާލޭގެ އާ މޭޔަރު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ނަމަވެސް ނޮވެމްބަރު 2018 ގައި ޔާމީންގެ ވެރިކަން ބަދަލުވުމަށް ފަހު، އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތައް ބަދަލުކުރުން އޮތީ ހުއްޓިފަ އެވެ. މި ސަރުކާރުން އެކަމަށް މާ ބޮޑު ކަމެއް ނުކުރެ އެވެ.
އެކަމަކު، ޔާމީންގެ ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ލިބި، އާ ކައުންސިލްގެ މަސައްކަތްތައް އާދިއްތަ ދުވަހު ފެށުމާއެކު ފުރަތަމަ ނިންމި އެއް ނިންމުމަކީ މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް އަދި ގުދަންތައް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ބަދަލުކުރުމެވެ.
ސިިޓީ ކައުންސިލްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، މާލެތެރޭގައި ގުދަންތައް ހުންނައިރު އެ ތަންތަނަށް އެއްޗެހި ބޭލުމަށް މަޑުކޮށްލާ ކޮންމެ ފަހަރަކު މާލޭގެ މަގުތަކަށް ބާރުބޮޑުވާ ކަމަށެވެ.
އެހެންވެ، އެކަން ހައްލުވާން އޮތީ އިންޑަސްޓްރިއަލް ވިލެޖަށް އެ ތަންތަން ބަދަލުކޮށްގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
"އެއީ މާލޭ ސިޓީއަކީ ހިތްފަސޭހަ، ޗާލު މާލެއަކަށް ހެދުމަށްޓަކައި ރައްޔިތުންނަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއް،" އިންޑަސްޓްރިއަލް ވިލެޖުގެ އެއް މޭސްތިރިޔާ ވިދާޅުވި އެވެ.
ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދޭނީ ދިރިއުޅޭ ތަނެއްގައި ހުންނަން ނުޖެހޭ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށްގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ އުނދަގޫ މައްސަލައެއް ނޫން. މީގެ ހައްލު މިއޮތީ ފެންނަން،" މާލޭގެ މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މާލޭގައި ހުރި އެފަދަ ތަންތަނުގެ ތަފްސީލު ހޯދުމަށް ސާވޭއެއް ކުރިއަށް ގެންދާނެ އެވެ.
އިންޑަސްޓްރިއަލް ވިލެޖްގެ ޕްލޭން ހަދައި، ކަމާއި ބެހޭ ވުޒާރާ އަށް ހުށަހަޅައިގެން އެ ތަން ތަރައްގީކުރާނެ ބަޔަކު ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، މާލޭގައި ގަރާޖު/ވޯކްޝޮޕްތައް މިހާރު ހިންގާ މީހުންގެ އިތުރުން އެ ދާއިރާ އަށް އަލަށް ވަންނަ މީހުންނަށް ވެސް އިންޑަސްޓްރިއަލް ވިލެޖުން ފުރުސަތު ދޭނެ ކަމށެވެ.
ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އިންޑަސްޓްރިއަލް ވިލެޖު އޮތީ ވީރާނާވާން ދޫކޮށްލައިފަ އެވެ. އެތަނުގަައި ހެވީ ވެހިކަލް ޕާކުކުރާނެ ޒޯނެއް ތަރައްގީކުރާ ވާހަކަ މި ސަރުކާރުން ދެއްކިޔަސް އަމަލީ ގޮތުން ކަމެއް ނުކުރެ އެވެ. މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެތަނުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެންމެ އެކަށީގެން ނުވާ ކަމަށެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި މިހާރު ހުރީ ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ހަލާކުވެފައިވާ އުޅަނދުތަކެވެ. އަދި ފަހުން ވަނީ ދެ ޕެޓްރޯލް ޝެޑެއް ވެސް ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝފާ.
25 May 2021
ދުނިޔޭގެ އެއްވެސް ތަނެއްގައި މީހުން ދިރިއުޅޭ އާބާދީގެ މެދުތެރޭގައި އިންޑަސްޓުރިއަޅް ޑަސްޓު އުފެދި މީހުންގެ ސިއްހަތަށް ގެއްލުން ލިބިދާނެ ފަދަ ގޮތަށް މަސައްކަތް ކުރަން ހުއްދަދީފައި ހުންނަ ތަނެއް ނުފެނޭ. އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތި ވިއްކާ ފިހާތަތައް މީހުން ދިރިއުޅޭ ހިށަބުތަކުގައި ހުރޭ.
ބިއްލޫރި
25 May 2021
މާލޭގެ މަގުތަކުގައި ބިއްލޫރި ގުދަންތައް ހަދައިގެން މަގުމަތިން ދާ މީހުނަށް ނޭވާލާން އުނދަގޫވަރަށް ބިއްލޫރި ކުނޑި ޖައްވުގެތެރޭގައި ދުންއަރުވާފައި ބިއްލޫރި ގާނާ ވަގުތުވެސް އާދެއެވެ. ހެޔޮވާނީ ކިހިނަކުންތޯއެވެ. އެއަށް ނޭވާލާ މީހަކު ގެ ސިއްހަތު ގޮސް ނިމޭނީ ކެންސަރު ނޫން ކޮން އެއްޗަކަށް ތޯއެވެ. އެތައްދުވަހަކު އެކަހަލަ ވަގުތު ތަކުގައި ސިޓީކައުންސިލަށް ގުޅާފައި ޝަކުވާ ކުރިއަސް އަޅާވެސް ނުލައެވެ. ހުއްދަ ދީގެން އެކަންޗެސް ކުރުވަނީ އެވެ.
މޭޑް ޑގ ޕާޓީ (އެމް ޑީ ޕީ)
20 May 2021
ވޯކްޝޮޕްތަކާ، ކާޕެންޓަރީ، މުދާރައްކާ ކުރާ ގުދަންތަކަކީ، ނުބައިވަސްދުވާ ކުނި އުފެދޭތަންތަނެއްނޫން!
ހިޔާ
20 May 2021
މާލެ ގޭގޭގަ ހުޅުވާފަ ހުރި ފިހާރަތައްވެސް ބަންދުކުރޭ. ސެންތްރަލައިޒް ރީޓެއިލް މޯލް ތަކެއް ގާއިމްކުރޭ. އިންޖީނުލީ އެއްޗެހި ދުއްވާމަގުތަށް މަދުކުރޭ. ހަނި މަގުތަކުގާ ޕާކުކުރުން މަނާކުރޭ.
އެދުރުކަލޭގެފާނު
19 May 2021
ޔާމީނުގެ ވިސްނުމާއި އެއްގޮތަށް އަޅާނަމަ ތިޔަ ކަހަލަ 10 ވަރަކަށް ތަންއެޅޭވަރަށް ދައުލަތުން ފައިސާގެއަށް އުފުއްލާން ލިބޭނެއެވެ. ކޮންމެ އަކަސް އޭރުގެވެސް މަޖިލީހުގައި ތިބި މެމްބަރުންނަށް ދޫނުކުރާވަރު މެމްބަރުން މަޖިލީހުގައި އެބަތިއްބެވެ. އަދުރޭގެެ ބަދަލުގައި ހަސަންޓޭ، ގަމު ދާއިރާ މެމްބަރު މިހެން ކިޔާނެ ކަމެއްނެތެވެ. މުއިއްޒުއާއި އަތާއި އަތް ގުޅުއްވައިގެން އުޅޭނެއެވެ. މުއިއްޒު ތިޔައީވެސް ހަމަ ކަމަށް ފަރިތަ ބޭފުޅެއްވީއްޔާ!
ފައްސިމޭން
19 May 2021
ކޮންމެހެން ޔާމީނު އަންނި މައުމޫނޭ ކިޔާނެ ކަމެއްނެތް. ރަނގަޅު ޕްލޭނެއްވިއްޔާ ހަމަ ކުރިޔަށް ދާންވީ. އެކަން ވިހަކުރަން ތިޔަހެން ޕޮލިޓިސައިޒް ނުކުރުން މުހިންމީ.
އެކީއްވެ
20 May 2021
މިހާރު އޮތް ސަރުކާރުގެ ޑިގުވެއްޓޭނެތީތަ؟
ނަމަނަމަ
19 May 2021
ކަޑަ
ކުޜީފަހަރު
19 May 2021
ނަމަ ނަމަ ޖުމްހޫރީ މައިދާނުގަ އެއުޅޭ ކޮތަރުތައް އެތަނުން ނުގެން ދާތި.
ނޫރާނީ މާ
19 May 2021
ރައިސް ޔާމިންގެ ތަރައްގީ ފެނިފަ އެމްޑީޕީ ސަޕޯޓަރުން ނަޝީދު ދެކެ ފޫހިވީ.
ނަސީ
19 May 2021
މާގިނަ ވާހަކަ ބޭނުންނެތީ އަމަލު ބޭނުންވަނީ