އިޓާލިިއަން ކްޕަ ކާމިޔާބު ކުރުމަށް ފަހު ޔުވެންޓަސްއިން އުފާފާޅު ކުރަނީ
20 މެއި 2021 - 09:34
ރޯމް (20 މެއި) - އެޓަލާންޓާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި އެވެ.
މެޗުގައި ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ފެޑްރީކޯ ކިއޭޒާ އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްއިން ލީޑް ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑެއާން ކްލެސެވްސްކީ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރި މެޗުގެ 31 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ރުސްލާން މެލިނޮވްސްކީ ވަނީ އެޓަލާންޓާ އަށް ނަތީޖާ ހަމަހަމ ކޮށްދީފަ އެވެ.
މެޗުގެ 73 ވަނަ މިނެޓްގައި ކިއޭޒާ ލަނޑު ޖެހީ ކްލެސެވްސްކީ ދިން ފުރުސަތަކުންނެވެ. މެޗުގެ 88 ވަނަ މިނެޓްގައި އެޓަލާންޓާގެ ރަފޭލް ޓޮލޯއީއަށް ވަނީ ރަތްކާޑު ދައްކަިއ ދަނޑުން ފޮނުވާލައިފަ އެވެ.
މިއީ ޔުވެންޓަސްގެ ކޯޗް، އަންޑްރެއާ ޕިރްލޯ ކޯޗެއްގެ ގޮތުގައި ހޯދި ދެ ވަނަ ތައްޓެވެ. އަދި މިއީ މުޅި ސީޒަނަށް ބެހިގެންދާ ގޮތަށް ކުޅޭ މުބާރާތެއް ކޯޗެއްގެ ގޮތުގައި އެނާ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އޭނާ މީގެ ކުރިން ވަނީ އިޓަލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްދީފަ އެވެ.
ޔުވެންޓަސްގެ މި ކާމިޔާބު އެންމެ ހާއްސަވި ކުޅުންތެރިޔަކީ މި ސީޒަނަށް ފަހު ކްލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފައިވާ، ލެޖެންޑްރީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޯން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
20 May 2021
ކޮބާ ފެނޭތަ؟ ފެނޭ ދޯ؟ މަރުހަބާ ޔުވޭ ، މަރުހަބާ ޕިރްލޯ.ޕިރްލޯގެ އުފަންދުވަހު ތިޔަ ލިބުނީ ވަރަށް ރަނގަޅު ހަދިޔާއެއް.ދެން އޮތީ ޔޫސީއެލްގެ ޖާގައެއް ހޯދަން މަސައްކަތްކުރުން.އިރާދަކުރެއްވިޔާ އެކަން ވެސް ކުރެވޭނެ.އިންޝާﷲ. ވ.ވެދުން #ފޯޒާޔުވޭ #ފޯޒާޔުވޭ