ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ-- ފައިލް ފޮޓޯ: މިހާރު
20 މެއި 2021 - 11:07
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު، މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުން ދާތީ އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ އީސަ ވަކިކުރަން މަސައްކަތްކުރަނީ އެ ކޮމިޓީގެ މެންބަރުން ކަމަށެވެ.
ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލާފައި ވެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.
އޭނާގެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ "މިހާރު" އަށް އިއްޔެ ވިދާޅުވީ އޭނާގެ އެފަދަ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތުމުން ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
ނަމަވެސް އޭނާގެ އަވަށްޓެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އިސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފަ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް ބުންޏެވެ.
އީސަ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް އާ އެވެ. އޭނާ ވަނީ އިއްޔެ އެ މައްސަލައިގައި ފުލުހުންނަށް ބަޔާން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
20 May 2021
މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސްކެވިފަ.ގަންމަނަ ބުދާ.
ރޮޖަރ
20 May 2021
ހާދަ އިރެއް ތިނަގަނީ ތިކަމުގައި އަވަސް ކުރެވޭ ދައްކާ ވާހަކައާއި އަމަލާއި ބަހާ ދިވާވޭތޯ މިފަހަރު ބަލަން ތިބޭނަން
ޓެތެތެެރެރް
20 May 2021
އީސަ މީ ހާދަ ދޮގުވެސް ހަދާމީހެކޭދޯ. ތިމަންނަ ނުދެނަހުރީމޯ.
ހައްޤުބަސް
20 May 2021
ކުރީގެ ސަރުކާރުނަމަ މިވާހަކަ މިގޮތަށް ނުވެސް ދެއްކޭނެ. އީސަގެ ވާހަކަ ކުއްލިއަކަށްގެއްލި، ދެންފެންނާނީ މެޑަމް އޮފީހުގައި ޗޮކޮލެޓް ބަންދުކުރަން އިންދާ. ނަމަވެސް މިހާރު މިފަދަ ވާހަކަތައް ދެކެވި އަދި ޕްރެޝާދީގެންވެސް ފިޔަވަޅުއެޅުމަކީ ކުރިއެރުމެއް.
މިވަރެއްނެތް
20 May 2021
މިއަދު މެންބަރަކަށްވިއަސް އަދި ނަމުގެ ކުރިއަށް "އިއްޒަތްތެރި" ލިޔަސް ހަގީގަތްވާނީ ހަގީގަތަށްދޯ؟ އީސައަކީ ރިސޯޓެއްގެ ވެއިޓަރަކަށް އުޅުނުމީހެއްދޯ؟ އޭނަ މެންބަރުކަން ކީއްކުރަން ގައުމުގެ ރައީސުކަން ދިނަސް އެތެރެހަށީގައި ހުންނާނީ ވެއިޓަރެއްގެ ހުނަރާއި ފެންވަރުދޯ؟ އެފެންވަރުގެ މީހުންނާ ނުބައްދަލު މަގާމެއްގެ އީސަ މިއަދު އެއުޅެނީދޯ؟ މިއަކީ ކޮންމެހެން ވެއިޓަރުންނަށް ބުރަބަސް ބުނާކަށް ބުނިއެއްޗެއްނޫން.
ފޮނިޓައްޕު ހަސަނު
20 May 2021
އީސަ ތީ ހާދަ ޑީ ގްރޭޑް މީހެކޭ.
އެމްސް
20 May 2021
އަބުރުވެރި މަޖިލިހަކާއި އަބުރުވެރި ފަނޑިޔާރު ގެއަކާއި ނުލާ އަބުރުވެރި ވެރިންނެއް ނު އުފެދޭނެ!
ޗަކަނޮރިސް
20 May 2021
ގަދަ.. ތިހެން ވެއްޖިއްޔާ ހޯރަފުށީ މެމްބަރު ސައްލޭވެސް ޖެހޭނެ ދޯ ވަކިކުރަން. އޭނަ އެހެރީ މެމްބަރުކަމުގެ ހުވާކުރުމަށްފަހު އޭނަގެ މަސްލަހަތު ހިމެނޭ މަޝްރޫއަކަށް އީއައިއޭ ހަދައި އޭގައި ސޮއިކޮށް (ހޯރަފުށްޓަށް އެއަރޕޯޓް ބަދަލު ކުރުމަކީ ސައްލޭގެ ކެމްޕެއިންގެ މައި ވައުދު) އެ ނިންމުމުގެ (ހޯރަފުށީ ފުއްޓަރުގައި އެއަރޕޯޓް ހެދުމުގެ) ސަބަބުން ދައުލަތަށާއި ހޯރަފުއްޓަށް ބޮޑެތިގެއްލުންވެ ތިމާވެއްޓަށް އިޔާދަ ނުކުރެވޭވަރުގެ ގެންލުންވެފަ. ހަމަ ބުނެލީ
އ
20 May 2021
ތިކަމުގައި އީސަ އެބަޖެހޭ އަގު ދައްކަން. އެހެން ރައްޔަތު މީހާވެސް ތި ބާވަތުގެ އަމަލުތަކުގައި ސަލާމަތްވަނީ އަގުދައްކައިގެން. ދެން ރައްޔިތޭ ހައްގޭ ވަހުދަތޭ ނުކިޔާ ނުފެންނަ ހިސާބައް ދުރައްދޭ.
ހަސަންބެ11
20 May 2021
ދަރި ބެލްކަނީ ވައްޓާލީކީވެސް ނޫން. އަންހެނުން މަރައެއްވެސް ނުލާ. އިދިކޮޅު މީހުން އެމްޑީޕީ ބައިބައި ކުރަން ކުރާ މަސައްކަތެއް. މިސަފު ތިހެން ބައިބައި ކޮށެއް ނުލެވޭނެ. އަހަރުމެން މިތިބީ އީސަ، ހަސަން ލަތީފު، އާޒިމް، އީވާ ފިރިމީހާ، ޝިފާގުގެ ދިފާއުގަ. އިދިކޮޅު މީހުން ކަޑަވާނެ. ސްޕްރީމް ކޯޓްވެސް އޮތީ އަހަރުމެން ފަޅީގަ.
އެމްސް
20 May 2021
ޢަދުލުވެރިވޭ!