އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ހަތިޔާރު ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުން
ނަޝީދަށް ދިން ހަމަލާ އަށް ފަހު ސިފައިން މާލޭގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
20 މެއި 2021 - 12:24
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު، އެތަނުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
މި ހަތިޔާރު ފެނުނު އިރު ސިފައިން ދިޔައީ އެ ހޮސްޕިޓަލުގައި ހަތިޔާރާއެކު ނަޝީދުގެ ސަލާމަތީ ކަންކަން ބަަލަހައްޓަމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލަ އެކެވެ. އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ހަތިޔާރު ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ.
ނަޝީދަށް ދިން ހަމަލައަށް ފަހު އެމްއެންޑީއެފުން ބޭއްވި މީޑިއާ ބްރީފިންގައި ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ނަޝީދުގެ ސެކިއުރިޓީން ހަރަކާތްތެރިވާނީ ހަނގުރާމަވެރި ހަތިިޔާރާއެކު ކަމަށެވެ.
މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވެސް ވަނީ ސީދާ ޖަވާބެއް ނުދީ، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވެސް މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖެނުއަރީ 2014 ގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހުންނެވި ޝަންގްރިއްލާ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން ވެސް ފިސްތޯލައެއް ފެނިފައި ވެ އެވެ. އެއީ ޔާމީންގެ ބޮޑީގާޑެއްގެ އަތުން އޭރު ގެއްލުނު ފިސްތޯލައެއް ކަމަށް ވެ އެވެ. ޝަންގްރިއްލާގެ މުވައްޒަފުންނަށް އެ ފިސްތޯލަ ފެނުމުން ޔާމީންގެ ސެކިއުރިޓީންނާ އެ ހަވާލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮޖިކަލް
21 May 2021
އޭޑީކޭ ނަޟީދު ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ..ސަބަބަކީ އޭނަގެ އިމާރަތަކުން ފެނުނީމަ..ކާނަލް ނާޒިމްގެ ގެއިން ފެނުން ޕިސްޓަލް ހިފައިގެން އޭނަ އިނީ ގޮޅިއައް ލާފަ...
ހުސްނުހީނާ
20 May 2021
މިކަން ވަރަށް ރަނގަޅަށް ބަލަންވާނެ. ވެދާނެ ރޭވިގެން އެހެން މީހަކަށް ދޭންވެގެން ބޭއްވީ ކަމަށްވެސް. އެމީހާއަށްވުރެ ކުރިން އޭ.ޑީ.ކޭ މުއަށްޒަފަކަށް ވަދެވި ތި އެތި ފެނިގެން ރިޕޯޓު ކުރީމާ ރޭވާފައިވާ ކުރިޔަށް ނުގެންދެވި ޕްލޭން ފެއިލްވީކަމަށް.
އަންދާދައުލާ
20 May 2021
މާރިޔާއަށް ފިޔަވަޅު ނޭޅޭއިރު ސިފައިންގެ މީހާއަށް އަދަބު ދީގެން ނުވާނެ ކަންނޭނގެ. ޢަނެއްކާ އަދިރި ދައުލަތުންބާ؟
އެދުރުކަލޭގެފާނު
20 May 2021
މަރިޔާ ތިޔަތަނުގައި ހުންނަނަމަ މިއަންނަ ކެމްޕޭނަށް އެމްޑީޕީން ކައްކާ ބޮނޑިބަތް ތެލީގެ ދޭފަތަކަށް އޮންނާނީ އެކޭ47 ގެ ރައިފަލެއް ކަމަށްވެސް ވެދާނެއެވެ. މިއީ ސިފައިންގެ ކަންތައް މިހާވަރަށް ދިޔަ ދެވަނަފަހަރެވެ. ރައީސް ޔާމީނުގެ ދުވަސްވަރު އަދީބު އިސްވެހުރެ ގަސްތުގައި ސިފައިންގެ ތެރެއަށް ސިޔާސީ ކުޅިވާރާއި ކޮރަޕްޝަން ވެއްދީއެެވ. ނަމަވެސް މިއީ މިހާރު ވާނުވާގައި އަސްކަރީ ތަންދޮރު ނުފިލާ މިނިސްޓަރެއްގެ އިހްމާލުން ވާހައި ކަންތަކެވެ.
ޖާބެ
20 May 2021
އޮޕް ސެކިޔޯރިޓީއެއް ނެތެއްނު ، ތަމްރިން ދޭމީބުންގެ މައްސަލަ ، ނާގާބިލް ސަރުލާރު
ގުއްބުއްދީން ޙިކްމަތްޔާރް
20 May 2021
ބޮޑީގާޑުންނަކީވެސް އިންސާނުން. އިންސާނުންނަކީ ހަނދާންނެތޭބައެއް. އަބަދު ހަނދާންކޮށްދޭންޖެހޭ ބައެއް. އަނެއްކާ އެގަޑީގާ ހުންނަނީ ބޯވެސްގޮވާފާ. އެހެންވީމާ މިފަދަ ބޮޑުކަމެއްވެސް އަތުންދޫވުމަކީ ހަމަ ވެދާނެކަމެއް. ކުރިއަށް އޮތްތަނުގާ ނުވޭތޯ ބަލާންވީ.
ވެލިފުއް
20 May 2021
އިންސާނުންވީމަ ހަނދާންނެތި ފޯނާއި ބޮކްސާ ބާއްވާފަ ނުދެވުނީ ހަމަކިރިޔާ??
ސަނޫން
20 May 2021
ބަޑި ގުދަނެއް ނުފެނޭތަ ފާޚާނާ ހޮޅިތެރެއިން.
އައްޔަ
20 May 2021
ޤާބިލުކަމަށް ބެލުމެއްނެތި މަޤާމުތައް ބަހަންޏާ މިކަހަލަ ކަން ކަން ވެސް ވާނެ.
ރަމީޒްބެ
20 May 2021
މިވަރު ބަޔަކު މިއުޅެނީ ބޮޑީ ގާޑުން ނައް.....ބޯ ހަލާކު
ބޮޑު ދުފާ
20 May 2021
ބުރިގޭޑިއަރ ވިދާޅު ވިފަދައިން އޭޑީކޭ އިން ފަރުދީ ޒިންމާ ނަގައި ފިއެވެ.