މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހަދަނީ.--
22 މެއި 2021 - 11:02
މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
މި މަސައްކަތް ފައްޓަވައި ދެއްވީ މާލޭގެ އާ މޭޔަރު ޑރ.މުހައްމަދު މުއިއްޒެވެ.
މި ޕާކިން ޒޯން ހަދަނީ ބޮޑުގޭގެ އުތުރު ފަރާތުގައި ހުރި ފާރު ތަޅައިލުމަށް ފަހު އެވެ. އުތުރު ފަރާތުން ވަގުތީ މިސްކިތަށް ވަދެވޭނެ މަގެއް ހެދުމަށް ފަހު، ދެ ފަރާތުގައި ވެހިކަލް ޕާކު ކުރެވޭނެ ގޮތަށް ބިންގަނޑު ލެވެލްކޮށް، ގާ އަތުރަން ވަނީ ނިންމައިފަ އެވެ.
"މި ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މި ފެށީ މި ސަރަހައްދުގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. މަސައްކަތް ނިމުނީމާ އޭގެ ފަސޭހަކަން ލިބޭނެ،" އާ ޕާކިން ޒޯނުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަން ފާހަގަކުރައްވަމުން، މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
"މި ތަނުގައި ހުރި އެއްވެސް ގަހެއް ނުކަނޑާނެ."
މުއިއްޒު ވިދާޅުވިގޮތުގައި، މާލޭގައި މި ގޮތަށް ހުރި އިތުރު ބައެއް ތަންތަން ވެސް ހުޅުވާލައި، އެ ތަންތަނުގެ ބޭނުން އާންމުންނަށް ކޮންމެވެސް ގޮތަކުން ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އާ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ އެވެ. ޕާކިން ޒޯންތަކުގެ އިތުރުން ހިތްފަސޭހަކޮށްލަން ގޮސް ތިބޭނެ ތަންތަން ވެސް ހަދާނެ އެވެ.
މާލޭ ސިޓީ ކައުންސިލަށް އިންތިހާބުކުރި އާ މެމްބަރުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވުމަށް ފަހު، ކަންކަން ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިވަގުތަށް އިސްކަންދޭންޖެހޭ ކަންކަން ތަރުތީބު ކޮށްގެން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ރަނގަޅު ކުރަންޖެހޭ ދިމަދިމާ ބަލައި، އެކަމުގައި އުޅޭ މީހުންނާ ވެސް މޭޔަރު މުއިއްޒު އިސްވެ ހުންނަވައިގެން ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ފަހަރު މާލޭ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު ޕީޕީއެމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރު
22 May 2021
މި މަގު އެއްކޮޅުން އަނެއް ކޮޅަށް ހަދަންވީނުންތޯ މިހާރު އެމަގު ހަދާއިރު؟ މި މަގުގައި ދުއްވުމެކޭ ގަދަ ކަނޑެއްގައި ދުއްވުމެކޭ އެއްގޮތް ނިކަން ވީބީ ކައިރި ބައްލަވާ
އޮނަރަބްލް އަފީފު ދީދީ
22 May 2021
މިގޮތަށް ޕާކިންގ ޒޯނު ހަދާފައި ދޫކޮށްލިޔަސް ކަމަކު ނުދާނެ. މިފަދަ ޒޯނު ތަކަށް ބޭނުމެއްނެތި މީހުން ވަދެ ނިކުމެ އުޅުންވެސް ހުއްޓުވާންޖެހޭ. # ވަރަށް ގިނަފަހަރު މިފަދަ ޕާކިންގ ޒޯނު ތަކުގައި ސައިކަލް ބަހައްޓާފަ އިރުކޮޅަކުން އަންނަ އިރު "ބިދޭސީ ބޭފުޅަކު އޭނާގެ އަމިއްލަ ސައިކަލް ކަމަށް ހީކޮށް" މަކުނެއް އަރާ އިންނަހެން ސައިކަލްގެ މައްޗަށް އަރާފައި އިދޭ.
ބޮޑުމީހާ
22 May 2021
އިބޫ ސޯލިހާއި އޭނަގެ ވަޒީރުންނަށް މިހާރު ގަބޫލުކުރެވެންޖެހޭނެ ކޮވިޑް ބަހަނާ ދައްކައިގެން ކަމެއް ނުކޮށް ތިބުމުގެ ހިތި ނަތީޖާ އަދި ފެންނާނެކަން
ބަސީރު
22 May 2021
ޙަނދުވަރީހިގުން މަޖީދީމަގަށް ނުކުންނަ ހިސާބުގަ އަބަދު ޓްރެފިކް ތޮށްޖެހިފަ. ޢެހިސާބުގަ ކާރު/ސައިކަލް ޕާރކުނުކުރެޥޭ ގޮތަށް ހަދައިދިނުމާށް އެ ހިސާބު މީހުން ކުރީގެ ސިޓީ ކައުންސިލްގަ ވަރަށް ގިނަފަހަރު ވަނީ އެދިފަ.
މުބާރިކް
22 May 2021
ތިހެން އެތަށްމަގެއް އެބައޮތް، ހުރިހާ މަގެއްގައި ޕާކު ނުކުރެވޭ ގޮތަށް ހަދަންވީ ޕާކިންގ ބިލްޑިންގ އަޅާފަ
ސަރުދާރު
22 May 2021
އެމަގަށްވުރެ މާ އައުލާކަން ބޮޑު ބީޖީ މަގުގައި ޕާކު ނުކުރެވޭ ގޮތްހަދަން، ތިމަގުގައި ތި ޓުރެފިކް ޖޭހެނެ ކުލިކު މީހުންގެ ގުދަން ހުންނަހާ ދުވަހަކު ޕާކު ނުކުރެވޭގޮތަށް ހެދިޔަސް
އަލީ
22 May 2021
މަރުހަބާ ޑރ މުއިއްޒު
އަހުމަދުބޭ
22 May 2021
މުއިއްޒުއެވެ، ފަހަތަށް ބެލުމެއްނެތި ކުރިއަށް ބާރަށް ދާށެވެ، ގަބިލް ކަމަކީ ފޮތުން އެކަނި އުނގެނޭ އުގެނުމެއްނޫނެވެ. އަމަލީ ތަޖުރިބާ އަކީ މިފަދަ މަގާމުތަކަށް ކުރިމަތިލައި މީހުންގެ ހުންނަން ޖެހޭކަމެކެވެ. ދެން ބޭނުންވަނީ އިޚްލާސްތެރި ކަމެވެ. 3 އަހަރު ވެގެންދާއިރު މިއަދުގެ ސަރުކާރުގެ މިނިސްޓުރީތަކުގައި ތިބި މިނިސްޓަރުންގެ އިޚްލާސްތެރި ކަމެއް އަދި އުފެއްދުންތެރިކަމެއް ގަބިލް ކަމެއް އަދިއެއް ނުފެނެއެވެ. މުޅި ސަރުކާރު ފެންނަނީ ދުވެލި ސުލޯކޮށެވެ
ދޮންބެއަލީ
22 May 2021
އެގުމާއި ނޭގުމުގެ ތަފާތު އެބަފެނޭ.. ވަޞީލަތް ތައްހުރެ ބޭނުން ކުރަން ނޭގުމަކީ ކޮންފަދަ ހިތާމައެއްތޯ...އުފާވެރި ޚަބަރެއް
ސާސް
22 May 2021
މި ސަރުކާރު އައިފަހުން ސިޓީ ކައުންސިލް އިން ޕާކުކުރަން ހެދި އެއޮއް ބައިވަރު ތަންތަން އެކަކަށް ވެސް ނުފެނީތީ ވަރަށް ހިތާމަ ކުރަން.
1235
22 May 2021
" މިތަނުގައި ހުރި އެއްވެސް ގަހެއް ނުކަނޑާނެ." ނަސީބެއް.. ރުއްގަސް ކެނޑު މުގެ މާޒީއެއް އޮތްބޭފުޅަކަށް ހެޔޮވިސްނުން ދެއްވިކަން.
ސަނާދާ
22 May 2021
ނިކަން ޕާކިންގ ބިލްޑިންގ އެއް އަޅާދީބަލަ މޭޔަރޫ
ސަޖޯ
22 May 2021
ޝިފާ ކިޔާމީހަކުވެސް މާލޭގެ މޭޔަރުކަން ކުރިޔޯދޯ. އަޑެއް ބަޑެއް ނީވި ޓާމް ނިންމާލައިފި.
ޓޮއްޓޮއް
22 May 2021
ފާހާނާ ބަރިއެއް ހަދަންވެގެން ކޮރަޕްޝަން ހިންގި އަޑު އިވުނު.