ކޮންސްޓްރަކްޝަން ސަރަހައްދެއްގައި ބަޔަކު މަސައްކަތް ކުރަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
26 މެއި 2021 - 12:19
މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދޫކުރުން މެދުކަނޑާލައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ މިގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.
ކޮންސްޓްރަކްޝަން ކުރުމަށް ހުއްދަ ދިނުން މެދުކަނޑާލި ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ސައިޓެއް ނަމަ، އެތަނަކަށް ހުއްދަ ދޫކުރާނެ އެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހެނދުނު 8:00 ރޭގަނޑު 4:00އަށް އާއްމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު އެހެން ވަގުތުތަކުގައި ކާފިއު ހިންގާނެ އެވެ.
އާއްމުން ބޭރަށް ނުކުތުން މަނާ ވަގުތުގައި ޒަރުރީ ބޭނުންތަކަށް ކޮންމެ ގެއަކަށް ދެ ހުއްދަ ދޫކުރާނެ އެވެ. އަދި ވަޒީފާތަކަށް ދާން ޖެހޭ މީހުންނަށް ވެސް ހާއްސަ ހުއްދަތަކެއް ދޫކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު
27 May 2021
މިއީވެސް ރިހާކުރު ފުޅީގެ އިންސާފައް ހިންގާ ކަމެއް. ތަސްމީނު ގޭގެ މަސައްކަތް އަޑުކިޔާފަ ބާރައް ކުރިޔައް. އިންސާފަކީ ވަކިބައެއްގެ ހައްގެއް