ޚަބަރު / ޓެރަރިޒަމް

ހަރުުކަށި ފިކުރުގެ ބަޔަކު ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު

ސަލާމަތީ ބާރުތަކުން ހަތިޔާރާ އެކު ހަރަކާތްތެރިވަނީ: ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމަށް ފުލުހުން ތުހުމަތު ކުރޭ --- މިހާރު ފޮޓޯ/ނިޝާން އަލީ

ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ތިން މީހުންގެ މައްޗަށްކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިިން ގުޅިގެން ރާއްޖޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލެ އިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ތިން މީހެކެވެ.

އެ ތިން މީހުންގެ ތަހުގީގު އިތުރު 15 ދުވަހުގެ ބަންދެއްގައި ބައިތިއްބައިގެން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުންދާ ކަމަށާއި އެކަމުގައި އެ މީހުންގެ ބައިވެރިވުން އޮތުން ހިމެނެ އެވެ. އެކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ހަމަލާގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި ޖިހާދު ނަމުގައި ހަނގުރާމަ އަށް މީހުން ފޮނުވުމާއި ވަކިިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ދީނީ ހަރުކަށި ފިކުރު ފަތުރާ ކްލާސްތަކެއް ހިންގުން ފަދަ ތުހުމަތުތައް ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.

ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދު މުއްދަތު ކުރިން ވަނީ އިތުރުކޮށްފަ އެވެ.

15 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަސްވެރިޔާ

30 May 2021

ހަރުކަށި ފިކުރު. ޓެރަރިސްޓް ހަމަލާ. މީ ޔަހޫދީން ތައްޔާރުކުރި ސުރުޚީ ޓެމްޕްލޭޓް ތަކެއްބާ. ނޭއްގާނީ އަމަލަށް ޖާގަލިބެނީ މާޔޫސްވެ ގޮތްހުސްވެގެން. މިފަދަ ކަންކަމަށް ވިސްނާ ހައްލު ހޯދަން އުޅޭނަމަހީ ތިފަދަހާދިސާ ނުވެސް ހިގީސް ތޯއްޗެއް. ޕްލީސް.

The name is already taken The name is available. Register?

އަސްލު ދިވެސްސެއް

29 May 2021

އެމެރިކާ ވެސް އަރަބިގައުމުތަކައް އަރައިގަންނައް ދެއްކިބަހަނާއަކީ ހަރުކަށިފިކުރު. އޭގެފަހުން ގައޮމުތަކުން ބޭނުންވާ ކަންތައްތައް ހާސިލުކުރުމައް ބޭނުންކުރަނީ ހަމަ މިޓެކުނިކު. އަވައްޓެރިގައުމުތަކުގެ ނޫސްތަކުންވެސްފެންނަނީ މިރާއްޖޭގައި އިސްލާމްދީނުގެ ހަރުކަށިފިކުރުގެވާހަކަ އަދިއެމީހުންގެ ސަލާމަތައްޓަކައި މިތާގައިއެކަން ހުއޓުވަންޖެހޭވާހަކަ.މީނުރައްކާތެރިރަގަބީލެއްގެ އަޑުހެންހީވަނީ

The name is already taken The name is available. Register?

އިބުރާ

29 May 2021

ހަރުކަށި ފިކުރަކީ "ދީނީ ކަމެއް" ނޫން

The name is already taken The name is available. Register?

އެމެރިކާ

29 May 2021

ހަގީގަތަކީ ރައްޖޭގެ މިނިވަންކަން ގެއްލޭތީ ދިވެހިން ހިންނުތަނަވަސް ވަނީ. މީ ވާގޮތަކީ

The name is already taken The name is available. Register?

އުދުހޭ

29 May 2021

ވަޅިން ހަމަލާދީ ކިތަންމެ ބަޔަކު މެރިޔަސް އެކަން ނުވޭ ޓެރެރިޒަމަކަށް. ކާޅެއް ވިޔަސް ގޮވާއެއްޗެއް ބޭނުންކޮށް މީހަކު މަރުނުވިޔަސް އެއީ ޓެރެރިޒަމް. މިއީ ހަމަޖެހޭ އުސޫލެއްބާ؟

The name is already taken The name is available. Register?

މިގުދާދު

29 May 2021

ނިކަން ގޮސް ބަލާބަލަ ފުރުގާން މިސްކިތް. މިހާރުވެސް އޭގެ ބައިގަނޑެއް ތިބޭނެ އެތާ ސައްލާކުރަން

The name is already taken The name is available. Register?

ށަވިޔަނި

29 May 2021

ތިކަން ދެން ނުހުއްޓުވޭނެ. ޔަހޫދީން ހިންގާ އެއްވެސްކަމެއް ހުއްޓުވުނުތަ؟ ހައިރާންނުވޭ. ހަރުކައްޓާ މަޑުކައްޓާ މިދެމެދުގެ ކައްޓާ ހުރިހާ ކައްޓެއް އުފައްދައި ގަވާއިދުން ހިންގަނީ ޔަހޫދީން. މުސްލިމުން ނިކަމެތިކޮށް ބަލިކުރެވޭނީ މިހެންކަން އެމީހުނަށް އެނގުނީ ކީރިތި ގުރުއާނުން. މުސްލިމުންގެ ބާރަކީ ޝަހާދަތުގެ ދެކަލިމަ ކިޔާ ކޮންމެ މީހަކީ އެއްބައެއްކަމަށް ބަލައިގެންކަން ގުރުއާނުގައި އޮތްވާ މުސްލިމުންނަށް އެ އާޔަތްތައް ނުފެނުނު.

The name is already taken The name is available. Register?

ރޯބަރ

29 May 2021

އޭއި. ހަޅޭފަޅޭ ޖަހައި ނުގަނެ ހިމޭނުން ހުރެ ވިސްނާލަބަލަ.

The name is already taken The name is available. Register?

މަރުމޯލު

29 May 2021

ސަރުކާރު ފެއިލްވީމަ ހަރުކަށި ފިކުރު ޕްރޮމޯޓް ކުރަނީ ދޮތަ....

The name is already taken The name is available. Register?

އަރުތަ

29 May 2021

ކޮން ސަރުކާރެއްބާ ފެއިލް ނުވަނީ، ހަމަ ގައިމުވެސް ސިޔާސީ ޕާޓީތައް އުފެދުނުފަހުން ފެއިލް ނުވާ ސަރުކާރެއް ނުފެނެ، ފަސް އަހަރު ހިފެހެއްޓެނީ ހަމަ މަރަށް ފުރާނަޔަށް، އިތުރު ފުރުސަތެއް ނުދީ، ވެރިކަމުން ދުރުކުރިތަން ފެންނަން އޮތީ، އެހެންވީމަ ހައްތަހާވެސް ފެއިލްވެފަ ހުރި ސަރުކާރު ދެއްތޮ.

The name is already taken The name is available. Register?

1828

29 May 2021

އަހަރެމެން ގިނަ ދިވެހިން ހަރުކަށި ފިކުރާ ދެކޮޅުވާ ފަދައިން އެމްޑީޕީގެ މަޑުކަށި ފިކުރާއިވެސް ދެކޮޅު. އެކަމަކު އެވާހަކަ ދައްކަނީ މަދު ބަޔަކު. މަޑުކަށި ފިކުރާ ދެކޮޅަށް ފުލުހުން އެއްވެސް ކަމެއްކުރާތަނެއް ނުފެނޭ. މިއީ ހިތާމަހުރިކަމެއް.

The name is already taken The name is available. Register?

ޅއިދީ

29 May 2021

ލިސްޓައަ އިތުރުލުކޮއްލާ ޕީންކީސް.. ޢޭރުންލިންޓް ފުރިހަމަ ވާނީ

The name is already taken The name is available. Register?

އަރުތަ

29 May 2021

އެމްޑީޕީއެއް ޕީޕީއެމް އެއް ޖޭޕީއެއް ކިޔާނެކަމެއް ނެތް، ހަރުކަށްޓާ މަޑުކަށީގެ މީހުން ތިއުޅެނީ މުޅިންވެސް، ވަކިބައެއް ތިކަމުން އިސްތިސްނާއެއް ނުވޭ.

The name is already taken The name is available. Register?

ލޯންލީ

29 May 2021

ތީ މިހާރު ސިފައިންނާއި ފުލުހުންގެ ވެރިން ޝަފުލް ކޮއްފާނެތީ އަނބުރާ ގޭސް ގަނޑެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454