ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި މީހާ ހައްޔަރު ކޮށްގެން މިއަދު ގެންދަނީ.---ފޮޓޯ: ސަން އޮންލައިން
30 މެއި 2021 - 20:23
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ގާނޫނު ބަދަލުކޮށް ތަހުގީގުކުރަން މިހާރަށް ވުރެ ފަސޭހަވާ ގޮތަށް ގާނޫނު ބަދަލުތައް ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އޭޖީ އޮފީހުން މިއަދު ބުނި ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ބިލެއް ހުށަހަޅަނީ މައިގަނޑު ދެކަމަކަށެވެ. އެ އޮފީހުން ބުނި ގޮތުގައި ގާނޫނަށް ބަދަލު ގެންނަ އެއް ބޭނުމަކީ ޓެރަރިޒަަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރު ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމެވެ.
އަނެއް ބޭނުމަކީ ހަނގުރާމަތައް ހިނގާ ސަަރަހައްދުތަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނާ މެދު އަމަލުކުރާނެ ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅުމެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރަން ފަސޭހައަކަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ޓެރަރިޒަަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުން ކޯޓަކަށް ހާޒިރުނުކޮށް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ތުހުމަތެއްގައި ހައްޔަރުކުރި ނަމަވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނައިރު ބަންދުގައި ބެހެއްޓޭނީ 24 ގަޑިއިރު އެވެ.
ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތް ހެދުމުގެ އިތުރުން ތުހުމަތުމާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާއި ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތައް އިތުރަށް ތަފްސީލުކުރުމަކީ ވެސް އޭޖީ އޮފީހުން ބުނި ގޮތުގައި އަލަށް ހުށަހަޅާ ބިލުން ކުރާނެ ކަމެކެވެ.
ޓެރަރިޒަމްގެ ތުހުމަތުވާ މީހުން، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވޭ ގޮތަށް ގާނޫނުގައި ހިމަނާއިރު އެ މީހަކު އެ ވަގުތު ހުރީ އަމިއްލަ ތަނެއްގައި ނަމަ، ކޯޓު އަމުރެއް ނެތި އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ވެސް ދޭ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ބަލައި ފާސްކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ވެސް ބިލުގައި ހިމެނޭނެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުތައް ގެންނަން ހުށަހަޅަން ފޮނުވާފައި މިވަނީ ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކެއް ބަލަމުން އަންނަ ދުވަސްވަރެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ އަކީ މިހާރު ބަލަމުން ގެންދާ، ބޮޑު އެއް މައްސަލަަ އެވެ. މިމަހުގެ ހަވަނަ ދުވަހު ދިން އެ ހަމަލާއަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ވެސް ސިފައިންނާއި ފުލުުހުން ގުޅިގެން އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޖަރާ
31 May 2021
މައުމޫނުގެ ވެރިކަން ވައްޓަން ތެޅިބޭލި އިރުދެއްކިވާހަކަ ހަނދާންވޭބާ. އެމްޑީޕީ ސަރުކާރަކީ މައުމޫނަށް ވުރެ އެތަކެއް ހާސްބައި ގައުމާއި ރައްޔިތުންނަށް ނުރައްކާބައެއް.
ފަހުދު
31 May 2021
މައުމޫނު ވެރިކަން ކުރިގޮތް ކަމަކުނުދޭ. އެއްގޮތަކައްވެސް ކަމަކު ނުދޭ!
ާހެޔޮއެދޭ
31 May 2021
ސައްކު ކުރެވޭ މީހަކު ފެނުނަސް ހައްޔަރު ކޮއް މަރުގެ ހުމް އިއްވާ .މިގައުމު ގާ ތިބި ހަމަ އެކަމި ކުށް ވެރިންކީ އެއީ.ދީނަށް ފުރަށް ސާރަ ކުރު މަކީ އެެެއްވެސް ކަމެއް ނޫ..
ޙަބީބު.
31 May 2021
ރަނގަޅު ރަނގަޅު އަދިކުއްލިހާލަތުގަވެސް ރައީސްބޭނުންވާމީހަކު މަގާމުން ވަކިކޮއް އެއްފަރާތް ކުރެވޭގޮތް ހަދަންޖެހޭ އަދި ވެރިކަން ކޮއްފަތިބޭ މީހުންގެ މައްސަލަތައް އަލުންރިވިޔުކޮއް ކުރިންކޮއްފަވާ ކުއްތަކުގެ އަދަބު އަލުން ތަންފީޒުކުރަން ޖެހޭ ގޮތައް ގާނުނު ބަދަލުކުރަންޖެހޭ
ބަނޑޭރި
31 May 2021
ހަނދާނަށް އަންނަނީ 2004 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން ބަޔަކުމީހުން އުޅެގަތް ދުވަސްވަރު ކޯޓުއަމުރަކާނުލާ މީހުން ހައްޔަރުކޮށްގެން "މައުމޫނު" ގެންގުޅެނީއޭ ތަޙުޤީގަށް އަތްބާނަނީއޭކީ ދުވަސްވަރު. އޭރު މި މީސްމީހުން ބެލީ ކޮންމެފަދަކަމެއް ކޮށްގެންވެސް ވެރިކަމަށް އާދެވޭތޯ. ނަތީޖާއަކަށްވީ ސިފައިންނާއި ފުލުހުންގެ އަގު ރައްޔިތުންގެ ކުރިމަތީވެއްޓުން. އެ ދެބާރަށް އިތުބާރު ގެއްލުވާލުން. ހުރި ހިތާމައެއްގެ ބޮޑުކަމާއެ. އަބޫ ޝަބާޝް
ޢަބްދުލް
31 May 2021
އެދުވަހު އެހެން އެކަންތައް ނުކުރިނަމައޯ؟
ބިއްލަހުވައި
31 May 2021
ރަނގަޅު ގާނޫނެއް. އެކަމަކު ޓެރަރިޒަމް ރަނގަޅަށް މާނަ ކުރެވެން ވާނެ. މިސާލަކަށް ޓެރަރިޒަމްގެ ދައުވާ ރައީސް ނަަޝީދަށް ކުރިހެން ކޮށްގެން ވެރިކަމުގަ ތިބޭ މީހުންނާއި ފުލުހުން ބޭނުން ސަކަރާތެެއް ޖަހައި ކޯޓު އަމުރު ނެތި ގެދޮރު ފާސްކޮށް ނާޖާއިޒު ފައިދާ ނަގަން ގާނޫނުގަ އެޅޭ ބޮޑު ލޯވަޅަކަށް ތިޔަ ވިޔަދީގެން ނުވާނެ.
ކުޑޭ
31 May 2021
ތީވަރަށް ނުރައްކާތެރި އިސްލާހެއް، ދެން ރާއްޖޭގައި ހައްޔަރުކުރާ އެންމެން ތީގެދަށުން ހާއްޔަރުކޮށްފާނެ
ޖުލައި2021
31 May 2021
އެއްވެސްކުށަކަށް ތުހުމަތުކުރެވޭ މީހެއގެ ހައްގު ހަނިކޮށްގެންނުވާނެ. ކުށުން ބަރީޢަވުމުގެ ހުރިހާ ހައްގެއް ފުރުހަމައާސް ލިބެންވާނެ. އެހެންނޫނީ ކުށެއްނެތް އެތަށްބަޔަކު ތުހުމަތުކޮށް ނުހައްގު އަދަބުދިނުމަކީ ވުން އެންމެ ގާތްގޮތް.
އިސްލާޙް
30 May 2021
ޓެރަރިޒަމަށް ތުހުމަތުކުރެވޭ މީހުންނަށް އެއްވެސް ހައްޤެއް ދޭނެ ކަމެއް ނެތް. އެމީހުންނަކީ އިންސާނުންގެ ގޮތުގައިވެސް ބަލާނެކަމެއް ނެތް. ވަކި ކީއްވެގެންތަ އެކުށުގެ އަހުލުވެރިން ހައްއުތަކުން މަހުރޫމުކުރަންވީ. މިވެސް ދެން ޖޯކެއް. ސިޔާސީ ބޭފުޅުންނާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް ހުރިހާ ޙައްޤުތަކެއްދީ. ނަފްރަތު އުފައްދައިގެން އެއްވެސް ކަމެއް ހައްލެއް ނުވާނެ
ޚޮބާ
30 May 2021
ތުހުނަތަޖުން އެކަން އެހެން ކުރެވިގެން ނުވާނެ.މާދަމާވެސް އޭނަގެ ކުށެއް ނެތް ކަން ސާބިތުވެއްޖެ އާއި އެނައަށް އެ ދިން އަނިޔާ ގެ ޒިމްމާ އުފުލަނީ ކާކު