ޚަބަރު / ބޯހިޔާވަހިކަން

މި ސަރުކާރުގެ ފުރަތަމަ ފްލެޓުތަކަށް ކުރިމަތިލާން ހުޅުވުން ފަސްކޮށްފި

ނިންމާފައި ވަނީ ފައުންޑޭޝަން އަޅައި މަސައްކަތް ކުރިއަށް ދާން ފެށީމުން އެޕްލިކޭޝަން ހުށަހަޅަން ފުރުސަތު ދޭ ގޮތަށް

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތައް-- މިހާރު ފައިލް ފޮޓޯ

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބައްޔާ ހެދި އެ މަަސައްކަތް އަނެއްކާވެސް ލަސްވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުން ޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކާ ކަމަށެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުން ކަމަށާއި ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެހެންވެ، އެ މީހުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ފްލެޓްތަކަށް ކުރިމަތިލާން މި މޭ މަހު ހުޅުވައިލާނެ ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކުރިން ރޭވި ގޮތަށް އެ މަޝްރޫއަށް ކުރިމަތިލާން މި މަހު ހުޅުވައި ނުލެވުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި އެވެ.

އޭނާ ވިދާޅުވީ، މިއަދަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، ހައުސިން މަޝްރޫއަށް ކުރިމަތިލުމަށް މި މަހު ހުޅުވައިލާނެ ކަމަށް މިނިސްޓަރު ކުރިން އިއުލާން ކުރެއްވީ އޭރު ބެލި ބެލުމުން، ފްލެޓް އެޅުމަށް ހަވާލުކުރި ދެ ކުންފުންޏެއްގެ މަސައްކަތް ވެސް ފެށޭނެތީ ކަމަށެވެ. އަދި މިނިސްޓަރު ނިންމެވީ، ކޮންމެ ބަޔަކާ ވެސް ހަވާލުކުރި ފްލެޓްތަކުގެ 20 ޕަސެންޓް މަސައްކަތް ނިމުމުން، އެ ޕްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވައިލާން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ މަސައްކަތް މި މަހު ނުފެށުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ދެ ކުންފުނީގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"ފައުންޑޭޝަން އެޅި ކުރިއަށް ދާން ފެށީމާ، އެޕްލިކޭޝަން ހުށަހަޅާ ގޮތަށް. އެއްޗެއް ނެތި އެޕްލިކޭޝަން ހުޅުވާނުލާން މިނިސްޓަރު ނިންމަވާފައި އޮތީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެޕޯލޯއާ ހަވާލު ކޮށްފައިވާ 1،000 ހައުސިން ޔުނިޓް މަސައްކަތް ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ވެސް ކުރިއަށް ގެންދެ އެވެ. އެކަމަކު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް ލަސްވަމުން ދަނީ ކޮވިޑާ ހެދި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ މަސައްކަތް މި މަހު ނުފެށުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ދެ ކުންފުނީގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"ދެ ކުންފުންޏަކާ ފްރޭމްވޯކް އެގްްރީމަންޓްގައި އެފްޑީސީން ސޮއިކުރީ. ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކޮވިޑާ ހުރެ ލަސްވަމުން ދަނީ،" އަކްރަމް ވިދާޅުވި އެވެ.

އެއީ ކޮން ދެ ކުންފުންޏެއް ކަމާއި އެ ކުންފުނިތަކާ ހަވާލުކުރީ ކިހާ ފްލެޓެއް އެޅުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ފްލެޓްތަކަށް ޝަރުތު ހަމަވާނީ 600 އަކަފޫޓު ހަމަވާ ގޯއްޗެއް މާލޭގައި ނެތް މީހުން ކަމަށް ކުރިން އަސްލަމް ވިދާޅުވި އެވެ. އަދި އެއީ މާލޭގައި ރަޖިސްޓަރީ ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށާއި އާއިލާގެ ކުޑަބޮޑުމިނާއި ދިރިއުޅުމުގެ ހާލަތު ވެސް ބަލާނެ ކަމަށް އަސްލަމް ވިދާޅުވެފައި ވެ އެވެ.

އެ މީހުންގެ ތެރެއިން ވެސް ފްލެޓް ދިނުމުގައި އިސްކަން ދޭނީ 75 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށް ކަމަށް އަސްލަމް ވިދާޅުވެފައި ވެ އެވެ. އަދި އެ ފްލެޓަށް ޝަރުތު ހަމަވާނެ އެންމެ ދަށް އަދަދަކީ 42 ޕޮއިންޓެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލޭގެ ރައްޔިތުންނަށް 5،600 ފްލެޓް އެޅުމެވެ. އަދި މި އަހަރުގެ ތެރޭގައި 5،000 ޔުނިޓްގެ މަޝްރޫއު ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

39 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަގިހުރި

02 June 2021

މިއީދެއްތޯ އެމް.ޑީ.ޕީން އެވިދާޅުވާ ވުޖޫދުގައިވެސްނެތް ފްލެޓަކީ

The name is already taken The name is available. Register?

ހަބަރު

01 June 2021

މާލޭ ރައްޔިތުން މާލޭ ރައްޔިތުން.. ބޯ ހަލާކު. މާލޭ ރައްޔިތުން އެކަނިތަ ޓެކްސް ދައްކަނީ. އަދި އަލަތު ކާވެނި ފްލެޓުވެސް ދިނީއެއް ނޫން.

The name is already taken The name is available. Register?

ކިނބޫ

01 June 2021

ރަށްރަށު މީހުންނަށް ރަށްރަށުން ގޯއްޗާއި ފްލެޓް ދޭހެން މާލޭ މީހުނަށް މާލޭން ދީ. ހުޅުމާލެއަކީ މާލެއެއް ނޫން. ހޭބަލިނުވޭ!

The name is already taken The name is available. Register?

މީވެސްގޮތެއް

01 June 2021

އަސްލު ހަދަންވީގޮތަކީ ދުވަސްކޮޅަކު ރަށުގަ މަޑުކޮއްލާފަ މާލޭމީހާއަށް ތިދޭ ކުލިގަޑު އެއްކޮށްލައިގެން ވިއްކާ ފްލެޓްތައް ގަންނަންވީ. އޭރުން ދިގުމުއްދަތައް ކުލިދައްކާނީވެސް އަމިއްލަ ކުރެވޭތަނަކަށް. މާލެމީހާ އަށް ދިނުމުގެ ބަދަލުގަ އޭރުން އަމިއްލައަށް އޭގެބޭނުން ކުރެވެނީ، އަދި ފަހުން ދަރިންނަށް ހޯދައިދެވޭ އަމިއްލަ ތަނެއް. ބިންމަދު ރާއްޖެކަހަލަ ތަނެއްގައި އެންމެނަށް އެއްތާކުން ބިންނުދެވޭނެ. މާލެމީހާ އެހެން ސިޓީއަކަށް އުޅެން ދާނަމަ ޖެހޭނީ ކުއްޔަށް އުޅެން.

The name is already taken The name is available. Register?

ޙވޗ×ޒ

01 June 2021

ރަށުގަ މަޑުކޮށްލީމަ ވަޒީފާއަށް ހަދާނީ ކިހިނެތް ކަލޯ؟ ހޯދާތައުލީމާއެކަށޭނެ ވަޒީފާތައްވެސް މާލެ ނޫން ރަށަކުން ނުލިބޭގޮތަށް ސިޔާސަތު ބައްޓަންކޮށްފަ އޮތީ. ރަށްރަށުމީހުންތިބެންވީ ވޯޓުލާފަ ޓެކްސްދައްކާލަދައްކާލަ. ހުރިހާމޮޅެއް މާލެމީހުންނަށް. މާލެބޭޅައަށްފްލެޓް ލިބުނީމަ ފްލެޓަށްހަދާގޮތް ނޭނގޭ މީހަކު ނުހުންނާނެ. މާލެމީހުންނަކީ އަތުންފައިންކަމެއްނުކޮށް ރަށްރަށުމީހުން ފެލައިގެން ކާންއާދަވެފަތިބި ގޮތްކުޑްބައެއް

The name is already taken The name is available. Register?

ފަހީމާއިބުރޭ

01 June 2021

މާލޭގެ ރައްޔިތުންނާ މާލޭގައި ދިރިއުޅޭ ރައްޔިތުން މިދެބައި ތަފާތުކޮށް ޕޮއިންޓް ނުދެއްވާ ، މާލޭގެ ރައްޔިތުންނަށް 100 ފްލެޓް ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 50 ފްލެޓް ، މިހެންވެސް ހަމަ އިޢުލާން ކުރެވިދާނެ ދޯއެވެ.

The name is already taken The name is available. Register?

މެސީ

31 May 2021

ލޯބިވާ މިނިސްޓަރުއެވެ. މިއަޅާގެ ކުށަކީ މާލޭ މީހަކަށް ނުވުންތޯއެވެ. ލިބޭހާލާރިއެއް ގޭވެރިފަރާތްކަމަށްވާ މާލެމީހާއަށެވެ. ހުޅުމާލެއަކީ ހުސްފަޅެއް ހިއްކައިގެން ރައްޔިތުމީހާ ދަރަނިކޮށްގެން ހިއްކިބިމެކެވެ. ޢެހެންވީމާ މާލޭ މީހާ ރަށުމީހާ ކިޔުމުގެ ބަދަލުގަ. ރައްޔިތުމީހާ ކިޔަމާ ހިނގާށެވެ. އެބިމުން އެންމެހާ ރައްޔިތުންނަށް ގެދޮރު ދޭށެވެ

The name is already taken The name is available. Register?

ޙވޗޗފ

31 May 2021

މާލެމީހުން އުޅޭ 600 އަކަފޫޓުތަންކޮޅު ދޫކޮށްނުލާ ފްލެޓް ވެސްހޯދާފަ އެތަންކުއްޔަށްދަެއިރު ސަރުކާރުންއެކަން މަނާނުކުރޭ މުދާހުރެ މުދާގިނަކުރަން އުޅެމީހުންގެ ނުބައިކަމާއެވެ. މިފަދަމީހުން ފަގީރުންގެ ހައްގުތައް ދުނިޔެމަތީ ފޭރުނަސް އާހިރަތުގަ ހުރިހާކަމެއް އިންސާފުވެރިވާނެ . ހަދާންކުރާތި

The name is already taken The name is available. Register?

ޠޔތތރ

31 May 2021

މާލެމީހުނަށް ފްލެޓް ލިބުނަސް ތިބުނާ ދަތިހާލުގަ އުޅެތަންކޮޅު ދޫކޮށްނުލާ ލިބުނު ފްލެޓްދެނީ ކުއްޔަށް. އަސލުބޭނުންޖެހިފަ ތިބިމީހުނަށް ފްލެޓްނުދެނީ މާލެމީހުންއުފާކުރަން. މާލޭގަ ދަތިހާލުގަ ކިއްޔަށްއުލެންޖެހިފަވާ މީހުންއެބަޖެހޭ މޮސަރުކާރަށްބޮޑުތަނުންނޫނެކޭބުނަން

The name is already taken The name is available. Register?

އަރުތަ

31 May 2021

އެހެންތަ، މިސަރުކާރެއް އެސަރުކާރެއް ކިޔާނެކަމެއްނެތް، ތިބުނި ގޮތަށް ހުރިހާ ސަރުކާރެއްގަވެސް އަދި ކަންކަން ކުރަމުން އަންނަނީ، ޕޮލިޓިކްސް ސިންޑްރޯމް ތީ ވަރަށް ނުރައްކާތެރި އެއްޗެއް.

The name is already taken The name is available. Register?

އެމެރިކާ

31 May 2021

ކޮތާކުތަ މިސަރުކާރުން އެޅި ފުލެޓެއް ހުރީ؟

The name is already taken The name is available. Register?

އަރުތަ

31 May 2021

ސަރުކާރުން އެޅި ފްލެޓެއް ތަނެއްގަހުރި ވާހަކަ މީގަ އެބައޮތްތަ، ނޫނޭވާ ހަމަ ސާބަސް

The name is already taken The name is available. Register?

ރަދުން999

31 May 2021

ތިޔަ މާލެ ބޭފުޅުކަން ދޫކޮށްލާ. މީ އެޒަމާނެއްނޫން. ބޭޜު ގައުމުތަކުން ރައްޔިތަކަށް އެތަނުގެ ކޮންމެ ސްޓޭޓަކުންވެސް ގެގަނެވޭ. ރާއްޖޭގައި ކޮންމެ އަތޮޅަކީ ރަށަކީ ވަކި ގައުމެއްނޫން. ދިވެހި ރައްތިތަކަށްވަނީނަމަ ބިން ކޮންމެ ތަނަކުންވެސް ލިބެންވާނެ. ދިރިއުޅެންޖެހޭނީ ވަކި ރަށެއްގއެކޭ ނުބުނެވޭނެ. މާލެގެ ވިޔަފާރި ވެރިން 10- 12 ބިން އޮތަސް 2 ވަނަ ފޭސް އިންވެސް ބިންގަނެވޭ. އެކަމަކު ހުޅުމަލެ ހިއްކީ ގެދޮޜުގެ ދަތި ފިލުވަންކަމަށް ބުނަނީ. ހަމަހަމަކަން ކޮބާ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454