ދުނިޔެ / މަލިކު

ލަކްޝަދީބްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދަނީ

އާ ގަވާއިދުތަކާ ދެކޮޅަށް ލަކްޝަދީބްގެ ރައްޔިތުން މުޒާހަރާ ކުރަނީ.

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅުހެދުމުގެ ގޮތުން އެ ރަށްތަކުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަން ނިންމައިފި އެވެ.

މި ގަވައިދުތަކާ ދެކޮޅަށް އަޑުއުފުލުމަށް އުފައްދާފައިވާ ރައްޔިތުންގެ "ސޭވް ލަކްޝަދީބް ފޯރަމް" އިން ރޭ ކޮޗިންގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައިފައި ވަނީ ލަކްޝަދީބްގެ ހުރިހާ ރަށެއްގައި 12 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާށެވެ. އަދި މި ހަޅުލާތު އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު 6 އިން އިރުއޮއްސި 6 އަށެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަޅުތާލު ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

ބަލި މީހުން ނުވަތަ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުން މި ހަޅުތާލުގައި ބައިވެރިނުވާން ވަނީ އަންގައިފަ އެވެ.

ލަކްޝަދީބްގައި މީހުން ދިރިއުޅޭ 10 ރަށުގައި، މި ހަޅުތާލަށް ޚާއްސަކޮށް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ކޮމިޓީތަކެއް އުފައްދާނެ އެވެ. މި ރަށްތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، މި ހަޅުތާލު ކުރިއަށް ގެންދާނީ ގޭގައި ތިބެގެން ކަމަށް ވެސް އެ ފޯރަމުން ނިންމި އެވެ.

ގާނޫނީ ހައްލެއް ހޯދަން މަޝްވަރާކުރަނީ

އާ ގަވައިދުތަކާ ދެކޮޅަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ރޭ ވިދާޅުވި އެވެ. އަދި އެ ކަމަށް ޚާއްސަ ގާނޫނީ ޓީމެއް ހަމަޖައްސައި، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ ލަކްޝަދީބްގެ މަޖިލިސް މެމްބަރު މުހައްމަދު ފައިޒަލް އާއި ކުރީގެ މެމްބަރު ޕީ.ޕީ ކޮޔާގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޝަނުން ހުރިހާ ރަށްތަކަށް އޮފިޝަލުން ފޮނުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން އެ ހުރިހާ އޮފިޝަލުންނަށް ލިބުނީ ހޫނު ރައްދެކެވެ. އަދި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޝަނުން މި އާ ގަވައިދުތައް ތަންފީޒުނުކޮށް، ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ވެސް ގޮވާލައިފައިވެ އެވެ.

ރާއްޖޭގެ ކުރީގެ ރަށެއް ކަމަށްވާ މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކާ ހެދި، މައި ސަރުކާރާ ދެކޮޅަށް ލަކްޝަދީބުގެ ރަށެއް ކަމަށްވާ ކިލްތަންގައި މިދިޔަ ހަފުތާގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން 23 ޒުވާނަކު ހައްޔަރުކުރި އެވެ. އެ މީހުން ދޫކޮށްލުމަށް ލަކްޝަދީބްގެ ގާނޫނީ ކަންކަން ބަލަހައްޓާ، ކެރެލާ ސްޓޭޓްގެ ހައި ކޯޓުން ވަނީ މީގެ ދެ ދުވަސް ކުރިން އަމުރުކޮށްފަ އެވެ.

Lakshadweep in hayyaru kuri zuvaanun dhookollan High court in amuru koffi

Lakshadweep in hayyaru kuri zuvaanun dhookollan High court in amuru koffi

The most trusted news source in the Maldives

Mihaaru

މިދިޔަ ހަފުތާގައި ލަކްޝަދީބްގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 23 ޒުވާނުން ދޫކޮށްލަން ވަނީ އަމުރުކޮށްފައި.

މި ރަށްތަކުގެ އިތުރުން ކެރެލާ ސްޓޭޓްގެ އެކި ހިސާބުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

ލަކްޝަދީބްގެ ކަންކަން ބަލަހައްޓަން އިންޑިއާ ސަރުކާރުން މިހާރު ހަމަޖައްސައިފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ ކުރިން އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް، އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން، ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ހޯދައިފަ އެވެ.

މި އާ ގަވާއިދުތަކާ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.

18 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހްމަދު007

03 June 2021

ސާބަސް

The name is already taken The name is available. Register?

ބޮޑުބޭބެ

03 June 2021

ލަކްޝަދްވީޕް ކުދިން ވާންކޮށްފަ ހިފަހައްޓާލާ. މިތާ އިންޑިއާ އަށް ތާއިދު ކޮށްފަ ކޮމެންޓް ކުރާ ދެތިން ކެނަ އެއް އެހެން އުޅުނަސް ދިވެހިންގެ ތާއީދު އޮންނާނީ އަހަރެމެންގެ ދީނުގެ އަޚުންނާ އެކު.

The name is already taken The name is available. Register?

ޝަފީރު

03 June 2021

ޔާﷲ މަލިކު ރައްޔިތުންނަށް ކެތެރިކަންދެއްވައި އެބައިމީހުން ﷲގެ ދީނުގައި ސާބިތުކުރައްވާ އިބަﷲގެ ރަޙްމަތް ތިޔާކުރައްވައި އެބައިމީހުންގެ ބިމާއި ރައްްތައް މުޝރިކުންގެކިބައިން ރައްކާތެރިކަން ލިބިގެންވާ ސަލާމަތާ އަމާންކަން ލިބިގެންވާ ތަނެއްކަމުގައި ހިންމަވާދެއްވާށި

The name is already taken The name is available. Register?

އަބްޑޫޅް

03 June 2021

ރޯދަމަސް އައީދޯ. ހަޅުތާލު ނިންމާފަ ތަރާވީސް އޮތުމާ ވެސް ވައްތަރު. ކުރުބާ ފެނުން ހަޅުތާލު ވީއްލާފަ ކަށިކޭލު ފަނިން ތަރާވީސް. ގާނދީ ބަނޑުގިނި ހަޅުތާލު ކުރީ 40 ރެޔާ 40 ދުވާލު މެދުނކެޑި. މިއުޅެނީ ފިނޑިން ނުން.

The name is already taken The name is available. Register?

ޑިމޮކްރަސީ

03 June 2021

ޙަރާމާއި ޙަލާލަށްބަލާފަ މުސްތަޤްބަލުގަ ދިވެހިންގެ މިސްރާބު ހުރީ ކިހިނެތްބާ؟

The name is already taken The name is available. Register?

މަލިކުބެ

03 June 2021

މަލިކު ރައްޔިތުން ކުރާމަސައްކަތަށް ތާއީދު. ގެރިމަސް މަނާކޮށްފަ ރާ ހުއްދައެއް ނުކުރެވޭނެ.

The name is already taken The name is available. Register?

އަބްޑޫޅް

03 June 2021

"ގެރިމަސް މަނާކޮށްފަ ރާ ހުއްދައެއް ނުކުރެވޭނެ". ގެރިމަސް ހުއްދަ ކޮށްފަ ހުރިހާ ފާފައެއް ސެއްލަ. އެހެންވެ ދޯ ރާއްޖޭގެ ރިސޯޓު ތަކުގަ ގެރިމަހާ، ކަނުނި މަހާ، ބަނގުރަލާއި އޫރުމަސް ހުއްދަވަނީ. އަދި ކާވަނި ނުކޮށް އެއް އެނދުގަ ނިދުންވެސް ހުއްދަވަނީ ގެރިމަސް ހުއްދަ ވީމަ ދޯ.

The name is already taken The name is available. Register?

ޣޯސް

03 June 2021

މިއީ ހާދަ ނަސްލީ ތަފާތުކުރާ މީހެކޭ. މީނާގެ ސިފަ މާރީތީތަ? ޒމިއީ ދިވެރާއްޖެ ހަލާކުކުރަން ބޭރުގައޖ ދިރިއުޅޭ ޔޫރަޕް ލޭހުންނަ ދިވެއްސެއް.

The name is already taken The name is available. Register?

އަބްޑޫޅް

03 June 2021

ބަލަ ބޭރުގަ ދިރިއުޅޭ ޔޫރަޕް ލޭހުންނަ ދިވެހިން މަދެއް ނޫނޭ. އެމެރިކާ ލޭހުންނަ ދިވެހިންވެސް އުޅޭ. އިންޑިޔާ ލޭހުންނަ. ހިންދީ ލަވަ އަޑުއަހާ ދިވެހިންވެސް މަދެއް ނޫން.

The name is already taken The name is available. Register?

ދެރަ

03 June 2021

އަޑެއް ނާހާނެ ހިންދޫން ނަކީ ގޮތްކުޑަ ނުބައިބައެއް. ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް ރައްޔިތުންގެ އަޑެއްނާހާ. ދިވެހިންވެސް ޖެހޭނީ ބަޑުހަެިހޫނުކަމުގެ މުޒާހިރާކުރަން.

The name is already taken The name is available. Register?

އަބްޑޫޅް

03 June 2021

ހިންދީން ފިޔާ ނުދިނީމަވެސް ތިބެނީ ބަނޑަށް.

The name is already taken The name is available. Register?

ކަކުނިބޯ

04 June 2021

ޢިންޑިޔައިން ފިޔާނުދިނީމާ ނުކކަތިބޭޒަމާން ނެތިހިގައްޖެ. ޢަދި އިންޑިޔާގެ ނަފަޑް އަށް ރާއްޖެއިން ފައިސާދައްކާގެން ކުރީގައި ގެންނަނި އިންޑިޔާއިން ލަންކައަށް ފިޔާވިއްކާއަގުގެ ތިންގުނަ އިތުރަށް ފައިސާދައްކާގެން. ޢެކަމު މިހާރު އެހެންހަދަން ނުކެރެނީ ޕާކިސްތާން އަދި އިޖިޕްޓުން ފިޔާގެންނާނެކަންއެގޭތީ ކުޅެޅަން ނުކެރެނީ ހެހެހެ

The name is already taken The name is available. Register?

87654

03 June 2021

ވަރަށް ސިފަވެސް ހަޑި ބަޔަކު އުޅޭ ހިސާބެއް. އަދި ހެދުން އަޅާ ގޮތުން ހުތުރު ސިޕަ މާބޮޑަށް އެބަ ފެނޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

03 June 2021

ހާދަ ރޭސިސްޓް ކޮމެންޓެކޭ.ހުރިހާ އިންސާނުން ހެއްދެވީ މާތްﷲ.ކަލެއަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން.ވ.ވެދުން

The name is already taken The name is available. Register?

ޚާނދހސ

03 June 2021

ކަލޭގެ ސިފަ އެމީހުން ހެން ހަމަ ހުންނާނީ. އެހެންވީމާ ކަލޭވެސް ހަމަ އެހާ ހުތުރުވާނެތާ. ތިއައީ އެއް ދަރިފަސްކޮޅެއްވިއްޔާ.

The name is already taken The name is available. Register?

ބިޝާ

03 June 2021

ޓިޔަ ފަރާތުގެ ސިފަ ވެސް ނިކަން ހުތުރު ކުރެ އްވުމަށް ކުޅަދުންވަންތަ ފަރާތެ އެ ވޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

03 June 2021

ސާބަހޭ ''މިހާރުއޮންލައިން''. މީނޫހުން ނޫނީ މިމައްސަލަ މިހާ ތަފްސީލުކޮށް ގެނެސްދޭ އެހެން އޮންލައިން ނޫހެއް ނެތް.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454