ވައިޓް ހައުސްގެ އީސްޓް ރޫމްގައި ޖޯ ބައިޑަން ތަގްރީރު ކުރައްވަނީ. --ފޮޓޯ؛އޭއެފްޕީ
03 ޖޫން 2021 - 22:41
ކޮވިޑު-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތަށް އެހީވުމަށް އެމެރިކާ އިން ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާ އިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވަނީ ކޮވިޑުން ދިފާއުވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން ބަހާނެެ ގޮތުގެ ފްރޭމްވޯކް އަދި އެންމެ ފުރަތަމަ ފޮނުވާ 25 މިލިއަން ޑޯޒާ ގުޅޭ މައުލޫމާތުތައް ހާމަކުރައްވައިފަ އެވެ. އޭގައިވާ ގޮތުން 80 މިލިއަން ވެކްސިންގެ 75 ޕަސެންޓް ފޮނުވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުންނެވެ.
I convey the gratitude of the Maldivian people to President @JoeBiden and the American people for including Maldives in the new US global covid vaccine sharing program. Donated vaccine doses from the US are highly welcome in the fight against covid.
— Ibrahim Mohamed Solih (@ibusolih) June 3, 2021
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓުވީޓް
އެ ވެކްސިންގެ ބާކީ 25 ޕަސެންޓް ދޭނީ އެކަމަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށެވެ. ވައިޓް ހައުސް އިން ބުނީ ވެކްސިން ހޯދުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެދިފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ފޮނުވާ ވެކްސިން ބެޗުގެ ތެރެއިން 19 މިލިއަން ވެކްސިން ކޮވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުންޏެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ފާހަގަ ކުރައްވައި، އެ ގައުމުގެ ރައީސް ބައިޑެން އަށް މިރޭ ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެކަން އެމެރިކާ އިން އިއުލާންކޮށް ފައިވާއިރު، އެ ގައުމުން ހަދިޔާކުރި ޕީޕީއީއާއި ސިއްހީ އާލަތްތައް ހަވާލުކުރަން މާދަމާ ރަސްމިއްޔާތެއް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
04 June 2021
ހެހެހެ.ރާއްޖެ ނޫނަސް އެހެން ގައުމުތައް ތިޔަ ލިސްޓްގަ އެބައޮތް.ކޮސް ޓަރިކާގެ އިތުރުން ދެކުނު އެމެރިކާގެ އެންމެ ފަގީރު ގައުމުކަމަށްވާ ނިކާރާގުއާވެސް ތިޔާ ލިސްޓްގަ ހިމެނި ވެކްސިން ލިބޭނެ.އެހެންވީމަ މިއީ ވަކި މީހަކަށް މެޑަލް ޖެހެން އޮތް ކަމެއް ނޫން.ވ.ވެދުން ☮️®️©️
ރިޓަޔަޑް މީމްސް
04 June 2021
ތޭކްސް އޮބާމާ!
އަހާ
04 June 2021
މިނޫހުގެ ކޮމެންޓް ބައިގަ އެމެރިކާއަށް ބަވާ ކުދިންނާ ހެދި ވީ ކަމެއްކަމަށް ބޮޑަށް ލަފާކުރެވެނީ. އެމެރިކާ މީހުން ކުޑަކޮށް ބަލާ އުޅޭނެ ގައުމުތަކުގެ ޚިޔާލު ހުންނަ ގޮތް. އަނެއްހެން ޝާހިދުވެސް ކިޔައިދޭނެ މިގައުމު މީހުން ލިއެފަ ހުންނަ އެއްޗެހި. އަދި އެކަން ރަގަޅު ކުރާނެ ގޮތްވެސް ބުނެލަފާނެ. އެހެންވީމަ އެންމެންގެ ބުރަ މަސައްކަތުގެ ފޮނިމޭވާ ކަމަށް ބެލެވެނީ.
ށުފުރާ
04 June 2021
މި ލިބުނީ ކޮން ނަމެއް ކިޔާ ވެކްސިނެއް ބާ
ޗޮސްބެ
04 June 2021
މި ކިޔާލަބަލަ. ހެޔޮނުވާނެ
އަރީފުއަލީ
04 June 2021
ޗޮސްބެ ނެތޭ މިލިއުމަކު ކޮންވައްތަރެއްގެ ވެކްސިންއެއް ކަމެއް އަދި ކިތައް ވެކްސިން ކަމެއް ރާއްޖެ ލިބެނީ،،،ޗޮސްބެ މިލިއުން ލިޔާލިންތަ!
އިބޫބް
04 June 2021
ރާއްޖެޔަށް ބޭނުންވާ ވައްތަރެއް. އެމެރިކާއިން އެކަމަށް ފަންޑްކުރަނީ. ވެކްސިން ލިބޭނީ ކޮވެކްސް މެދުވެރިކޮށް. ރާއްޖެޔަށް ބޭނުންވާ ވައްތަރެއް.
ޗޮސްބެ
04 June 2021
އަރީފް އަލީ، އާޓިކަލް ކީމަ އެ ބުނާ އެއްޗެއް ނޭގެންޏާ ކޮމެންޓް ނުކޮއްބަލަ. އޭގަ އެބުނަނީ ވެކްސިން ލިބޭނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށޭ، މާނަޔަކީ، ކޮވެކްސް ފެސިލިޓީން ދޭނީ ރާއްޖެޔާ ވާހަކަދައްކައިގެން ރާއްޖެޔަށް ބޭނުންވާ ވައްތަރެއްގެ ވެކްސިނެކޭ. އެމެރިކާެިން ދެނީ ވެކްސިނެއްނޫން އެމީހުން ކުރާނީ އެކަމަށް ފަންޑް. މިހާވަރުން އެގޭނެކަމަށް ހީކުރަން.
ޫހގފދދ
04 June 2021
ރާއްޖޭގެ އާބާދީގެ ބޮޑުޕަސަންޓަކަށް ޖެހީ ކޮވިޝީލްޑް ގެ ފުރަތަމަޑޯޒް. ދެންތިހަދިޔާކުރާ ވެކްސިން ފުރަތަމަ ޑޯޒްގެ ގޮތުގަ އަލުންޖަހަންތަ ޖެހެނީ
ޗޮސްބެ
04 June 2021
ރާއްޖެޔަށް ބޭނުންވާ ވައްތަރެއް. އެމެރިކާއިން އެކަމަށް ފަންޑްކުރަނީ. ވެކްސިން ލިބޭނީ ކޮވެކްސް މެދުވެރިކޮށް. ރާއްޖެޔަށް ބޭނުންވާ ވައްތަރެއް..
ޢަލީއާ
05 June 2021
ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒްގެ ގޮތުގައި އެމެރިކާ ފައިޒާވެސް އެބަޖަހާ
ބައިރޯ
04 June 2021
ފުރަތަމަ އަމިއްލަ ގައުމުގެ އެންމެންނަދީ
ބަނޑޭރި
04 June 2021
އާދޭސްކޮށްފަ ބުނަން މި ދަތި ދަނޑިވަޅުގަ ރައްޔިތުން ގުނބޯ ނުހައްދަބަލަ!!!
އަލީރާޖާ
04 June 2021
މިއީ މެދުޒިޔާރަތް ހުރި ހަމަ އެކަނި ގައުމު. ނުދީ ކީއްކުރާނީ؟
ޝިފާނާ1
04 June 2021
އެމެރިކާގެ ޝައުގުވެރިކަން މިހާރުހުރީ ދުނީޔޭގެ ބާރުވެރިކަން ގެއްލިދާނެތީވެ ހިފެހެއްޓުމުގައި، އެކިގައުމުތަކުގެ ތާއިދު ހޯދުމަށް. އެމެރިކާއެކީ މުސްލިމުންނަށް ހެޔޮއެދޭބަޔެއްނޫން އެއީ ޒައިނިސްޓުންގެ ނުފޫޒުން ފުރިފަިއިވާ ބަޔެއް މިސަރަހައްދުގެ އެމެރިކާގެ ބައިވެރިޔަކީ އިންޑިއާ. މިހާރު އަހަރުމެންގެވެސް ގިނަމީހުންތިބީ އެމެރިކާޔޭ ބުންޏަސް އެހީޔޭބުންޏަސް އެއީ ކޮންބަޔެއްކަން ކިހިނެޔވާކަމެއްކަން ރަނގަޅަށް އިގޭވަރަށް ރޯފިލާފައިވަނީ.
ޔާމީނު
04 June 2021
ރަނގަޅު. މުސްލިމުންނަށް އެންމެ ހެޔޮއެދޭ ގައުމަކީ ޗައިނާ. އެހެންވެގެން ރޯދަމަހު މުސްލިމުންގެ ކަރުބުޑަށް ރާ އަޅަން މަސައްކަތް ކުރީ. ޗައިނާ މީހުން ބޭނުންވީ އުއިގުރް މުސްލިމުންނަށް އެމީހުންގެ އުފާވެރި ދިރިއުޅުން ތަޖުރިބާކޮށްދޭން.
ގުނބޯހައްދާ
04 June 2021
ދީނީ ވެލީތަ؟
އަލީކޮއެ
04 June 2021
ޔާމީނަށް ބުނެލަން ޗައިނާމުސްލިމުންނާ ދެކޮޅު ވާހަކަ ދައްކާއިރު އިރާގު ހަލާކު ކޮއްލީ އެމެރިކާ ސީރިޔާ ހަލާކު ކޮއްލީ އެމެރިކާ -އިޒްރޭލުން ފަލަސްދީނަށް ހަމަލާދޭން 3ބިލިއަން ޑޮލަރު އަހަކު ހަރަދުކުރޭ- އެލާރި ދެނީ އެމެރިކާއިން އަފްއާނު ހަލާކު ކޮއްލީ އެމެރިކާ ދެން ކިހިނެތް ޗައިނާ އާއި އަޅާކިޔާނީ....ބުނެދީބަލަ!!!!
ބާބީ
04 June 2021
ޔޫއެސް އެއިޑްގެ ކުއްޖާއަށް ހަމަ ލަވް.