މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ހީނާ އާއި ޝަހީރުގެ ލަވައިގެ ޕޯސްޓަރެއް.

ބަތަލާ ތާޕްސީ ޕައްނޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ހަސީން ދިލްރުބާ" އަންނަ މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މި ވާހަކަ ފިލްމުގެ މޯޝަން ޕޯސްޓަރަކާ އެކު އިންސްޓަގްރާމްގައި ހިއްސާކޮށް ތާޕްސީ ބުނީ މިއީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ހަދާފައިވާ "ހަސީން ދިލްރުބާ" ގެ ބަތަލުންނަކީ ވިކްރާންތު މަސީ އާއި ހާޝްވަރުދަން ރާނޭ އެވެ.

މި މިސްޓްރީ ތުރިލާގެ ޑައިރެކްޓަރަކީ 2014 ގެ "ހަސީ ތޯ ޕަސީ" ގެނެސްދިން ވިނިލް މެތިއު އެވެ. "ހަސީން ދިލްރުބާ" ގެ ކާސްޓްގައި ދަޔާ ޝަންކަރް ޕާންޑޭ އާއި އަދިތިޔާ ސްރިވަސްތާވް ވެސް ހިމެނެ އެވެ.

އެންމެ ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި "ތައްތަޅު" އިން އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޕް ލަޕޭޓާ" އާއި "ދުބާރާ" އާއި "ރާޝްމީ ރޮކެޓް" ގެ އިތުރުން "ޝަބާޝް މިތޫ" ހިމެނެ އެވެ.

ހީނާ އާއި ޝަހީރުގެ ލަވަ ދައްކާލައިފި

މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ހީނާ ޚާނާއި ޝަހީރު ޝައިހް އެކީގައި ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަކަން މި އަހަރުގެ ކުރީކޮޅު އިއުލާންކުރުމަށް ފަހު، އެ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ބާރިޝް ބަން ޖާނާ" ދައްކާލައިފި އެވެ.

ދެ މީހުންގެ ލޯބީގެ ގުޅުން ދައްކުވައިދޭ މި ލަވަ ކިޔާފައި ވަނީ ޕާޔަލް ދޭވް އާއި ސްޓެބިން ބިން އެވެ.

"ބާރިޝް ބަން ޖާނާ" ޑައިރެކްޓްކުރީ އަދިތިޔާ ދަތު އެވެ.

ހީނާގެ ވަރަށް ގިނަ ވީޑިއޯ ލަވަތަކެއް މި ފަހުން ފުލުފުލުގައި ރިލީޒްކޮށްފައިވެ އެވެ.

ލަވަކިޔުންތެރިޔާ ނީތީ އަށް ފިރިހެން

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނީތީ މޯހަން އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ

އެ ވާހަކަ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި ނަމަވެސް ދަރިފުޅުގެ ނަމާއި ފޮޓޯއެއް ވެސް އަދި އާންމެއް ނުކުރެ އެވެ. ބޮލީވުޑްގެ އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ކިޔައިދީފައިނާ ނީތީ، 41 އާއި މޮޑެލް އަދި ވިޔަފާރިވެރިޔާ ނިހާރް ޕާންޑިއާ ކައިވެނިކުރީ 2019 ގަ އެވެ.

ނީތީ އަކީ މަޝްހޫރު ނެށުންތެރިން ކަމަށްވާ ޝަކްތީ އާއި މުކްތީ މޯހަންގެ ދައްތަ އެވެ.

މިދިޔަ ހަފުތާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އަށް ވެސް ފިރިހެން ދަރިޔަކު ލިބިފައިެވ އެވެ. ނަމަކީ ދެވްޔާން އެވެ.

އަނިލް އާއި އަރުޖުންގެ އިޝްތިހާރެއް

ބޮޑުބޭބެ އަނިލް ކަޕޫރާ އެކު 2017 ގެ "މުބާރަކަން" ގައި މަސައްކަތްކުރަން ފުރުސަތު ލިބުނު އެކްޓަރު އަރުޖުން ކަޕޫރް. އަނިލްއާ އެކު ޓީވީ އިޝްތިހާރެއް ވެސް ކުޅެފި އެވެ.

ދެ މީހުންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވާ އެ އިޝްތިހާރަކީ ކުކުޅު މަހުގެ ބްރޭންޑެއް ކަމަށްވާ "ލިޝަސް" ގެ އެއްޗެކެވެ. މިއާ ބެހޭ ގޮތުން އަރުޖުން ބުނީ އަނިލްއާ އެކު މަސައްކަތެއްކޮށްލުމަކީ ވަރަށް މަޖާ ކަމެއް ކަމަށާއި އެ ދެ މީހުން އެއްތަންވެއްޖެ ނަމަ އަބަދު ބެސް އޮންނާނީ މަޖާކޮށް ސަކަރާތް ޖެހުން ކަމަށެވެ.

އެހެންވެ ދެ މީހުންގެ އެ އިޝްތިހާރު ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ. އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ސަރުދާރު ކާ ގްރޭންޑްސަން" އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454