ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މައުލޫމާތު ދެއްވަން ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހަށް މިއަދު ވަަޑައިގަންނަވަނީ.
05 ޖޫން 2021 - 11:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދެވޭ ގޮތަށް އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާ މިއަދު ސުވާލުކޮށްފި އެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ޕާލަމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މަނިކުފާނަށް ދިން ބޮމުގެ ހަަމަލާއާ ގުޅިގެން ސަލާމަތީ ކޮމިޓީން ބޭއްވި ބައްދަލުވުންތަކަކަށް ފަހު، މަޖިލީހުގެ ތަޅުމުންނެވެ. މި އިންކިއުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުވެ ސީދާ މުއައްސަސާއިން އިން ޖަވާބުދާރީވާން ސިފައިން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކުރިން ވެސް ހާޒިރުވާ ގޮތަށް ވަކިވަކި ފުލުހުން މަޖިލީހަށް ހާޒިރުވާނެ އެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކަށް ވާތީ އަދި ރާއްޖޭގެ ކުރީގެ ރައީސަކަށް ވާތީ ނަޝީދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުންނެވެ. މެއި މަހުގެ ހަ ވަނަ ދުވަހު އެ މަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ ގައި 241 ކޮމިޓީގެ މެމްްބަރުން ކުރެއްވި ސުވާލުތަކަށް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ޖަވާބުދެއްވަނީ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފެށުމާ އެކު އޭރު އެންމެ ފުރަތަމަ ބޭއްވި މީޑިއާ ބްރީފިންގައި ކޮމިޝަނަރު ހަމީދު ވިދާޅުވީ އެ މަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ހާޒިރުކުރުން pic.twitter.com/rNWTA0JLO5
— People's Majlis (@mvpeoplesmajlis) June 5, 2021
ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ކުރިން ލިބި ފިޔަވަޅުތަކެއް ވެސް އެޅިކަން ފަހުން ވަނީ ހާމަވެފަ އެވެ.
މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ޖުމްލަ ގޮތެއްގައި އެ ހުރިހާ ކަމެއް ބަލަމުންނެވެ. ހަމީދު ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ކޮމިޓީގެ ބައްދަލުުވުންތައް ކުރިއަށް ގެންދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބުލް
05 June 2021
އެމްޑީޢެން ހާމިދުއަކީ އަދި ނުވިތާކު ތިބުނާ އަންނިގެ މީހެއް ، ތިމީހުންގެ ޑްރާމާ ..ގާނޫނު އަތަށްލައިގެން ހުރިހާކަމެއް ކުރަން މިއުޅެނީ
ކޮރަލް
05 June 2021
މަޖްލީހަކީ ތަހުގީގު ކުރާ ތަނެއް ނޫނެވެ. 80 ހާހުން ނަގައިގެން ބޭކާރު ގޮތުގަ ދުވަސް ތައް ދުއްވާލަނީއެވެ. ތައުލީމީހަރުދަނާ މީހުން ހޮވާބަލާށެވެ.
ސިކުނޑި
05 June 2021
ރާއްޖޭގައި އެވަރުގެ ޓެރަރިސްޓް ހަމަލައެއް ދިނީމާ، އިންކުއަރީއެއް ހިންގަންޖެހޭނެ! އެހެނަސް އެއްބަޔަކު ގެންގޮސް އަނެއްބަޔަކު ކުށްވެރި ކުރާ އުސޫލަކުން ނޫން! ޒިންމާހަވާލުކޮށްފައިވާ މީހުން ގެންގޮސް އެހެން މީހުންވެސް އެކަން ކުރާގޮތަށް! ހާޒިރު ކުރަންވީ އައްވަލަށް ދިފާޢީ/ދާޚިލީ ވަޒީރު. ދެން ޔުނީފޯމު އެޅި އެންމެ އިސް މީހުން. ދެން އިންޓެލިޖެންސް އިސްމީހުން. މި ތަރުތީބުން ދިޔައިމާ އިހުމާލުވީމީހެއް އެނގޭނެ! މަޖިލީހަށް މިވަރުނޭނގުމަކީ މައްސަލައެއް!!
ސުވާލީ
05 June 2021
މިކަމުގައި މާރިޔާ އެއްވެސް ރިޕޯޓެއް ނެރުމެއް ނެތްތަ؟ ނަޝީދުއާ ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ 500% އިތުބާރު އޮންނާނެ މީހެއް މާރިޔާއަކީ. އެއީ ލޯޔަރެއް. ތަހުގީގުކުރަން އެނގޭނެ. ވަކިވަކި ސިފައިންނާ ސުވާލުކުރެވޭނެ. ރިޕޯޓެއް ނެރެވޭނެ. ކަމާގުޅޭ މަގާމުގަ ހުރި އިސް މީހެއް އެއީ. ނެރޭ ރިޕޯޓް ނަޝީދަށް ގަބޫލުކުރެވޭނެ. ދެން ވެގެން މިއުޅެނީ ކީއް؟
ސަމޫ
05 June 2021
ސިފައިންނަށް ހީވާކަހަލަ ތިމަންނަ މެން މިއީ “ އަންޓަޗަބަލް “ ބައެކޭ.. ނޫން އިނގޭތޯ.. އެހެނެއް ނޫން އެކަން އޮތީ.. ޖަވާބު ދާރީ ކުރެވޭނެ.. ޖަވާބު ދޭން ޖެހޭނީ ވެސް.. އެންކަލު ބޫޓެއް ލައިފަ ޔުނީފޯމް އެޅީމަ ހީވަނީތަ ތިމާމެން ވަރު ބައެއް ނެތޭ..
ޙޮޅި ބަޅު
05 June 2021
ޕޮލިސް އަކީ ޒަމާނީ ބަދަލުތަކަށް ހޭނިފައި އޮތް ތަހުޒީބު ބައެއް އުޅޭ މުއައްސަސާއެއް.. އެއާއި ހިލާފަށް “ދ” ބާރަކީ ބޯހަރު ގޮތް ދޫނުކުރާ ޒަމާނީ ބަދަލުތަކަށް ނުހޭނޭ މުއައްސަސާއެއް.. އަދި ވެސް ލޮގު ފޮތުގަ ލިޔެގެން ކަންކުރާ ބައެއް!!! “ ދ “ ބާރު އިސްލާހު ކުރޭ..
ދޮންބެއަލީ
05 June 2021
މިހާރު ދިމާއިދިކޮޅަށް މަސައްކަތް ކުރަން ދިމާވެފައިވަނީ ތިމާމެންގެ ޤާބިލުކަން ނެތުމުން. ކީހާޅެން ފަރިންސަށްވެގެން ގޮސްފި، ޤައުމުން 200 ގާތަށް ފުރާނެ ގެއްލިގެން ގޮސް އިޤްތިޞާދީ ބޮޑު ތަދުމަޑުކަމެއް ގެ ތެރެއަށް ވެއްޓުނު އިރުވެސް 241 ކޮމެޓީ ޑްރާމާ ކުޅުމުގައި،، ތިޔަ 241 ކޮމެޓީއިން އެންބިއުލާސް ފޮނުވުމާއި ކޯލު ސެންޓަރު މައްސަލަ ބަލާ އެތަނަށް ޒިޔާރަތް ކުރުން މިވަގުތަށް މާ އައުލާކަން ބޮޑު..65 މެމްބަރުން ބޭނުން ކެޑިއްޖެ .. ނަތީޖާއެއް ނުފެނޭ..
ލަތީފާ
05 June 2021
މި ބޮޑު ބަލިމަޑުކަމާއި ދަތިކަމުގައި ނަޝީދު ނޫން ކަމެއް ނެތީތޯ؟ ކިތައް ކިތައް މީހުން ތޯ ރަހުމުކުޑަކޮށް ސިޔާސީ ބޮޑެތި ކުއްވެރިން އަޑީގައި ތިބެގެން މަރާލެވުނީ؟ ނަޝީދު ގާނޫނާއި ހިލާފަށް ގާޒީއެއް ހައްޔަރުކޮށް (ރަހީނު) އުޅުމުންވެސް ނަޝީދުގެ މައްޗަށް ހުކުމެއް ނާދޭ! ނަޝީދު އަދި އޭނާގެ އާއިލާ އަދި އެކްޓިވިސްޓުން ގާނޫންނަށް ވުރެ މަތީތޯ؟
ޑެނީ
05 June 2021
މީ ފަހުތަޅާ ލުންގަނޑު ، 241 އެކަނި ގައުމު ހިނަގަން ވީނުން ،
އެލޮކޮސް
05 June 2021
ކޮންޑްރާމާތަކެއް ކުޅޭބައެއްތަ؟ ތިތަނަކީ މިހާރު ބޮޑުޖޯކަކަށްވެ ނިމިއްޖެ ކެނެރީގޭ ބަދިގެ!