ތާޕްސީ އަދި ވަރުން އާއި ޖެކްލީން
22 ނޮވެމްބަރ 2016 - 06:13
ސަލްމާން ޚާން ޑަބަލް ރޯލު ކުޅުނު 1997 ގެ ރިލީޒް "ޖުޅްވާ"ގެ ރިމޭކް މިހާރު އިއުލާން ކޮށްފައިވާއިރު މިފަހަރުގެ ފިލްމުގައި ވަރުން ދަވަން ޑަބަލް ރޯލު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ބަތަލާއިންނަކީ ޖެކްލީން ފެނާންޑިސް އާއި ތާޕްސީ ޕަންނޫ އެވެ.
"ޖުޅްވާ"ގެ ފުރަތަމަ ބައި ވެސް ޕްރޮޑިއުސްކުރީ ސާޖިދު ނަދިއަދްވާލާ އެވެ. ޑައިރެކްޓްކޮށްފައި ވަނީ ޑޭވިޑް ދަވަން އެވެ. މިފަހަރުގެ ފިލްމު ވެސް ޕްރޮޑިއުސްކުރަނީ ސާޖިދެވެ. ޑައިރެކްޓަރަކީ ޑޭވިޑެވެ.
ޖެކްލީން އާއި ވަރޫން މީގެ ކުރިން ވަނީ ރޯހިތު ދަވަންގެ "ދިޝޫމް"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ތާޕްސީ އާއި ވަރުން އެކުގައި ފުރަތަމަ ފަހަރަށް ފެންނަނީ "ޖުޅްވާ 2" އިންނެވެ. މިއީ ބައްޕަ ޑޭވިޑްގެ ފިލްމެއްގައި ވަރުން ބައިވެރިވާ ފުރަތަމަ ފިލްމެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ތައްޔާރުކުރާ މި ފިލްމުގެ އެކްޝަން މަންޒަރުތަކަށް ހޮލީވުޑް ފިލްމު "ފާސްޓް އެންޑް ފިއުރިއަސް"ގެ އެކްޝަން ކޯޑިނޭޓަރު ވަނީ ހަމަޖައްސާފަ އެވެ. އަދި ފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް ނަގަންހަމަޖެހިފައި ވަނީ ވެސް ހޮލީވުޑް ސްޓޫޑިއޯއެއްގަ އެވެ. މިހާރުވެސް ބައެއް މަންޒަރުތައް ޝޫޓިން ފެށިފައިވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޭ
27 November 2016
ޥަރަފުފުރި ޙަމަ ޢެޢްބަސްވަވަމެވެ.