މާބަނޑު މީހާގެ އޯވަރީން ނެގި ބޮޑު ސިސްޓު.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް
06 ޖޫން 2021 - 11:49
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރައި ވިހަން ދިޔަ މާބަނޑު މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައި ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު ވިދާޅުވީ ރ. ހުޅުދުއްފާރުން ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެއްގެ ސްކޭން ހެދިއިރު ވާތްފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން އެނގުނު ކަމަށެވެ.
އެހެންވެ، މިިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ދެ ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނުގައި 24 ސެންޓިމީޓަރު ދިގު އަދި 20 ސެންޓިމީޓަރު ފުޅާ ސިސްޓެއް ނެގި އެވެ. އެކަން ކުރުމުގައި ތިން ޕައިންޓުގެ ލޭ އަޅަންޖެހުނު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މާބަނޑު މީހާގެ އޯވަރީން ނެގި ބޮޑު ސިސްޓު.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް
އެ އޮޕަރޭޝަން ކުރެއްވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު، ޑރ. ލުތުފީ ބާޝާ އެވެ.
"މަންމަ އާއި ދަރިފުޅު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި،" ދާއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ތަނެއްގައި ކުރި މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
06 June 2021
ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި މީގެކުރިން ވަނީ ތިފަދަ އޮޕަރޭޝަން ތަކެއްކޮއްކޮށްފަ. އޭރު ނަޝީދު ސަރުކާރުގަ ސެންޓްރަލް ހެލްތް ކޯޕަރޭޝަނުން އެ ހޮސްޕިޓަލް ހިނގި އިރު، ޖަރުމަނުންވެސް ޑޮކްޓަރުން ގެނައި... ނަމަވެސް ބަޤާވާތަކުން ނަޝީދުގެ ސަރުކާރު ވައްޓާލުމުން އިހުހުރި ހާލަތައް ވަނީ ވެއްޓިފަ...
ދ.ބޮޑުހުވަދޫ
06 June 2021
ތެދެއް. އޭރު ވަރަށް ގިނައިން ފުރަގަސްފަރާތުގެ އޮޕަރޭޝަންތަކެއް ކުރި. އެ އޮޕަރޭޝަންތަށް ކުރީ އިންޑިއާގެ ޑޮކްޓަރެއް. ބަޢާވަތަކުންނެއް ނޫން. އަމިއްލަ ފުޅަށް ނަޝީދު އިސްތިއުފާ ދިނީ. މިހާރުވެސް މިއޮއްތީ އެމްޑީޕީގެ ސަރުކާރު. އެކަމަކު ދަތެއް އުފުރާލަންވިއްޔަސް އަދިވެސް ދާންޖެހެނީ ލ ގަމަށް ނުވަތަ ކަނޑިންމަ މޯލްޑިވްސްއަށް.އެކަމަކު މިސަރުކާރުން ދ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ނަމެއްގައި ދެއޯ
ާއާން
06 June 2021
ޢާން ނަޝީދު މިގައުމު މިފެންވަރަށް ގެނެސްދިނީ އެއީ އެކަމަކު އަލާއުއްދީނުގެ މެޖިކް ލޭމްޕު ބޭނުން ކޮށްގެން އެތަރައްގީއެއް އެއެއްޗެއް ފެންނާކަށް ނުހުންނާނެ. ވެރިކަން ނިމުނީމަ ނިމުނީ
ރޫހާނީ ލީޑަރު
06 June 2021
ހަޑިގިއްލާ މޮޅެތި ވާހަކަ ނުދައްކާ ދޭބަލަ ފެންވަރާ ގައިން ތާހިރުވާން.
މުހުއްމަދު
06 June 2021
ސުބުޙާނައްﷲ