07 ޖޫން 2021 - 15:30
ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައި، އެ މައްސަލަގަނޑު ބޮޑު ކުރާތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ އަށް މަގުފަހިވި ގޮތާއި ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ފަށާފައިވާ އިންކުއަރީ އަށް ސިފައިންގެ 29 އޮފިސަރަކާއި ހަތް ފުލުހަކު ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުވާނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީގައި ސޮއި ކުރެއްވި، މިނިސްޓަރުގެ ނައިބު ޒަމީލަށް ފިޔަވަޅު އެޅުމަށް ނަޝީދު އިސްނަންގަވައިގެން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ތަހުގީގީ އިދާރާ ނުވަތަ ފުލުސް އޮފީހަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ލަފާދީ، ޕީޖީ ހުސައިން ޝަމީމް ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
ޒަމީލްގެ މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީ އަށް ވެސް ނަޝީދު ފޮނުއްވި އެވެ. ނަމަވެސް އެ ކޮމިޓީން އެ މައްސަލަ ނުބަލައި ރޭ ބޭރުކޮށްލުމުން، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް އިސް މެންބަރުން ހިމެނޭ ގޮތަށް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އިންކުއަރީ އަށް ހުރަސް ނޭޅުމަށް ގޮވާލައިފަ އެވެ.
241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ
މި މައްސަލަ ހޫނުވެފައި ވަނިކޮށް، 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ބަހުސް ކުރަން ޖެހޭނީ މިހާރު މިކަން ހިނގާފައިވާ ގޮތަށް ވުރެ ފުޅާ ދާއިރާއެއްގައި ކަމަށެވެ. އަދި ކޮމިޓީތަކަށް މައްސަލަ ހުށަހަޅަން ޖެހޭ ތަރުތީބަށް ވެސް ހުރިހާ ފަރާތްތަކަކުން އަމަލު ކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެއް ރޭ ދަންވަރު ކޮމިޓީއެއް ބާއްވާފައި އިމްތިޔާޒްގެ މައްސަލައެއް، މައްސަލަ އަމާޒް ކުރަންވީ ކޮން ފަރާތަކަށް ކަން ސާފު ނުވާ ގޮތަށް މިކަން ކުރެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޒަމީލްގެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ހުށަހަޅާފައިވާތީ، މަޖިލީހުގެ މެމްބަރެއްގެ އިތުރުން 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވެސް ކަންބޮޑުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެފަދަ ކަންކަން ހިނގާ ނަމަ އޭގެ އަސަރު އިންކުއަރީ އަށް ކުރާނެ ކަމަށާއި އިންކުއަރީގެ މަސައްކަތަށް ފަހިވާ ގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރުމަށް އަސްލަމް އެދިވަޑައިގަތެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލް: މަޖިލީހުގެ އިދާރާ އަށް އޭނާ ފޮނުއްވި ސިޓީގެ މައްސަލައިން މިވަގުތަށް ވަނީ ސަލާމަތް ވެފައި.
"އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްއާ ވެސް ވާހަކަ ދެއްކިން. އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސްއާ ވެސް އަޅުގަނޑު ވާހަކަ ދެއްކިން. ނަމަވެސް އޭރު ކަންތައް އޮތީ އެ ހިސާބުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވިގޮތުގައި، ޒަމީލްގެ އިމްތިޔާޒްގެ މައްސަލައެއް އޮތް ކަމަކަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާހަގަ ކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޓީން އެފަދަ ކަމެއް ހުށަހެޅުމަށް ނުވަތަ އެހެން ކޮމިޓީއަކަށް ފޮނުވުމަކަށް އަދި މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ނިންމަވާފައިވާއިރު، އެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުން އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަ ވެފަ އެވެ. ޚާއްސަކޮށް މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ވެސް ބައެއް މެމްބަރުންގެ ވޯޓާއެކު ކަމަށް ވުމުން އިތުރަށް ވަނީ އެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފަ އެވެ. ނަޝީދުގެ ސަޕޯޓަރުން މި މައްސަލަތަކުގައި އިނގިލި ދިއްކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިބީދަރި1
08 June 2021
މަޖުުލިހުގެ ގަވައިދުތައް މުގުރާ މީހަކު މަޖިލިހުގެ ރަައީސް ކަމުގަ ނުބެހެއްޓޭނެ. ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓުނަގާ އޭނާ ހަމަބިމަށް ބާލުވަންޖެެހޭ އެބަ! #އެލެކްސްއައުޓް
ކަނބިލި
08 June 2021
ނަޝީދު އަންގާ ގޮތް ނޫން ގޮތެއް އެބައޮތްތޯ
ލޮލުގެރަވަ
08 June 2021
ދިވެހިރާއްޖެއަށް އާންމުކޮށް ވައްކަމާއި ކަރަޕްޝަން އާންމުކުރީ ތިޔަ ނަޝީދު. އެކަލޭގެ ފަހަތުގައި އޭރުވެސް ހުރި އެކަކު ކަލެއަކީ. އެކަމުގެ ހެއްކަކީ، އޭރު މަޖިލީހުގައި ތިބި އަލީވަހީދާއި އަލްހާނަށް ފައިސާ ދީގެން އެމްޑީޕީއަށް ސޮއިކުރުވުން. ދިވެހިރާއްޖޭގެ އެތައް ފަޅުރަށެއް ރަހްމަތްތެރިންނަށް އެއްވެސް އަގަކާނުލައި އެއްވެސް ކަހަލަ ކަމުދަނިވި ޕްރޮޕޯސަލްއަކާ ނުލައި ބަހައިލުން. މިގޮތަށް ރަށް ލިބިގެން ނަފާ ހޯދާ މީހުން ތިޔަ މަޖިލީހުގައިވެސް މިހާރު ތިބޭނެ.
ދޮން ބިލެތް
08 June 2021
މަށަކަށް ނުލިބެޔޭ.
ޢިހްސާސް
08 June 2021
ކެނެރީގެއަށް ވެރިކަން ފުރޮޅާލަން ތެޅޭ ވައްތަރުދޯ. ޢަހަރެމެން ހޮވީ އިބޫ. ކަމުނުދަންޏާ ބާލާނީވެސް އަހަރެމެން ރައްޔިތުން. އެހެނޭ ކިޔާފަ ނަޝީދު ހަމަހުންނަން ޖެހޭނީ.
ނަފްރަތު
08 June 2021
ޏަފުރަތުގެ ބިލް ބަދަލުވާން އެބަޖެހަެ މި މަޖިލިސް ގަ މި ގަންނަ ގަޑު ހުއްޓުވާ މިމީހުން އަށް އަދަބު ދެވެ ގޮތައް
ޓީނޫ އާނަންދު
07 June 2021
80ގެ އަހަރުތަކުގައި އަމީތާބުގެ "ކާލިއާ" ފިލްމު ބެލި މީހުންނަށް އެފިލްމުގެ އެންމެކަމުދާ އެއް ޑައިލޮގަކީ "ހަމްބީ ވޯ ހޭ ޖޯ ކަބީ ކިސީކޭ ޕީޗޭ ނެހީ ކަޅޭ ހޯތޭހޭ، ޔަނހާ ކަޅޭ ހޯޖާތޭހޭ... ލައިން ވަހީސޭ ޝުރޫ ހޯތީހޭ!" އެވެ. މި ޑައިލޮގް އޭރު ހިތުގަ ބިންވަޅު ނެގުނު އޭރުގެ ޓީނޭޖަރުންނާއި ޒުވާނުންގެ ތެރެއިން އެއްބަޔަކު މިއަދު ވަނީ ސިޔާސީވެރިންނަށް ވެފައެވެ، އަދި މިފެންނަނީ އޭގެ ތެރެއިންބަޔަކު މިޑައިލޮގުގަ ބުނާ މަފުހޫމް ރިއަލްލައިފްގައި އެޕްލައިކުރަން އުޅޭތަނެވެ.
ފޮނުގަނޑު
07 June 2021
ވަރަށް ރަނގަޅު ވާހަކައެއް. ނަޝީދު ބޭނުންވަނީ އޭނަ ހުންނަ ހިސާބުން އޭނަގެ ފަހަތުން ޤާނޫނު ފެށެން. އޭނަ ބޭނުންވާ ގޮތަކަށް ޤާނޫނު މާނަކޮށް އިޖުރާޢާތުތައްވެސް އޭނާ އެއިރަކު ބޭނުންވާ ގޮތަކަށް އެކަން އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރަނީ. އެކަމުގެ ހެއްކެއް ސްޓޭޓް މިނިސްޓަރުގެ އިމްތިޔާޒު މައްސަލަ ހުރިހާ އިޖުރާޢަތުތަކެއް އޯވާރައިޑްކޮށްފަ އޭނަ6ސީދާ ޕީޖީއަށް އެ މައްސަލަ ޕްރޮސެކިއުޓް ކުރަން ހުށަހެޅުން.
އެމްސް
08 June 2021
އެއްވެސްމީހަކަށް ރައް ކާތެރި ކަމެއް ނެތް!
ބައި
07 June 2021
މިދެން ތަންކޮޅެއް ބޮޑުވަރުދޯ؟ ކޮން ސުލޫކީ މައްސަލައެއްގެ ވާހަކަތަ މިކިޔަނީ؟ އެއީ މަޖިލީހާ ބެހޭ މަގާމެއްގައި ހުންނަ މީހެއްނޫން. އެއީ ރައީސް ދޭ މަގާމެއްގައި ހުރި މީހެއް. މާފޮނުނާރުވައި ރައީސަށް ދަންނަވައިގެން އޭނަ ވަޒީފާއިން ވަކިކުރަންޏާ ކޮށްލީމަ ނިމުނީނު. ކަލޭމެން ތިކިޔާ ސްލޫކީ މައްސަލައިގައި އޭނަޔާމެދު ކޮން ފިޔަވަޅެއްތަ އެޅޭނީ؟ ރައީސްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ތަކުގެ ތެރެއަށް ވަދެގަތުންތަ ތީގެ ބޭނުމަކީ؟
ފޮނުގަނޑު
07 June 2021
މަޖިލީހުގެ ވަކި ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމީހުންނަށް ނުބެހެވޭނެ، ނުކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. އެ ވިސްނުމުގެ ދަށުން ކުރެވޭ މޮޔަކަންތައް އެއީ. ވަގުތުކޮޅެއް ނަގާނެ ތިކަން ވެސް އެކުދިން ކޮޅަށް ވިސްނެން.
އަލަގެ ޒަންޑަރ
07 June 2021
ބަލަ ތިބައިމީހުން ތިވިސްނަނީ ކަންފަތު ފުލުންތަ، ނޫނީ ފޫޅުގެ ތެރެއިންތަ، އަނެއްކާ ކޮލުގެ އަރިމަތިންތަ. ނަމަނަމަ ނޭފަތުކުރިން ނުވިސްނާތި.
ސަމަރޭ
07 June 2021
ރައްޔިތުންގެ މަޖިލިސް ނަންބޯޑުގައި ޖަހާފަ އިންނަނީ.. ތަނުގައި ކުރަން ޖެހެނީ ރައްޔިތުންނާ ގައުމުގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތައް ގާނޫނުތަކެއްގެ އެހީގައި ގާނޫނީ އިމުގައި ތިބެގެން.. އެކަމަކު ތިޔަ ތަނުގައި އޮންނަނީ ވަކި މީހަކު ބޭނުންވާ ގޮތަކަށް އޭނާގެ ހިތަށް ފެންނަ ގޮތަކަށް ކަން ކުރުން. ދެން ތިބެނީ އެގޮތަށް އެކަން ކޮށްދޭން ޖާނާމާލު ދޭ މީހުނާ އެއާ ސީދާ ދެކޮޅުމީހުނާ ރައްޔިތުން އެބަޔަކު ހޮވީމާ އެތަނަށް ހާޒިރުވެސް ނުވެ ބޮޑު މުސާރަ ކައިގެން ތިބޭ މީހުނާ. ރައްޔިތަކާ ގުޅުންހުރި ކަމެއް ކުރި ދުވަހެއް މީގެން ދުވަހަކުނެތް.. އެކަމަކު ރައްޔިތުންގެ މަޖިލިސްއޯމީ.. ދެން ކައިރި މުސްތަގްބަލެއްގައިވެސް ތިޔަ ބަޔަކު ވެރިކަމަށް ގެންނަން ރައްޔިތުން ވޯޓެއް ނުދޭނެ.. ދައުރު ހަމަވަންދެން ތިބޭ..
އެމްސް
08 June 2021
ކަރަޕްޝަނާއި އެއް ކޮޅުމީހުން ހާދަ ގިނައޭ!
އެމްސް
07 June 2021
މިއޮތީވާ ޤައުމެއް! ފުލުހުންގެ މައްސަލައެއް ފުލުހުން ތަޙްޤީގް ކުރަންވީމަޔޯ؟ ވަކިވަކި ސިފައިންނާއި ކުރަންޖެހޭ ސުވާލަށް އެހެންބަޔަކަށް ޖަވާބުދާރީ ވެވިދާނެބާ؟ ތަޙްޤީގަށް އިތުބާރު ހޯދުނީސް މީގެ ކުރީގަ ހިނގާދިޔަ މިފަދަ ބޮޑެތި މައްސަލަތަކަށް ނިމުމެއް އައިއްސަ އޮތްނަމަ! ޑރ. އަފްރާޝީމް، ރިލްވާން، ޔާމީން ރަޝީދު، . . . . . . !