"އެއް ފުލުހަކީ ޕަބްލިކް ޓްރެއިނިން އޯޑާ ހަދައިފައި ނުވި ނަމަވެސް، ޓިމު ލީޑުކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައި ނުވާ ފުލުހެއް."
މެއި 1، 2021: ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ: މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފުލުހުން ޕެޕަސްޕެރާ ޖަހަނީ.--
09 ޖޫން 2021 - 21:43
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރޭ މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މުޒާހަރާ ރޫޅާލުމަށް އުޅުނު ދެ ފުލުހަކު ތަމްރީނު ފުރިހަމަ ކޮށްފައިނުވާކަން އެނގިއްޖެ އެވެ.
އެ ރޭގެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. ނަމަވެސް ބާކީ ދެ ފުލުހުން މި ތަމްރީނު ފުރިހަމަ ކޮށްފައެއް ނުވެ އެވެ.
މި މައުލޫމަތު ހާމަވީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ގަލޮޅު ދެކެނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކައިލް އަހްމަދު ނަސީމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސިޓީ އަށް މިއަދު ދެއްވި ޖަވާބުންނެވެ. އިމްރާންގެ ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފަ އެވެ.
1- މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅި ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟
2- މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟
3- މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައި ތިބި ފުލުހުންތޯ؟
4- މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟
5- ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟
އިމްރާންގެ ސިޓީގައި ވިދާޅުވީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމައި، މިހާރު އޮތީ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާ މެދު ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ އަދި އެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންގަނޑަށް، ސާވިސް ނަންބަރު ވެސް ފެންނަ ގޮތަށް ކަމަށް އެ ސިޓީގައި ވެ އެވެ.
މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބާކީ ދެ ފުލުހުންގެ [މުޒާހަރާ ރޫޅާލުމުގައި އުޅުނު 10 ފުލުހުންގެ ތެރެއިން 2 ފުލުހުންގެ] ތެރެއިން އެއް ފުލުހަކީ ޕަބްލިކް ޓްރެއިނިން އޯޑާ ހަދައިފައި ނުވި ނަމަވެސް، ޓީމު ލީޑުކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައި ނުވާ ފުލުހެއް،" އިމްރާން ވިދާޅުވި އެވެ.
އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ފުލުހުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު، ފުލުހުން އަބަދު ވެސް ހާމަކުރަމުން ދަނީ ތަފާތު ކުރުމެއް ނެތި އާންމުކޮށް އަމަލުކުރެވޭ އެއް އުސޫލަކުން ކަމަށެވެ. އަދި ވަނަވަރު އާންމުކުރާއިރު، ޖިނާއީ ބޮޑެތި ކުށްތަކުގައި ވަނަވަރު އާންމު ކުރެވޭނީ ކށުގެ ތަބީއަތާއި ކުށުގެ ކުޑަބޮޑު މިނާ އެކު، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާ އާއި އެ މީހަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރާ ކަމުގެ ރިކޯޑް އޮތް މީހެއްތޯ އާއި އެ ކުށުގެ އަމަލަކާއި ޖުމުލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު އޮތް ގޮތެއް ބެލުމަށް ފަހު ކަމަށް އިމްރާން ވިދާޅުވި އެވެ.
ބޮޑީ ކެމެރާއާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، އެއީ ޕޮލިސީ ލެވެލްގައި ކުރަން ނިންމައި، ކެމެރާތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދައުލަތުގެ ބަޖެޓުން އެ ޚަރަދު ނުކުރެވުމާ ގުޅިގެން މި އަހަރުގެ ބަޖެޓުގައި އެކަން ވަނީ ހިމަނައިފަ އެވެ. އަދި 1،400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގުރާމެއް ހިންގައި ރިލައިބިލިޓީ އަށް ބަލައި އެމެރިކާގެ އެކްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެއި 1، 2021: މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަން ކުރަން ނުފެންނަ ކަމަށް އެ ބޯޑުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. ބޮޑީ ކެމެރާތައް ޕްރޮކިއުކޮށް، މި އަހަރުގެ ތެރޭގައި ބޭނުންކުރެވުމަކީ އެ މިނިސްޓްރީ އާއި ފުލުހުންގެ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާގައި ފުލުހުން އާންމުންނަށް ކުރި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިންމައި، މިކަމުގައި ތުހުމަތުވާ ފުލުހުންނަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އާންމުންގެ ގިނަ ބަޔަކު މިއަދު ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ އެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.
މުޒާހަރާ އަށް ހުރަސް އަޅައި، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖިލިސް
10 June 2021
ޢެރޭ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މުޒާހަރާގެ ބައެއް ބައިވެރިންގެ ވާހަކަ ނުލިޔަނީ ކީއްވެތޯ؟ ވީޑިއޯ ފޮޓޯތަކުން އެހެރީ ފެންނަށް. ޓްވިޓާގެ ފުލުހުންގެ ފަރާތުން ގޯހެއް ފެނުނީ ހީވީ އަރައިގަތްހެން. ޢެމީހުންގެ މައްސަލަވެސް ބެލުމަށްގޮވާލަން. ފުލުހުންނަށް ކޮންމެގޯނާއެއް ކުރިއަސް ކަންބޮޑުވާ މީހަކުނޫލެ. މިއީވާ ގައުމެއް.
އަންތަރީސްޑް
10 June 2021
ކޯސް ފުރިހަމަ ނުކުރިނަމަވެސް ޓީމް ލީޑް ކުރަމުން އަންނަތާ އަހަރެއް ވެފައިވާ ފުލުހެކޭ؟ ކޯސް ހަދައިން ތިބި މީހުންގެ ޓީމް ލީޑް ކުރަނީ ކޯސް ނުހަދާ އިން މީހެއް.. ސަޅިއެއްނު. އަނެއްކާ ދެން އިނީ ރެކްރޫޓް ކޯސްވެސް ފުރިހަމަ ނުކުރާ މީހެއް.. އޭނައެކޭ މަގުމަތިން ދަނިކޮށް ގެނެސް ޔުނިފޯރމް ލައްވާފަ ނެރޭ މީހެކޭ ކޮބާ ތަފާތެއް؟ އަޖައިބު އަންތަރީސްވާހާ ވޭ...
1828
10 June 2021
ދެން އެދެ ފުލުހުންގެ މައްސަލައެއް ނޫން ނަމެއްގައި އުފައްދާފައިވާ 'ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް' އިން ބަލާނީ. ބަލަންވާނީ އެދެ ފުލުހުން އެތަނަށް ފޮނުވަން އަމުރުކުރި ވެރިއެއްގެ މައްސަލަ. އެކަމަކު އާހިރުގައި ހިއްކަން އަޅާނީ ޖޫނިޔާ އެދެ ފުލުހުން. ވެެރިންނާ ދެކޮޅަށް ވަރަށް މައްސަލައެއް ނުހިނގާނެ ކުރިން ބުނި ކޮމާންޑްއިން. މިކަންތައް ނޫސްތަކުން ވަރަށް ގާތުން ބަލަން ޖެހޭ.
ޢެސް ސީ
09 June 2021
އެސް ސީ ގަ އައި.ޖީ.އެމް.އެޗްގަ ފޯރި މެރި ސޮރުން އޭރުވެސް އެނގޭ އަސްލު ފުލުހަކަށް ވެއްޖިއްޔާ އެސޮރުގެ ނުހުންނާނެކަން ހައްޓަކު ހެޔެއް. މީހުންނަށް އަނިޔާކުރާކަށް.
1828
09 June 2021
އެއީ އެދެ ފުލުހުންގެ މައްސަލައެއް ތޯ؟
ޖިސްކާއީލް
09 June 2021
ތިއީ އަޅެ މީހުން މަޖިލިސް އަށް ގެނަސް ސުވާލުކުރާވަރު ކަމެއްތަ! މީހަކު މީހަކަށް އަނިޔައެއް ކުރީކީ ނޫން. ޢަމިއްލައަަށް ތެޅިފޮޅުނުތަން ފެނޭ. ގައުމުގަ އެބަހުރި ތިއަށް ވުރެ މުހިންމު ކަންކަން.
މިސްކާއީލް
11 June 2021
އަސްލުވެސްދޯ. މި ނޫސްވެރިންނަށް ހީވާކަހަލަ މިނޫންބައެއް ނެތޭ.