ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި މީހަކު ލިޔުމެއް ހިފައިގެން. -- ފައިލް ފޮޓޯ: މިހާރު
10 ޖޫން 2021 - 23:52
އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއަރައި އަދި އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އިން ބުނި ގޮތުގައި ނޯތު ޕޮލިސް ޑިވިޝަން (ނ، ރ، ބ އަދި ޅ އަތޮޅު ސަރަހައްދު) ގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ ދިވެހި އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅީ އިއްޔެ އެވެ.
އަންހެން މީހާގެ ފަރާތުން އިތުރު ކުދިންނަށް ވެސް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މައްސަލަ ބަލަމުން އައި ނަމަވެސް އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހާ އަކީ އެ ރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އެ މީހާ މިހާރު ވަނީ އަމިއްލަ އަށް އޭނާގެ ރަށަށް ގޮސްފައި ކަމަށްވެ އެވެ.
މިކަން ހިނގި ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ޓީޗަރު ކުއްޖާއަށް ޖިންސީ މުއާމަލާތްތަކެއް ކޮށްފައިވެ އެވެ. އެ މައްސަލަ ފަޅައިއެރުމާ އެކު މިއަދު ފުލުހުންނާއި ޖެންޑާގެ ޓީމެއް އެރަށަށް ގޮސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފް
11 June 2021
އަންހެންވެރިން ވެސް މިކަން ފެށީމަ ދެން ނެތެނު އިތުބާރު ކުރާނެ ހަމަ އެކަކުވެސް.
ދޮންތ
11 June 2021
އެމެރިކާގައި ނޫނަސް ލަދުވެތި ދެރަކަންތައް އެބަ ހިނގައެވެ.ފުރާވަރުގެކުދިން ވާވައްދައިގެން މިޒާތުގެ ބަދުއަމަލުތައްެސް ވެސް ހަމަހިންގަނީއެވެ. އަނިޔާއާ ގޯނާތަކާ ފޮށުން ތަކަކީ ހަމަ އެކަނި އެއްފަރާތަކުން ދިމާވާކަމެއްނޫނެވެ.އަންހެނުންގެ ފަރާތުން ފިރިހެނުންނާ ފިރިހެން ކުދިންނަށްވެސް މެއެވެ. މިވެސް އިތުރަށް އަހަރެމެން ސަމާލުކަން ދޭންޖެހޭކަމެކެވެ.
އަލިފުޅު3
11 June 2021
މި ޚަބަރު ފެނިގެން ސޯޝަލް މީޑިއާގަ ދިވެހި ކަނބަލުން އުތުރި އަރާތަން ނުފެނިގެން މިއުޅެނީ! ނެފްރޯފަރޯ މެން މާޝީ މެނަށް އަދި މި ޚަބަރު ނުފެންނަނީ ހެން ހީވަނީ! 26 އަހަރުގެ އަންހެން ޓީޗަރަކު (17 އަހަރުގެ) ފިރިހެން ދަރިވަކަށް 'ޖ-ގޯނާ'' ކުރާ ގޮތާ 26 އަހަރުގެ ފިރިހެން ޓީޗަރަކު 17 އަހަރުގެ އަންހެން ދަރިވަރަކަށް 'ޖ-ގޯނާ'' ކުރާ ގޮތް ހަމަ ހަޤީގަތުގަވެސް ވަރަށް ތަފާތު ދެއްތޯ!
ސުންޓިއާ
11 June 2021
މިސް ކިހިނެއް ތި ހެދީ.
މަންމަ
11 June 2021
ވަރަށް ދެރައެވެ! މި ހުންނަނީ ނުރައްކާތެރިކަން ބޮޑު، އަޚްލާޤީ ގޮތުން އެންމެ ދަށުދަރަޖައިގެ ޢަމަލުތަކެވެ. މިފަދަ ކަންކަމުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަށް އެންމެ ބޮޑަށް އެއްބާރުން ދެވޭނެ، އެންމެ މު ހިންމު ބަޔަކީ މަންމައިންނެވެ. ކުޑައިރުއްސުރެ ގޭތެރޭގައި ވެސް އަދި ބޭރުގައި ވެސް ދަރިންނަށް ނަސޭޙަތްދީ، ފާރަވެރިވުމެވެ.
ގިތެޔޮގުޅި
11 June 2021
އަހަރެން ބޭނުން މަޖިލީހަށް ބިލެއް ވައްދަން، މަގުމަތީގަ ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މީހުންނަކީ އެހެން މީހުނަށް ޖިންސީ ގޯނާކުރާ ބައެއްކަމަށް ކަނޑައަޅާދޭން. ވަރަށް ގޯނާ ލިބޭ އެކަހަލަ ކަންތައް ކުރީމަ، ދުއްވާފަ ދާއިރުވެސް. ބިންމައްޗަށް ބެލިޔަސް ލާފަ ތިބޭ އެއްޗިހި ކުރުވީމަ ނޯވޭ ސަލާމަތެއް.
ޗޮސްބެ
11 June 2021
މާސްކް ތަންކޮޅެއް މައްޗަށް ޖައްސާލަބަަަ.
ކުދިން45
11 June 2021
ކޮން ބޯގޯސް ވާހަކައެއް މިއީ
އައްބެ
11 June 2021
އެމީހާގެ ވަނަވަރު ހިމާޔަތްކުރަން ބޭނުމިއްޔާ ބުނެބަލަ އެއީ އިންސާނެކޭ. މިޒަމާނަކީ މީހެއްގެ ދުވަސް ދުއްވާލަން ކޮންމެފަދަކަމެއް ކޮށްފާނެ ޒަމާނެއް. ތިމާ ހަސަދަވެރިވާ މީހެއް ދިރިހުއްޓާ މަރާލުމަށް އޭނާގެ އަބުރުކަތިލުމަށް ރާވައިގެން ޖަރީމާތައް (ބްލެކްމެއިލްކުރުން، ދޮގުބަދުނާމު އެޅުވުން، ދޮގުހެކިދިނުން) ހިންގަދާނެ. ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ޖިންސީގޯނާކޮށް ޒިނޭކޮށް ރޭޕް ކުރާމީހުންވެސް ހަމަ އެހާމެގިނަ. މިޤައުމުގައި ނުކުރާކަށް ނުބައިކަމެއްނެތް މިހާރު.
ށަވިޔަނި
11 June 2021
ތިޓީމު ނުގޮސް ތިކަން ނުބެލެނީތަ؟ މިހެން މިބުނީ ތިކަހަލަ ޓީމްތައް ރަށްރަށަށް ގޮސް ކޮވިޑް ބަހާހެން ހީވާތީއެވެ.
ނަންނުޖަހަ
11 June 2021
ތީއަނެއްކާ ހާދަވަރުގަދަ އަންހެނެކޭދޯ!
ގފސސ
11 June 2021
އަންހެނުންވެސް ޖިންސީ ގޯނާ ކުރޭތަ.