މާފުށީ ޖަލު:-- ފައިލް ފޮޓޯ: މިހާރު
12 ޖޫން 2021 - 14:46
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާފުށީ ޖަލުގައި ރޭ ފަތިހު ފެށި ބޮޑު އޮޕަރޭޝަނުގައި ހަމަނުޖެހުން ހިނގައި ބަޔަކަށް އަނިޔާވީ ހަރުކަށި ފިކުރުގެ މީހުން ތިބޭ ދެ ގޮޅިއެއްގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވި އޮޕަރޭޝަންގައި ޖަލުގެ ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައި ވާއިރު އެކަން ހިނގީ ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ހަރުކަށިފިކުރު ފަތުރާކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ލ. އަތޮޅުގައި ލޯންޗުތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުކުރާ ހަރުކަށި ފިކުރުގެ މީހުން ތިބި ދެ ގޮޅީގައިކަން ވަނީ އެނގިފަ އެވެ. ލޯންޗްގައި ރޯކުރި މީހުންގެ ތެރޭގައި، ސަލްޓަން ޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުނު މީހަކު ވެސް ހިމެނެ އެވެ.
މި މީހުން ތިބި ދެ ގޮޅިއަށް ވަންނަން އުޅުނުއިރު ވެސް އެ ތަނުގެ ތެރޭގައި ތިބި މީހުން ދިޔައީ ހަޅޭއްލަވަމުންކަން އެނގިފައި ވެ އެވެ.
ހަތިޔާރާއި ކުއްތާ ވެސް ހިފައިގެން ގޮސް ސިފައިންނާއި ފުލުހުން ގޮޅިއަކަށް ވަނީ އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށާއި ކޮންމެ ގޮޅިއެއް ފާސްކުރަން ގަޑިއިރެއްވަރު ހޭދަކުރިއިރު ކަމަށް ވަނީ އެނގިފަ އެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލާފައިވެ އެވެ.
އެ ތަންތަން ފާސްކޮށް ނިންމުމަށްފަހު، އެހެން ގޮޅިތައް ބަލަމުން ދިޔައިރު ވެސް ހަރުކަށި ފިކުރުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ދިޔައީ ހަޅޭއްލަވަމުންނެވެ. އެހެންވެ، ސަލާމަތީ ބާރުތަކުގެ ފައުޖުން އެ ދެ ގޮޅިއަށް ދެ ވަނަ ފަހަރަށް ވަދެ ބަޔަކު ގެންދިޔައީ އެވެ. ގަދަ ދައްކަމުން ދިޔަ އެ މީހުން އަނބުރާ ގޮޅިއަށް ގެންދިޔައިރު ޒަހަމްވެފައިވާ ކަމަށްވެ އެވެ.
ޖަލުގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން އަދި ރަސްމީކޮށް ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އަދި ޖަލަކީ ހަރުކަށި ފިކުރު ފަތުރާ އަދި އެ ފިކުރުގެ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތައް ރޭވިގެން އައި ތަނުގެ ގޮތުގައި ވެސް ބެލެވިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހެއް
14 June 2021
"ސަލާމަތީ ބާރުތަކުގެ ފައުޖުން އެ ދެ ގޮޅިއަށް ދެ ވަނަ ފަހަރަށް ވަދެ ބަޔަކު ގެންދިޔައީ އެވެ. ގަދަ ދައްކަމުން ދިޔަ އެ މީހުން އަނބުރާ ގޮޅިއަށް ގެންދިޔައިރު ޒަހަމްވެފައިވާ ކަމަށްވެ އެވެ." މިއީ ކިހިނެއް ހިނގި ކަމެއްކަން ހާމަކުރާނީ ދައުލަތުގެ ކޮން އިދާރާއަކުން؟ ހަރުކަށި ފިކުރުވެސް ގޯސް. އަނިޔާވެސް ގޯސް.
އަރުތަ
12 June 2021
މުއްލާހެދިގެން އުޅޭ ބައިގަނޑަށް ތިޒާތަށް އުޅެން ފުރުސަތު ދީގެން ނުވާނެ، ތިބައިގަނޑެއްގެ ސަބަބުން ދެންތިބި ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން އެބަޖެހޭ، އެންމެފަހުން މާލޭގަ ގޮއްވާލި ބޮމުގެ ހަމަލާގަވެސް އާއްމުރައްޔިތެއްގެ ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުން ނުހިނގި އެއޮތީ އެނދުމަތިވެފަ، ނަސީބެއް މީހެއްގެ ފުރާނަ ނުދިޔަކަން، ތިބައިގަނޑުގެ ކިބައިން އާއްމު ރައްޔިތުން ސަލާމަތްކޮށްދީ، ހެޔޮނުވާނެ......
އުއިގުރު
12 June 2021
މައުމޫނު ވެރިކަމުގައިވެސް ގާޑުން އަތުން މީހުންނަށް އަނިޔާވެފައި އެބަހުރި އޭގެ އިތުރުން ޖަލުގައި ހިނގި ހަމަނުޖެހުމެއް ކޮންޓުރޯލް ކުރަން ހަވަޔަށް ފަޒާއަށް ބަޑިޖަހާ އެންމެ ފަހުން މީހުންގަޔަށް އުންޑަ އަރާފަ އެބަހުރި ، ޖަލުގެ ސެކިއުރިޓީ ރަނގަޅަށް ބަލަހައްޓަން ޖެހޭ
އަލިތޯފީ
12 June 2021
ކޮމެންޓްތައް ކިޔާލީމަ، ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެކަން އެނގެއެވެ. މިއީ ވަރަށްގިނަވާހަކައެވެ. ހަރުކަށިވަނީވެސް ދިވެހިންނެވެ. މަޑުކަށިވަނީ ވަނީވެސް ދިވެހިންނެވެ. އެހެންވީމަ ފުލުހުންނާއި ސިފައިންވެސް ހަރުކަށިނުވެ ކަންކަން ރަނގަޅެއް ނުކުރެވޭނެއެވެ.
ކޮރަލް
12 June 2021
ހަރުކަށި ފިކުރެކޭ އެއް ގޮތައް ދީނައް ފުރައްސާރަ ކުރާމީޙުންވެސް ހައްޔަރުކޮށް ޖަލައް ލާން ވި އެވެ.
ޥަގަރު
13 June 2021
ޢެމީހުން މިހުން މަރާތަ
ހަސަނު
12 June 2021
މީ އާދައިގެ މީހުންނެއްނޫން.. މީ ދުނިޔޭގަ ނެތް ވަރުގެ ނުރައްކާތެރި ނުބައި މީހުން.. މިމީހުނާ މުއާމަތާތު ކުރުމުގެ ހުނަރު ނެތް ކަމަށް ފެންނަނީ ރާއްޖޭގެ ޕުރިޒަންސް ޑިވިޒަނު ކިބައިގަ... ޓެރެރިސްޓުނާ މެދު އަމަލު ކުޔރާނެ ހާއްސަ އުސޫލު ތަކެއް އެބަ ބޭނުންވޭ.. ޓެރެރިސްޓުން ބައިތިއްބަން ޖެގެނީ ސިފައިންގެ ބެލުމުގެ ދަށުގަ...
އެމީހާވެސް
12 June 2021
ކޮންމެމިހަކީވެސް ދިވެއްސެއް. އިހްސާންތެރިވާންޖެހޭ. މީހުން މެރުމެއްވެސް ނެތް
ދޮންބެއަލީ
12 June 2021
ފުރަތަމަ އަޑުއިވުނީ އެއްވެސް ކަމެއް ނުހިގާކަމަށް .ނޫހުން ރިޕޯޓް ކުރީމަ ވާހަކަ ތަފާތުވެއްޖެ..އެއްބިއުލާންސް ނުލިބިގެން މަރުވި ކުއްޖާވެސް ނޫހުން ރިޕޯޓް ކުރީމަ ފަހުން މިއެގުނީ... ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އާދަޔާ ހިލާފަށް ގިނައިން މީހުން ނިޔާވާކަން ވެސް ނޫހުން ރިޕޯޓް ކުރީމަ އެޗް އާރ ސީ ވެސް ސަރުކާރަށްވެސް މިއެގުނީ..މިސްކިތްތަކުގައި ޕާޓޭން ޖަގަހަ ހެދިކަން ވެސް ރިޕޯޓް ކޮށްފި ހީކުރަނީ ބަލާނެކަމަށް...ވަރަށް ސުލޯ..
ހަމްދު
12 June 2021
ފަސާދަ އުފައްދާ ބައެއް ވެރިންނަށް މިތާނގަ ތިބީ. ދޮގާ މަކަރާ ހީލަތް
ހިލަބެ
12 June 2021
މައްސަލައަކީ ކުރާޙުކުމް ތަންފީޒުނުކުރާތީ މިސާލަކަށް 25 އަހަރަށް ހުކުމްކޮށްފައި ރިޔާސީ އިންތީޚާބަށް އެބަދޫކޮށްލާ ޑުރަގުގެ އެތައްމަށްސަލައެއްސާބިތުވެ އުމުރަށްހުކުމްކޮށްފައިތިބި އެތައްބައެއް 2018 ގެ ރިއާސީއިންތިޚާބުގެފަހުން މަޖިލިސްއިންތހާބުގެވޯޓަށް ދޫކޮށްފައިއެބަތިބި އެއިގެބައެއްމީހުން މިހާރު އިހުވަރުއަތުވައިލައިފަ ވިޔަފާރިކުރަނީ ތަފާތުގޮތްގޮތައް މިހެންމިކަންކަންދާހާ ހިނދަކު މިރާއްޖޭގެ ކަންކަންރަނގަޅެއްނުކުރެވޭނެ މިކަންވަރަށްސާފު...
ހަސަނު
12 June 2021
ނުކިޔަމަންތެރި ވާނަމަ އަނިޔާ ވެދާނެ.. މަޑު މަޑުން ރީތިކޮށް ތިއްބައެއްނޫން ޖަލަށްލީވެސް އަދި ޖަލަށް ލީމާވެސް ތިބީ މަޑޫމަޑުން ރީތިކޮނެއްނޫން...