17 ޖޫން 2021 - 06:26
ވިންޑޯޒް 10 އަށް ނިމުން އަންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި އެ ކުންފުނީގެ ސިސްޓަމްތަކަށް ވިންޑޯޒް 10 އަށް އޮކްޓޯބަރު 14، 2025 ގައި ނިންމުން އަންނާނެ އެވެ. އޭގެ ފަހުން ވިންޑޯޒް 10 ގެ އާ އެއްވެސް އަޕްޑޭޓެއް ހޯމް އަދި ޕްރޮފެޝަނަލް ވާޝަންތަކަކަށް ވެސް ނުލިބޭނެ އެވެ.
ވިންޑޯޒް 10 ލޯންޗްކުރީ 2015 ގަ އެވެ. އޭރު އަމާޒަކަށްވެފައި އޮތީ އެއީ އެންމެ ފަހުގެ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމަށް ހެދުމަށެވެ. މައިކްރޮސޮފްޓުން މިހާރު އަމާޒު ހިފާފައި އޮތީ 2025 ގައި ވިންޑޯޒް ދޫކޮށްލައި، އާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކަށް ދިއުމެވެ.
ވިންޑޯޒްގެ މޫނުމައްޗަށް މި މަހުގެ ތެރޭގައި ބަދަލުތަކެއް ގެންނަން ވެސް މައިކްރޮސޮފްޓުން މިހާރު ތައްޔާރުވަމުން އަންނަ އިރު ކުރިއަށް އޮތީ ވިންޑޯޒް 11 އެވެ. އެއާ އެކު ވިންޑޯސް ބޭނުންކުރާ މީހުންނަށް އާ ބަދަލުތަކެއް ގެނެސްދިނުމަކީ އެންމެ ބޮޑު އެއް އަމާޒެކެވެ.
މަގުސަދަކީ ވިންޑޯޒްގެ މުސްކުޅި ގޮތްގަނޑު ކަނޑުވާލައި، ޒަމާނީ ފާޑުވެރިކަން ގެނައުމެވެ.
ވިންޑޯޒް 10 ހުއްޓުމަކަށް ގެންނަ ތާރީހު ކަނޑައެޅި އިރު މިދިޔަ އަހަރު ވިންޑޯޒް 7 ގެ އަޕްޑޭޓް ވެސް މައިކްރޮސޮފްޓުން ހުއްޓައިލި އެވެ. އެކަމަކު ވިޔަފާރިތަކުން ފީ ދައްކައިގެން އޭގެ ވިންޑޯސް ޕްރޮފެޝަނަލް އާއި ވިންޑޯޒް 7 އެންޓަޕްރައިޒްގެ އަޕްޑޭޓްތައް ދެ އެވެ.
ވިންޑޯޒްގެ އާ ބަދަލުތައް ދައްކައިލުން އޮންނާނީ މި މަހުގެ 24 ގަ އެވެ. ވާޗުއަލްކޮށް ބާއްވާ އެ އިވެންޓަކީ ވިންޑޯޒްގެ އަހުލުވެރިންނަށް ވަރަށް މުހިއްމު އެއްޗަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy