ލައިފްސްޓައިލް / ދަރިން ތަރުބިއްޔަތުކުރުން

މިކަންކަން އޮޅުވާނުލައި ކުދިންނަށް ކިޔައިދީ

ދަރިންނަކީ އަބަދުވެސް މައިންބަފައިން ކުރާ ކަންތައް ނަކަލު ކުރަމުން އަންނަ ބައެކެވެ. ބޮޑެތި މީހުންގެ ހަރަކާތްތައް ބަލަމުން އަންނަ ބައެކެވެ. އަހަރެމެން ބޮޑެތިމީހުން ކުރާ އެ ކުދިން ދަސްކުރެ އެވެ. އެހެންވެ އަހަރެމެން ބޮޑެތި މީހުން އެކުދިންނަށް ނަމޫނާއަކަށް ވާންޖެހެ އެވެ. މުސްތަގުބަލުގައި އެ ކުދިން ކުރިއަށް ދާނެ ގޮތް ކަނޑައަޅަނީ އެ ކުދިންގެ ބޮޑަށް ތިބޭ މީހުން ކުރާ ކަންކަމުން ކަން އަހަރެމެން ވިސްނަންޖެހެ އެވެ.

ކުދިން ލައްވާ ކަންކަން ކުރުވާއިރު މާބޮޑަށް ނުފޫޒު ފޯރުވުމުން ވެސް އެ ކުދިންގެ ވިސްނުމަށް ބަދަލުތައް އާދެ އެވެ. އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އިތުރަށް ބަލިކަށިވެގެންދެ އެވެ.

ކޮންމެ ފަހަރަކު ކާމިޔާބެއް ނުވާނެ

އަހަރެމެންގެ މުޖުތަމައުގައި ވިސްނައިދީފައި އޮންނަނީ ކާމިޔާބީ އަކީ ހުރިހާ ކަމެއްގެ ގޮތުގަ އެވެ. ދިރިއުޅުމުގެ މަގުސަދު ހާސިލް ކުރުމަކީ މީހާ މުއްސަނދިވެ، މަޝްހޫރު ވުމެއްނޫނެވެ. އެއީ މީޑިއާތަކުން ގަބޫލުކުރާ ގޮތެވެ. ބޮޑެތިވަމުން އަންނަ ކުދިންނަށް އާންމު ގޮތެއްގައި ވިސްނިފައި އޮންނަނީ ކާމިޔާބީ އަކީ އެއީ ކަމަށެވެ.

އެ ކުދިން ކުރާ ކޮންމެ ކަމަކަށް ވެސް ހިތްވަރު ދޭން ވާނެ އެވެ. އެ ކުދިން ކަމެއް ކުރުމަށް ހޭދަކުރާ ވަގުތަކީ އަގުހުރި ވަގުތުތަކެއްކަން އެ ކުދިންނަށް އަންގައިދިނުން ވަރަށް މުހިންމެވެ. މިފަދައިން ކަން ކުރުމުން، ކުރާ ކަމަކުން މޮޅުނުވި ކަމުގައި ވިއަސް ދެވަނަ ފަހަރަށް އިތުރު ހިތްވަރެއް ލައިގެން އެކަން ކުރަން ހިތްވަރު ލިބޭނެ އެވެ.

އުޅެންޖެހޭނީ އެހެން މީހުން އެދޭ ގޮތަކަށް ނޫން

އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ އެ ކުދިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މިކަމުން ކުރިމަގު ބައްޓަންކުރުމަށް އެ ކުދިންނަށް އެހީއަކަށްވެ އެވެ. އެހެން މީހުންގެ ވިސްނުމާއި ހިޔާލު ކޮންމެހެން ބަލައިނުގަތް ނަމަވެސް އެ ކުދިންނަށް އެ ކުދިންގެ އަމިއްލަ ކުރިމަގު ރާވާލެވިދާނެ ކަން ޔަގީން ކުރެވޭނެ އެވެ. ކަމެއް ކުރަން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، އެ ފުރުސަތު ހޯދައި ދިނުމަކީ އަހަރެމެންގެ ކަމެކެވެ. މީހުންގެ ވިސްނުމަށް ބަލައިގެން ފުރުސަތު ގެއްލުވައިނުލާށެވެ.

އަމިއްލަ ގޮތެއް ހުރުމަކީ މައްސަލައެއްނޫން

ވަކި މީހަކު ރުހޭ ގޮތަށް އުޅެގެން މީހުންގެ ލޯބި ހޯދާކަށް ނުޖެހޭނެ އެވެ. ނުވަތަ ތިމާ މީހާ ކުރާ ކަމަކީ އެހެން މީހުން އަގު ވަޒަންކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވެސް ދެކޭކަށް ނުޖެހޭނެ އެވެ. އަގު ވަޒަން ކުރުމަކީ ކުރެވޭ މޮޅު ކަމަކުން އެކަނި ވާންޖެހޭ ކަމެއް ނޫނެވެ. މިގޮތަށް މިކަންކަން ވަނީ ނަމަ ކުދިންނަށް އެ ދެވެނީ ނުބައި މެސެޖެކެވެ. އެ ކުދިންނަށް ވިސްނޭނީ، ކޮންމެ ކަމެއް ކުރާއިރު އެހެން މީހުން ބަލައިގަންނާނެ ފަދަ ކަންކަން ކުރުމަށެވެ. އެ ކުދިން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމަށް ހިތްވަރު ދޭންވާނެ އެވެ.

އަމިއްލަ ހިޔާލު ފާޅުކުރުން

ސޯޝަލް މީޑިއާގައި މިހާރަކަށް އައިސް ކޮންމެ މީހަކު ވެސް ވިސްނައިދޭން އުޅެނީ އެ މީހުން ފާޅުކުރަމުން އަންނަ ހިޔާލަކީ އެންމެ ރަނގަޅު ގޮތް ކަން އަނެއް މީހާ އަށް ވިސްނަދިނުމަށެވެ. ޓީވީ ހުޅުވާލިޔަސް ނުވަތަ އޮންލައިންކޮށް އާޓިކަލެއް ކިޔާލިއަސް، މިނޫން ކަމެއް ވިސްނަދޭން އުޅޭތަނެއް ނުފެނެ އެވެ. ކުޑަކުދިންނަކީ ހަމައެކަނި އަހަރެމެން ވިސްނާ ގޮތަށް ކަންކަން ގަބޫލުކުރަންޖެހޭ ބައެއް ނޫނެވެ. އެ ކުދިންގެ ވެސް އަމިއްލަ ހިޔާލުތައް ހުންނާނެ އެވެ. އެ ކުދިންގެ ވިސްނުމާއި ހިޔާލަކީ މުސްތަގުބަލުގައި ބޭނުން ކުރެވޭނެ އަގުހުރި ހިޔާލުތަކެއް ކަމަށް ބަލައި އެކަން ކަން އެކުދިންނަށް ފަހިކޮށް ދޭން ޖެހެ އެވެ.

އުފާވެރި ކުރިމަގެއް ބިނާ ކުރުން

ހިތްހަމަޖެހުމުގެ ނޭވާއެއް ލެވެނީ އެ މީހަކު ކުރިއަށް ދާން ބޭނުންވި ހިސާބަށް ވާސިލުވުމުންނެވެ. އެ ހިސާބަށް ދަތުރު ނިންމާލުމަށް ކުރެވުނު އުފާވެރި ދުވަސްތައް، މަންޒަރު ބަލަން ތިބޭ ބަޔަކަށް ނޭނގޭނެ އެވެ. އެ މީހުންނަށް ހަމައެކަނި ކުރެވޭނެހާ ވެސް ކަމަކަށް ވާނީ އެކަމުގެ އަގުވަޒަން ކޮށްލުމެވެ. ދިރިއުޅުން އާރާސްތު ކުރުމަށް ވަރަށް ގިނަ ކަންކަން ގުރުބާން ކުރަންޖެހޭނެކަން ކުދިންނަށް ވިސްނައިދޭން ޖެހެ އެވެ. ކުރިމަގު ބިނާކުރުމުގައި އަމިއްލަ ނަފްސު އުފާވެރިވާ ނަމަ، އެ ކުއްޖަކަށް ދިރިއުޅުމުގައި ގިނަ ކަންކަން ކުރުމަށް ފުރުސަތު ލިބިގެންދެ އެވެ.

ހިތްތިރި/ކެތްތެރި މީހަކަށް ވުން

ތިމާ ވިސްނާގޮތަށް އަނެކާގެ ވިސްނުން ނުހުރެދާނެކަން ގަބޫލުކުރަންވާނެ އެވެ. ދިރިއުޅުމެއް ބާއްޖަވެރިކުރުމަށްޓަކައި އެހެން މީހުންނަށް އަޅާލާ ކިޔަމަންތެރި މީހަކަށް ވާން ވާނެ އެވެ. ކުދިން ކުރިމަތީ ތިމާ އަކީ އެހެން މީހުންގެ އިހުސާސްތަކަށް ކިޔަމަންތެރިވާ މީހެއްކަމުގައި ވަނީ ނަމަ، އެކުދިންނަށް އެ ދައްކައި ދެވެނީ ރަނގަޅު ނަމޫނާއެކެވެ.

ކުދިންގެ ކުރިމަގު ބައްޓަން ކުރުމުގައި މިކަންކަމަށް ވިސްނާލާށެވެ. ރަނގަޅު މުޖުތަމައުއެއް ބިނާ ކުރެވޭނީ ކުޑަކުދިންނަށް ރަނގަޅު މަގެއް ދައްކައި ދީގެންނެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަނާ

18 June 2021

ޥަރަށް ފުރިހަމަ ލިޔުމެއް.

The name is already taken The name is available. Register?

ޔއަގ

18 June 2021

ހުކުރު ދުވަހުގެ ވައިބާ ގުޅޭ ލިޔުމެއް. އިސޒް ގުޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454