އަފްޣާނިސްތާނުގައި ސިފައިންތަކެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
17 ޖޫން 2021 - 22:57
ހަނގުރާމާގައި ބައިވެރިވާން ދިޔަ ކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށް ލާފައިވާ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން މިރޭ އިންޒާރުދީފި އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޝާފިއު އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކުރިކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުނީ ނޮވެމްބަރު 18، 2018 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމުން ފުލުހުންގެ ޓީމެއް ފެބްރުއަރީ 2019 ގައި އެ ގައުމަށް ދިޔަ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ މައްސަލައިގައި ޝާފިއު އާއި އޭނާގެ އާއިލާއަށް ފުލުހުންގެ ބަޔަކު އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އެކަމުގައި ފުލުހުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގައި އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ވެސް އެ މުއައްސަސާއިން ދީފައި ވެ އެވެ.
"ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާ މެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓުތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
#MPSPressStatement: PMC/2021/08
— Maldives Police (@PoliceMv) June 17, 2021
H. Moonlight Valley, Ali Shafiu, eynaage aailaa aaeku Afghanistan gai hayyarukoffaivaa massala'aa gulhey: https://t.co/3uJBBBDWd1#MPSNoosBayaan pic.twitter.com/wWH9NB0UGj
ޝާފިއުގެ އާއިލާއިން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާން.
ޑިސެމްބަރު 3، 2019 ގައި ފުލުހުން ނެރުނު ބަޔާނުގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮޮވިންސާ ގުޅުމަށް ކަމަށާއި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމުގެ މައުލޫމާތު ވެސް އިންޓަޕޮލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމުން އަފްޣާނިސްތާނުގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއި އޭނާ އެ ގައުމަށް ފޮނުވުމުގައި ހަރަކާތްތެރިވި އިސް މީހުންގެ މައުލޫމާތު ވެސް އަފްޣާނިސްތާނުގެ ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން ހައްޔަރުކޮށް، އެ ދެމަފިރިންނަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު ރަށީދު
18 June 2021
ލާއިންސާނީ ވާހަކަޔާ އަނިޔާގެ ވާހަކަ ދައްކަން އައިސިސް އަލްގައިދާ ޓެރަރިސްޓުން ލަދެއް ނުގަނޭތަ؟
ހަސަނު
18 June 2021
މިރާއްޖޭގެ ޖަލު ތަކާ ފަނޑިޔާރު ގެ ތަކަށްވުރެ ރަނގަޅަށް އަފްގާނުގައި އެ މިހުންނަށް އިންސާފު ލިބޭނެ.. މީހުން މަރާ ދުނިޔޭގަ ފަސާދަ ފަތުރާން އުޅުނު ޓެރެރިސްޓުންނަށް އެންމެ އެކަށޭނަ އިންސާފަކީ އަޒާބު ލިބެނިވި ޖަލުބަންދެއް ކަމުގަ އި ދެކެން..
އަލިފުތު
18 June 2021
ޢެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށްދަނީ އަފްގާނިސްތާނަށް ވިއްޔަ.
ލަބީދު
18 June 2021
ރާކަނި މަސް ކާންތަ އަފްގާނިސްތާނައް ދިޔައީ.
މުރީދުބެ
18 June 2021
ދެރަވަރު ކަންތައްތައް. ދުނިޔޭގައި ހުރިހާކަމެއް އެންމެ މޮޅަށް އެނގޭބަޔަކީ ދިވެހިން. ދީނޭ ކިޔައިގެން އެންމެފަސޭހައިން ބޯކާލެވޭނެ ބަޔަކީވެސް ދިވެހިން.
Coronavirus
18 June 2021
އަފްއާނިސްތާނުގައި މީހުން މަރަން ދިޔަ ބަޔަކު ޖަލަށް ލާފަ އަނިޔާކުރުން އެއީ މައްސަލައެއް ނޫން. ތިމީހުންނަ މަރުގެ ހުކުމް އިއްވަން ޖެހޭ. މިގައުމަށް ތިމީހުން އޮޅިގެންވެސް ނުގެންނާތި.
އާރީ
18 June 2021
މިގައުމްގަ ގަވާއިދާ ހިލާފަށް އުޅޭ މީހުން ޖަލަށް ނުލެވިގެން މިއުޅެނި ކީއްވެ?
ދިއްދޫމީހާ
18 June 2021
ހަމަބުއްދި ހުރި އިންސާނަކު އަފްގާނަށް ނުދާނެ، ހައްޔަރުކުރީ ކޮންތާކުންތޯ؟ ލަންކާން ހައްޔަރުކޮއްގެން އަފްޤާނަށް ގެންދިޔާއީތޯ؟ ފުލުހުން އެބުނަނީ ހައްޔަރު ކުރީ އެއްމެ ވަރުގަދަޔަ ހަނގުރާމަ ކުރާ ސަރަހައްދުކަމަށ
ޖަންބު
18 June 2021
ފުލުހުން އާއއްމުންނަށް ފެންނަ ހިސާބުގަ އަމަލުތަ ހުންނަށް ގޮތް ވެސް ދެކެފިން. ދެން މީހަކަށް ނުފެންނަށް ހިސާބުގަ ކޮށްފަ ނުކުރާނެ ކަމެއްވެސް ނޭނގެ އަސްލު
ވަވަތި
18 June 2021
ހަމަ ތިގޮތަށް އައިސިސް ގެ އަނިޔާވެރި އަމަލުތައް ހުންނަ ގޮތާ ހަދާ ދޮގުވެސް އަހަރެމެންނަށް ފެނިފަ ވަނީ. އަފުގާނިސްތާނު ފަދަ ތަންތާގަ ޓެރަރިސްޓުން އަތުޖެހިއްޖެޔާ ފިރުމައިގެން ކުކުޅު ކާންދީގެންނެއް ނޫން އެމީހުން އުޅޭނީ. އެކަން އިނގޭ ދުނިޔޭގެ އެންމެނަށް. ދެން އެހެންވީއިރު އާއިލާ ގޮވައިގެން ޓެރަރިސްޓު ބައިގަނޑަކާ ގުޅިގެން އަފްގާނު ރައްޔިތުން މަރަން ދާއިރު އެނގެންވާނެ ދޯ ހައްޔަރުވެސް ވެދާނެކަން.
ކަކުނިބޯ
18 June 2021
ބަން ގާޅިންނަށް ބަން ގާޅިން ނުކިޔޭ ޤައުމެއް، ޓުއަރިސްޓްވިސާ ގައިސް ޕާސްޕޯޓް ގެއްލުވާލީމާ ރައްޔިތަކަށްނުލިބޭ ޝަރަފު ލިބޭ ޤައުމެއް މިދުނިޔޭ ގައި އޮވޭ ބަޔަކު ކިޔާަ އެއީ މިދުނިޔޭ ގެ ސުވަރު ގެއޭ. ޜަންބިސްއަޅާ ހާއްޔެކެވެ. މިހާރު ދައުލަތު ގެ ހަރަދު ގަ އެމީހަކު އުޅޭނެދުވަހަކު އުޅެފަ ޝަރަފިވެރި ކަމާއެކު ފޮނުވާދެނީ. ޙަހަހަ