އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސް ހިރިގާ ޒާހިރު، މީޑިއާ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ.
18 ޖޫން 2021 - 17:29
ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުން ނުވަތަ އެޑިޓަރުން ހިމެނޭ، "އެޑިޓާސް ގިލްޑް" ގެ ރައީސަކަށް ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު އިންތިހާބު ކޮށްފި އެވެ.
އެޑިޓާސް ގިލްޑްގެ ފުރަތަމަ އިންތިހާބުގައި އެ ޖަމިއްޔާ އަށް ރައީސެއްގެ އިތުރުން ދެ ނައިބު ރައީސަކު ވެސް އިންތިހާބުކުރި އެވެ. އެއީ "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝަމްއާން އާއި "ވަން" އޮންލައިންގެ ސީއީއޯ ސިނާން އަލީ އެވެ.
އެ އިންތިހާބުގައި ޖަމިއްޔާގެ އިތުރު މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބުކުރި އެވެ. އޭގެ ތެރޭގައި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު، ޓްރެޝަރާ ކަމަށް "ރަސް" އޮންލައިންގެ އެޑިޓަރު މިދުހަތު އާދަމް ހިމެނެ އެވެ.
ރިޓަޔާޑް ނޫސްވެރިންގެ ގޮނޑި އަށް އިންތިހާބުކުރީ ޓީވީއެމްގެ އިތުރުން ވީޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) އާއި ދިވެހި ރާއްޖޭގެ އަޑުގައި ކުރިން މަސައްކަތް ކުރެއްވި އިބްރާހީމް އުމަރު މަނިކެވެ.
އިބްރާހީމް މަނިކު ވަނީ ދިވެހިރާއްޖޭގެ އަޑާއި އަވަސް އޮންލައިންގެ އިތުރުން ޗެނަލް13 ގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސް ހިރިގާ ޒާހިރު ވަނީ "ހަވީރު" ނޫހާއި "ސަން" އޮންލައިންގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގެ މުހިންމު ޖަމިއްޔާއެއް ކަމަށްވާ އެމްޖޭއޭ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެ ޖަމިއްޔާގެ ފައުންޑަރެއްގެ ގޮތުގައި އޭނާ ވަނީ ނޫސްވެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މިނިވަން މީޑީއާ އަށް ރާއްޖޭގައި ފުރުސަތު ހުޅުވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް މި ބޭފުޅުން އެޑިޓާސް ގިލްޑަށް އިންތިހާބު ކޮށްފައިވާއިރު މި އިންތިހާބުގައި ވޯޓުލުމަށް ޝަރުތަކީ ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި 10 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥާނުވާހަބަެު
20 June 2021
މީ ކީއްކުރާ ތަނެއ؟
މަނިކުބަފާ
19 June 2021
ނޫސްތަކުގެ އެޑިޓަރުންގެ ތެރެއިން ހޮވާނަމަ ހިރިގާ ނުހޮވުނީސްތާ؟!؟ ހިރިގާއަކީ މިހާރުވެސް އެޑިޓަރެއްބާ؟ މިހާރު އެޑިޓަރަކަށް ނުވާނަމަ، އެޑިޓަރުކަން ކުރިންކުރި މީހުންނަށް ޚާއްސަ މަގާމެއް ނޫންބާ ދޭންވާނީ؟؟؟ މި އާޓިކަލުން ވާނުވާ ނޭގުނު...
ސިޑިކޮއްޕި
19 June 2021
މުންޑޫ ވެސް ލާ.
ލަބީދު
18 June 2021
7 ފެބްރު އަރީގަ ޖުމްހޫރީ މަ އިދާނުގަ ފުމޭތަން ދެކުނިން.
މޮހިތު
19 June 2021
އަސްލުވެސް! ދެން ކޮން ނޫސްވެރިކަމެއް ކުރެވޭނީ؟
ޑިސްއޮނަރަބަލް ޑީޑީ
18 June 2021
ހިރިގައުއަށް ފަހާފައިފާ ކޯޓަށް ވަންނަންވެގެންދޯ ސަންއިން އިސްތިއުފާދިނީ. އަހަރެމެންނަށްވެސް އެނގޭ އެވަރު ބޮޑުކަމެއް ލައިގަނެގެންނޫނީ އެވަރު ބޮޑު މަގާމެއް ދޫކޮށްނުލާނެ.
ދޮން ހަސަނު
18 June 2021
އެއީ އެއްޗެއް ލިބެ މަޤާމެއްނޫން. ކޮއްކޮ އަދި ޅައީ
ކަރީމުއްދީން ބާޝާ
18 June 2021
މީ ކީއްކުރާ ޖަމިއްޔާއެކޯ؟
އަހަންމަދުބޭ
18 June 2021
އެހެން ތަންތާނގައިވެސް ހަދާ އެއްޗެއްވީމާ ހަދައިލީ.