ޚަބަރު / އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް ކޯޓުން ޕީޖީއަކަށް ނުދޭ

ޕީޖީ ހުސެއިން ޝަމީމް: އޭނާ ވިދާޅުވެފައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރެގެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތް، އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް އަދިވެސް ކްރިމިނަލް ކޯޓުން ނުދޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް އޭނާ އަށް ބައިވެރިވެވަވަޑައިގެންނެވޭ ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

މި އުސޫލުން އިއްޔެ ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޮންލައިންކޮށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

ސިއްރު ކޮށްގެން ބޭއްވި އެ ޝަރީއަތަށް ފަހު، ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑުގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތުގެ ތެރެއިން އެއްވެސް ހާލަތަކަށް އަލީ ވަހީދުގެ ހާލަތު ނުފެތޭ ކަމަށެވެ.

"މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރީމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

އެ އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާ ގޮތެއް ސާފު ކުރަން ގާޒީއާ ހަސަން ސައީދުއާ ޝަރީއަތުގެ މަޖިލީހުގައި ވެސް ސުވާލު ކުރި އެވެ.

ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އޮންލައިންކޮށް ޝަރީއަތް ގެންދިއުމާ އެކަމަކު، ދައުލަތުން ދެކޮޅު ހެދިޔަސް، މައްސަލަ ގާޒީ ހަސަން ސައީދު ވިދާޅުވީ، އެއީ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

އަދި، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން ލިޔުމުން ދައުލަތުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެކަމަކު، އަދިވެސް އެ ލިޔުން ދީފައި ނުވާ ކަމަށާއި އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމީ އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިޔަސް އެ ލަފާގެ ލިޔުން ވެސް އަދި ނުދޭ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އެ އޮފީހުން ބުނީ، އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސްކޮށް، ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތައް ވެސް މިހާތަނަށް ކޯޓުން ނުދޭ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ނިންމުން އިސްތިއުނާފު ކުރެވޭނީ ބޭނުންވާ ލިޔުންތައް ކޯޓުން ދިނުމުން ކަމަށް އެ އޮފީހުން ބުންޏެވެ.

"... މި ޝަރީއަތަކީ މި ގޮތަށް ހިންގޭނެ ޝަރީއަތެއް ކަމަށް ދައުލަތުން ނުދެކޭތީ، އެ ނިންމެވުން [އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން] ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދު ކުރަމެވެ. އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެ ނިންމެވުމާ ބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު، މި އޮފީހަށް ފޮނުއްވައި ދެއްވުމުންނެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޓޫރިޒަމް ޕްރޮމޯޝަންގެ އިސްތިހާރެއްގައި: އޭނާގެ ޝަރީއަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ބާއްވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން.

ޝަރީއަތުގެ ކުރިން އަލީ ވަހީދު ހުށަހަޅުއްވަން ބޭނުންވާ ޑޮކިއުމަންޓުތައް ހުށަހަޅުއްވަން 10 ދުވަހުގެ މުއްދަތެއް ކުރީގެ ޝަރީއަތުގައި ދީފައިވީ ނަމަވެސް އިއްޔެގެ ނިޔަލަށް އެކަމެއް ވެސް އޭނާ ނުކުރައްވަ އެވެ.

އަލީ ވަހީދުގެ ފަރާތުން ބުނީ، އެ ލިޔުންތައް ހުށަނޭޅުނު ސަބަބުތައް ބަޔާންކޮށް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ، އެފަަދަ ސިޓީއެއް ނުލިބޭ ކަމަށެވެ.

އަލީ ވަހީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތަކަށް އެދުމުން ދައުލަތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފަ އެވެ. އޭނާ އެއްވެސް އުޒުރެއް ނެތި ފުރަތަމަ ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ބުނެ ދައުލަތުން ބުނީ އަަލީ ވަހީދަށް އިތުރު ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް، ގާޒީ ހަސަން ސައީދު ނިންމެވީ އިތުރު ފަސް ދުވަސް އަލީ ވަހީދަށް ދޭށެވެ.

ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމުލަ 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް، ޕީޖީގެ ކަންބޮޑުވުމަކީ އޭނާ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނެވުމުން، ހުކުމެއް ކުރިޔަސް އެ ހުކުމް ތަންފީޒު ނުވުމެވެ.

9 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބޫ

23 June 2021

ކަލޯ އަލީ ވަހީދު ދަންނަންތަ؟ ތިކަންތަށް ވެސް ތި ނިމުނީ. އޭނަޔާ އޭނަ ކުރިކަމެއް އެ ނިމުނީ. ދެން ފެންނާނީ އިންތިހާބަށް ރާއްޖެ އައިސް ޕާޓީ ބަދަލު ކޮށްލާތަން. އެހިސާބުން އޭނަގެ ފާފަ ފުއްސަވައި ހުދު ކަފަ ކޮޅަކަށް ވާނެ. ތީ މިހާރު އަހަރެމެން ދަންނަ ކުޅިޔެއް

The name is already taken The name is available. Register?

ޗޮސްބެ

22 June 2021

ގާސިމް އަތުގަ އެއްމެ ލާރިޔެއް އޮއްވަވެސް ތި ލިޔުންތަކެއް ނުލިބޭނެ.

The name is already taken The name is available. Register?

ހެއްވާ

22 June 2021

ހައްތަހާވެސް ބަހަނާ! ލިއުންތައް ނުލިބޭނަމަ، މަނިކުފާނާއި ތިމައްސޫލިއްޔަތު ޙަވާލުކޮށް މަނިކުފާނަށް އުޖޫރަދޭފަރާތަށް އަންގަވައި، އެލިއުންތައް ނުދިންބަޔަކާއިމެދު މައްސަލަޖައްސަންވީނޫންތޯ! ޙައިރާންވާ ވަރުގެ ކަމެކެވެ. ކޮންމެސް މީހެއްގެބޮލުގައި ބަދުނާމުއަޅުވައި، މީނަހުންނަނީ ހެވިފަ! ޢަޖައިބެއް! ތިލިޔެކިއުންތައް ނުދިނީމަ ވަގުތުން ރިޕޯޓަރުންނަށް އެކަންއަންގައި ނޫސްތަކުގައި އިޢުލާނުކުރިނަމަ، މިހާރު ތިތަކެތިހުންނާނީ ލިބިފަ.

The name is already taken The name is available. Register?

ބޮޑުމީހާ

22 June 2021

އަލީ ވަހީދު ފުރުވާލީ މުޅި ދައުލަތް ގުޅިގެން. އެ ރިކޯޑް ބަދަލެއް ނުކުރެވޭނެ

The name is already taken The name is available. Register?

މޫސާ މޫ

22 June 2021

ޙަސަން ސަޢީދުގެ ފަހަތުގައި ހުރީ ރައީސް ނަޝީދު ޕީޖީ ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. މިޤައުމުން އެއްވެސް ނިކަމެއްޗަކަށް އިންސާފެއް ނުލިބޭނެ.

The name is already taken The name is available. Register?

ފުރިހާ

22 June 2021

ކީއްވެހޭ ފެމިލީ ކޯޓުގެ މުވައްޒަފެއްގެ ޖިންސީ ގޯނާގެ މައްސަލަ އެކޯޓުގެ ގާޒީއަކަށް ހުރެ އޮއްބާލައި، ގާނޫނާ ޚިލާފަށް އަލީ ވަަހީދަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީ، މި ހުރިހާ ބޮޑު ގޯހެއް ހަދަމުންދާ ގާޒީއަކު، ޖޭއެސްސީން އޭނާއާ މެދު ފިޔަވަޅެއް ނާޅައި ބޭނުން ގޮތެއް ހަދަން މިހެން ދޫކޮށްލެވިފައި ހުންނަން ވީ. ކަލޭމެން އަހަރުމެން ކުރިމަތީ ކުޅޭ ޑްރާމާއެއް ތީ.

The name is already taken The name is available. Register?

ޖަރުމަނު ސަފީރު

22 June 2021

ބަލަ، ކޮންމެވެސް މީހެއް ނޫންތޯ އޭނާޔަށް ވީވީއައިޕީ ލޯންޖު ހަމަޖައްސާދޭނީވެސް، އާންމުންނަށް ނުފެނި ސިއްރިއްޔާތުގަ ގޮސް ފުލައިޓަށް އަރަން

The name is already taken The name is available. Register?

ޝޯމޭން

22 June 2021

ޝަރީއަތްތައް ބާއްވާގޮތާއެއްވަރަށް ގާނޫނުތަކާ މީހުންގެ ވިސްނުމާ ތަރައްޤީ ނުވަންޏާ ތިހުރިހާ ކަމެއްވެސް ދިމާވާނެ. އޮންލައިންކޮށް ޝަރީއަތްބޭއްވުމަކީވެސް ކޮވިޑުއައުމުގެ ކުރިން މީހުން ދަންނަ ކަމެއް ނޫން. އެހެންވީމަ ޖޫރިސްޓްރިކްޝަނުން ބޭރުގަ ހުންނަ މީހާއަށް ޝަރީއަތްކުރަންވެސް ގާނޫނާގަވައިދާ ހަދަންޖެހޭނީ. އޭރުން ޝަރީއަތުގެ ހުރުމަތްކަނޑައިފިއްޔާ ރާއްޖެ އަންނައިރަށް ފިޔަވަޅުއެޅޭނެ. ތިގޮތަށް ތިކަންކަން ދިގުދަންމައިގެން ތިކަހަލަކަންކަން ދުވަހަކުވެސް ނުވާނެ.

The name is already taken The name is available. Register?

ނިކުސަން

22 June 2021

އޮންލައިންކޮށް ޝަރީއަތް ބާއްވާ ކޮވިޑުގެ ކުރިންވެސް. ކުރިންވެސް ދަތުރު ޚަރަދު ކުޑަކުރަންވެގެން ރަށްރަށުގެ ކޯޓުތަކަށް އޭވީ ސިސްޓަމްތައް ގަނެ، އޮންލައިންކޮށް ޝަރީއަތް ބޭއްވޭގޮތަށް އިންތިޒާމުކުރި. މި ޝަރީއަތާ އޮންލައިންކޮށް ބާއްވާ އެހެން ޝަރީއަތްތަކާ ތަފާތުވަނީ މައްސަލައިގެ ބާވަތުންނާ، ރާއްޖޭގެ ބާރު ނުހިނގާ ހިސާބަކަށްގޮސް "ފިލުމުގެ" ދޮރު ހުޅުވާދިނުމާ، މިހެންގޮސް އެތައް ކަމެއް. ކޮބާ އަދި ޖާމިނުވި ކަލޭގެ. ހަމަ މަޒާގެ އެހެރަ އުޅެނީ އެންމެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454