ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ، މީގެ ކުރިން އޮތް މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ--
22 ޖޫން 2021 - 17:26
މަރާލާފައިވާ އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގެ މޫދުން ފެނުނު ކުއްޖާއަށް، އެެ ކުއްޖާ މަރުވުމުގެ ކުރިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދިން ޕްރެސް ސްޓޭޓްމަންޓުގައި ޔުމްނާ ވިދާޅުވީ ކުއްޖާ މަރުވި މައްސަލަ ފުލުހުން ޖެންޑާ އަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު ކަމަށެވެ.
ޔުމްނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެ ކުއްޖާގެ އާއިލާ އިން ދިޔައީ މިނިސްޓްރީއާ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އޭރު ކުރެވުނު މަސައްކަތްތަކުން ކުއްޖާއަކީ ކިޔެވުމުގައި ގާބިލުކަން ހުރި ކުއްޖެއްކަން ޓީޗަރުގެ ފަރާތުން ވެސް އެނގުނު ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުއްޖާގެ މަންމައާ ގުޅިގެން މަސައްކަތް ކުރީ އިޖުތިމާއީ ގޮތުން އެހީތެރިވުމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކޮށްފައި ވަނީ މި ކުއްޖާގެ މަންމައާ ގުޅިގެން އިޖުތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް،" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ، ކުއްޖާގެ މަރާލި ހަބަރު ލިބުމާ އެކު އާއިލާ އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އާންމުންނާއި މީޑިއާތަކުން ވެސް ކުއްޖާގެ އާއިލާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަންދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އެ ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން ހޯދަމުން ދަނިކޮށެވެ.
ރަޝީދު ވިދާޅުވީ، ހުޅުމާލޭ ޕޮލިހުންނަށް އާންމުންގެ މީހަކު ރިޕޯޓްކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މަައުލޫމާތު ލިބުމުން، އެ ސަރަހައްދު ހޯދާ ބަލަމުންދަނިކޮށް ކުއްޖާ ފެނުނީ އެތަނުގެ އިރުއުތުރު ފަރާތުގެ މޫދުގައި ފޮއްޓަކަށް ލާފައި އޮއްވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ރަޝީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ހެކި، ގަރީނާ އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
އެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ، އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ވެސް ރަޝީދު އެދިވަޑައިގަތެވެ.
"މި މައްސަަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ނަމްބަރު 9911099 ނުވަތަ 3000600 އަށް ގުޅައި ނުވަތަ 1412 އަށް ގުޅައި ހިއްސާކޮށްްދެއްވުމަށް،" ފުލުހުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުޒައިން ރަޝީދު
24 June 2021
ގިނަ ލޯޔަރުންނާއި، އެންޖީއޯތަކާއި އަދި އެކި ކަންކަން ދިމާވެގެން ޖެންޑަރ މިނިސްޓްރީގެ އެހީތެރިކަން އޮވެގެން ކުރަންޖެހޭ ކަންކަމުގައާއި، އެމިނިސްޓްރީގެ އެހީތެރިކަން ނުލިބޭކަމާއި އަދި ޒިންމާއިން ބަރީޢަވުމަށް މަސައްކަތްކުރާ ކަމުގެ ޝަކުވާ ވަރަށް ގިނައެވެ. މި މިނިސްޓްރީގެ ކަންކަން ފާއިތުވި ސަރުކާރާއި އަދި މިސަރުމާރުގައިވެސް އޮތީ ހަމަ އެއްގޮތެއްގައެވެ. ބަދަލު އައީ ހަމައެކަނި މިނިސްޓަރުކަން ފާހަގަކުރަން. މިފަދަ ތަންތަނުގެ ޕަރފޯމަންސް އޮޑިޑް ހަދަންޖެހޭ
2000
23 June 2021
ކޮބައިތަ އިހައްދުވަހު މަޖިލިހުން ބޮޑު މުސާރަ ލީ އޮންބޮޑުޕާސަން
މިވަރެއްނެތް
23 June 2021
މިނޫނީ ސަރުކާރުންނާއި ސަރުކާރުގެ ވެރިޔަކު ޒިންމާނަގަންނުޖެހޭ އެއްވެސް ގައުމެއް ނެތް! އިބްތިހާލު މަރާލި. ކޮވިޑުގައި ރަށުން ބޭރަށް ފަރުވާއަށް ނުދެވި މަންމަ ބަނޑަށް ކުދިންމަރުވި. މާލޭގެ އެމްބިއުލަންސް ނައިސްކުއްޖަކު މަރުވެއްޖެ. މަޖިލީހުގެ ރައީސު މަރާލަން ބޮމުގެ ހަމަލާދީފި. މިކުއްޖާރަހީނުކޮށް މަރާލައިފައި. އަލީވަހީދު ފުރުވާލައިފި. އަދީބު މިނިވަންކަމާއެކު ގޭގައި. ޒިންމާނެގި ވަޒީރަކު، ފުލުހަކު، ވެރިއަކުނެތް! ފުކެއްބޮޑުވަރުނޫންތޯ މިއީ!
އުނބަށްޖެހުން
23 June 2021
ޖެންޑާއިން އިހްމާލުވާ ކޮންމެ ފަހަރަކު މިކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔާނެ ޒިންމާއިން ރެކެން. ކަލޭމެންނަށް މިހުރިހާ ކުދިން ކުށުގެ މާހަލުގައި ނޫނީ އަނިޔާގެ މާހައުލުގައި އުޅޭކަން އިނގޭ، ވާކަމެއް ހަރާން. ދެން މިނިސްޓަރު އަރާފަ ބުނާނެ އެންމެން ރޯންވީއޭ. ރޮއެގެން ކަމެއް ހައްލުވަންޏާ ހުރިހާ ކަމެއް މިޤައުމުގައި އޮންނާނީ ހައްލުވެފަ. އެއްވެސްކަމެއްގައި އެއްވެސް މީހަކު ޒިންމާވާނެ ގޮތެއް ހޯދަން އަހަރުމެން ރައްޔިތުން ކިހިނެއް ހަދަންވީ؟ ވަރުބަލިވެއްޖެ.
އިޖްތިމާއީ
23 June 2021
ތިޔަ ވިދާޅުވަނީ ވަރަށް ވަރަށް އިޖްތިމާއީ ކަމާއެކު އިޖްތިމާއީ މަޑުކަށިތަކުގެ ތެރޭގައި އުޅެން އެހީ ހޯދި ވާހަކަތޯ.
ރަދުން
23 June 2021
ބަލަ ޕާޓޭކުދިން މާލޭގެ މަގުތައްމަތީގައި ބޮމުން އެދުވަނީ. ފުލުހުނާއި ޖެންޑާ އާއި ހިޔުމަންރައިޓްސް މަޖިލިސް އަދި ފާޑުފާޑުގެ ނަންނަމުގައި ތިބި ރައީސްތައް މުސާރަނަންގަވައިގެން ކައިގެން ބޮއެގެން ތިބެން ކުޑަކޮށްވެސް ލަދެއްނުގަނޭތަ.އެެއީވެސް މިޤައުމުގެ ރައްޔިތުން. ތިޔަ މުއައްސަސާތައް ލަދެއްނުގަނޭތަ ދެރައެއްނުވޭތަ.
ރާއްޖެ
23 June 2021
ރާއްޖޭގެ ހަލާކަކީ ސިޔާސީ މީހުންނާއި އިލްމެއް ލިބިގެންނުވާ ދީނީ އިލްމުވެރިންކަމަށް މީހުންބުނެއެވެ.
މޮހިތު
23 June 2021
ރަނގަޅުވާހަކަ އެއް! ދެބައި މީހުންނަކީވެސް އަސްލު ސިޔާސީ މީހުން!
ދިލްބަހާރު
23 June 2021
ކޮންމެ ކަމެއްވެސް ޖެންޑާއަށް ބަސްބުނަން އިގޭނީ އެކުއްޖަކު މަރުވީމަ
މަޒް
23 June 2021
ކިޔެވުމުގެ ގާބިލްކަން ހުރި ކުއްޖެއްކަން އިނގުނޯ.. ކާކު ކައިރީ އަހައިގެން ކޮން ޓީޗަރެއްް ބުނީ.. ހަމަ ކަމެއް ވާއިރު މި ހުރިހާ އިދާރާއެއް އޮންނާނީ ލައްކަ މަސައްކަތްކޮއްފަ.. ބަލަ ފުލުހުން އަދި ތި ހިއުމަތް ރައިޓްސްއަކަށް ނޭންގޭތަ މިހާރު މަސްތުވާ ތަކެތީ ސަޕްލައި ކުރަނީ ކުޑަ ކުދިން ލައްވާކަމެއް.. މަގުމަތީގައި އެގާރަ ބާރަ އަހަރުގެ ކުދިން ހިތު ހުރި ގޮތަކަށް އުޅެން ފެށީމާ މުއައްސަސާތަކުން އެކުދިން ކުރަނީ ކީއްތޯ ބަލާ ފާރަލެވެންވާނެ.
ގެދަބުޅި
22 June 2021
"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ކޮށްފައިވާ...." އެބުނާ ޢާންމުންނަށް މަނާ ސަރަޙައްދަށް ވަންނަން އޮންނަ ބްރިޖްގެ ސެކިއުރިޓީއަކީ ވަޙީ އަންނަބައެއް. ވައިބަރގްރޫޕެއް ހަދައިގެން އެޗްޑީސީ މުވައްޒަފުންގެ ރައްޓެހިން އެކަނި ވައްދާނީ. އެވަރިހަމަ 6 ކުޑަކުދިން ގޮވައިގެން ދިޔަސް. ވައިބަރ ގްރޫޕްގަ ވެހިކަލްގެ ނަންބަރު އޮތިއްޔާ ވައްދާނެ. އެސަރަހައްދަށް އެމީހުން ވަތްގޮތެއް ބަލަންޖެހޭ. މިބުނާ ބްރިޖް ސކއރޓ ހިމެނިދާނެ