ޚަބަރު / މުހައްމަދު މަބްރޫކް އަޒީޒް (ރައީސް އޮފީސް)

ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދެނީ

ވެކްސިން ކިޔޫއެއް: ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއި ލިބޭނެ-- ފައިލް ފޮޓޯ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ގޮތުން ނުވަތަ ހާލަތާ އެއްގޮތަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކޮންމެ ހަފްތާއަކު ވެސް މަޝްވަރާކުރާ ކަމަށެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑްގެ ކޭސްތައް 1،500 އިން މައްޗަށް އަރައިގެން ދިޔަ ނަމަވެސް އެ އަދަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ތިރިކުރެވިފަ އެވެ.

މަބްރޫކް ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް އިތުރު ލުއިތައް ލިބޭނެ ކަމަށެވެ. އަދި ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރި މީހުންނާއި، ބަލި ޖެހުމަށް ފަހު، ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވެސް އެ އޮންނަ މުއްދަތަށް ބަލައި އެ މީހުންނަށް ވެސް ލުއި ދިނުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވެފައިވާ މީހުންނަށް ލުއި ލިބޭ ނަމަ، އެހެން މީހުން ވެކްސިން ޖެހުމަށް ވެސް ބާރުވެރި ކުރެވޭނެ އެވެ. އަދި އެގޮތަށް ލުއިދިނުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އެފަދަ ކަންކަމަށް ލުއި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް ހުރި ހަފްތާތަކުގައި މިއިން ވަކިވަކި ކަންކަމާ ގުޅޭގޮތުން ދެވޭ ލުއިތައް އިއުލާންކުރެވޭނެ،" މަބްރޫކް ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ޖެހި މީހުންނަށް ލުއި ދިނުމުގައި މުހިއްމު ދެ ކަމަކަށް ބަލާނެ ކަމަށެވެ. އެއީ ހައި ރިސްކް މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ދަތުރުކުރާ ތަނެއްގައި ބަލި އޮތް ވަރެވެ.

"މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ބަލި ފެތުރެމުންދާތީ އޭރު ދިން ލުއިތައް ވެސް ސަސްޕެންޑް ކުރީ. އޭރު ތައްޔާރުކުރީ ވަކި ޕްލޭނެއް. ވެކްސިން ކަވަރޭޖް އިތުރުވުމާއި ބަލި ވެސް އުޅޭ ވަރު ދަށްވަމުން ދިއުމާ އެކު ދޭނެ އީޒް[ލުއި] ތަކެއް."

ރާއްޖެ އަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އައުމުގެ ކުރިން ވެސް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާވެފައިވާ މީހުންނަށް ލުއި ދިނެވެ. އޭރު ބައެއް މީހުން މާލެއިން ރަށްރަށަށް ދިޔައީ ވެކްސިން ފުރިހަމަކޮށްގެން ކަރަންޓީނު ނުވާ ގޮތަށެވެ. އެކަމަކު މާލެ އާއި ރަށްރަށުގެ ހާލަތު ވެސް ގޯސްވެ، ދިން ލުއިތައް އަނބުރާ ގެނަ އެވެ. އަދި ފިޔަވަޅުތައް ވެސް ހަރުކަށި ކުރި އެވެ. ހާލަތު ރަނގަޅުވަމުންދާތީ އެޗްޕީއޭ އިން އަނެއްކާ ވެސް ވަނީ ލުއިތައް ދޭން ފަށައިފަ އެވެ.

42 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 8%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުރޭޓާތަންޑާބާޑް

24 June 2021

ދެން ފަހެ ވެންޓިލޭޓަރުތައް ކޯވިޑައް ޕޮސިޓިވް ވެ އަލީވަހީޑުގެ ޕާސްޕޯޓައްވެސް ކޯވީޑު ޖެހި ފާވެއްޖޭ ފާވެއްޖޭ.. އ.ހ

The name is already taken The name is available. Register?

މަހޯލި ލުއިވާނެ

23 June 2021

ބޮލަށް ތުރާ ފޫހި ވާހަކައެއް މީ ލުއި ދެނީ މިހެން ކިޔާތާ ހާދަދުވަހެއް ވެއްޖެއޭ ލުއިދޭ ބަޔަކާ ދިމާނުވޭ އަދިވެސް ބޮލަށް ތުރާ ފޫހި ވާހަކައެއް މީ ލުއި ދެނީ މިހެން ކިޔާތާ ހާދަދުވަހެއް ވެއްޖެއޭ ލުއިދޭ ބަޔަކާ ދިމާނުވޭ އަދިވެސް ބޮލަށް ތުރާ ފޫހި ވާހަކައެއް މީ ލުއި ދެނީ މިހެން ކިޔާތާ ހާދަދުވަހެއް ވެއްޖެއޭ ލުއިދޭ ބަޔަކާ ދިމާނުވޭ އަދިވެސް ބޮލަށް ތުރާ ފޫހި ވާހަކައެއް މީ ލުއި ދެނީ މިހެން ކިޔާތާ ހާދަދުވަހެއް ވެއްޖެއޭ ލުއިދޭ ބަޔަކާ ދިމާނުވޭ އަދިވެސް

The name is already taken The name is available. Register?

ސިނޮފާމް

23 June 2021

ތިޔާ ތި ބޭކާރު އެއްޗެއް....

The name is already taken The name is available. Register?

ރަދުން999

23 June 2021

ލުވިދޭއިިރު މިހާރުދީފ އިންކަހަލަ ލުވި ނުދިއްޔާ ރަނގަޅު. މިހާރު ކާފިއު އޮތީ ހަވީރު 6 އިން ފަތިހު 4 އަށްކަމަށްބުނަނީ. އެކަމަކު އެއްވެސް ގަޑިއެއްގައި މިނިވަންކަމާއެކު ބޭރަކަށް ނުނިކުމެވޭ. ކާފިއު ތިޔަކިޔަނީ ކޮންއެއްޗަކަށްތޯ؟ޖޫރިމާނާ މައްޗަށް ޖޫރިމަނާ. ރައްޔިތުން ހަނާވަނީ މިހާރު. މީހުން ބަންދުން ސަލާމަތް ކޮށްބަލަ، އޭރުން ރަނގަޅު ސިއްހަތެއްގައި ބޭރަށް ނުކުމެލެވޭނެ. ކުދި ވިޔާފާރިތައް ބަނގުރޫޓު ވެއްޖެ.

The name is already taken The name is available. Register?

މިހިރީއެހާލަކީ

23 June 2021

ދޭއެއްޗެްވިއްޔާ ދޭން ވީނުން. މަޝްވަރާއޭ މަސްރޮށްޓޭ ނުކިޔާ. ގޭގަ ތިބެތިބެ ބޯހަލާކުވެއްޖެޔޭ

The name is already taken The name is available. Register?

ޖާބެ

23 June 2021

ކޮބާތަ ކޮވިޝީލްޑް އިންޑިޔާ ވެކްސިންގެ 2 ވަނަ ޑޯޒު މިކަން ހަނދާން ނެތުނީތަ ވެރިޔަކައް ހުރގެން ކޮސް ކަންތައް ނުކޮށް ނުވަންޏާ ފައިބާފަދާންވީ ، ނާގާބިލް ސަރުކާރު

The name is already taken The name is available. Register?

ރަސުން

23 June 2021

ސަރުކާރު މުއައްޒަފުން ގޭގައު ތިއްބަސް އެންމެ ރުފިޔާއެއް ވެސް އުނިނުވެ މުސާރަލިބޭ. އާންމު ރައްޔިތުން ހަނާވަނީ. ގޮތްހުސްވަނީ. ސާބަސް ތިގޮތުގައި ހިފަހައްޓާ.

The name is already taken The name is available. Register?

ޗޮސްބެ

23 June 2021

އެލަވަންސް ލިބޭބައެއް ެސް އުޅޭ.

The name is already taken The name is available. Register?

ކިނބޫ

23 June 2021

ވެކްސިން ފުރިހަމަ ނުކުރެވި އެއް ފައިވާންކިބަ ލިބުނު މީހުނަށް އެހެން ދިމާވީ ކަލޭމެންގެ މިސްމެނޭޖްގެ ސަބަބުން. އެކަމުގެ ބުރަވެސް އެންމެފަހުން ފަރުދީ ޒިންމާއަށް އަތްފޮޅާލީނު. ސާބަހޭ!

The name is already taken The name is available. Register?

ވެކްސިން

23 June 2021

ކޮބާ ކޮވިޝީލްޑް.

The name is already taken The name is available. Register?

ޤާނިމް ޢަލީ

23 June 2021

ޕާމިޓް ކާޑު ދޫކުރާ އިރުވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ފުރުސަތުދޭން ފެނޭ، ދެން ބިދޭސީންނަށް ދޫކުރެވޭ ކާޑުތަކުން ޕޮލިސް ޓްރޭސްކުރާއިރު ފޮޓޯ ފެންނަން ޖެހޭ، މިހާރު ބިދޭސީން އެބަ ފޮޓޯ ނާރާ ޕާރމިޓް އެހެން މީހުންނަށް އެބަދެމުންދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454