ޚިޔާލު / އިސްލާމް

ރުޅިވެރިކަމާއި ހަސަދަ އަށް ހިތްތަކުން ޖާގަ ނުދިނުން

ނައްޖާރުގެ މަރާ ގުޅިގެން ފަލަސްތީނުގެ ޕެރެމެޑިކްސްގެ މެންބަރުން ހިތާމައިގައި. --ފޮޓޯ:އޭއެފްޕީ

އިންސާނުންނަކީ އެމީހުންގެ ބޭނުންތަކާއި އެދުންތަކުގައި އަދި ކަންކަން ވިސްނި ދޭހަވުމުގައި އެކަކުއަނެކަކާ ތަފާތު ބަޔަކަށްވާތީ ދިރިއުޅުމުގެ ހަޔާތުގައި ދެބަސްވުންތައް އުފެދުމަކީ ނުވެނުދާނެ ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި އެ ދެ ފަރާތުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް އިތުރު ބާރެއްގެ ގޮތުގައި ޝައިޠާނާ ވަސްވާސްތައް ވެގެންދެ އެވެ. ހެޔޮ ވިސްނޭ މީހަކު ބުދަށް އަޅުކަންކުރުވަން ޝައިޠާނާ ދޭ ވަސްވާސްތަކަށް ކާމިޔާބެއް ނުލިބުނަސް ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ އަލިފާންގަނޑު އަންދާލުމަށް ޝައިޠާނާ ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެންކަމުން މިއީ މުސްލިމުން ވަރަށް ބޮޑަށް ފަރުވާތެރިވެ ތިބެން ޖެހޭ ކަމެކެވެ.

ރުޅިވެރިކަމުގެ ވަސްވާސްތަކާއި ހަސަދަވެރިކަމުގެ އަލިފާންގަނޑުން ހިތްތައް ސަލާމަތްވެގެން ހުރެ ދިރިއުޅުމަކީ އިންސާނާ އަށް ލިބޭނެ ވަރަށް މުހިންމު ނިޢުމަތެކެވެ. އެހެނީ އެއީ ކަންބޮޑުވުމުން ސަލާމަތްވެ ހިތަށް ހަމަޖެހުމެއް ލިބުމަށްޓަކައި އެންމެ މުހިންމުވާ ކަންކަމުގެ ތެރޭ ހިމެނޭ އެއް ކަންތައް ކަމުގައިވާތީ އެވެ. ވީމާ އެއްވެސް މަޚްލޫޤަކަށް ނިޢުމަތެއް ލިބިފައިވާތީ ދެކޭ ހިނދު އެކަމަށްޓަކައި ޙަސަދަވެރިވުމުގެ ބަދަލުގައި އެކަމަށް ރުހި މާތް ﷲ ގެ ފަޟްލު ވަންތަކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއްވެސް މަޚްލޫޤަކަށް ދެރަގޮތެއް މެދުވެރިވެފައިވާ ނަމަ އުފާކުރުމުގެ ބަދަލުގައި އެކަމަށްޓަކައި ދެރަވެ އެކަމުން އެމީހަކު މިންޖުވޭތޯ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވަން ޖެހެ އެވެ. މިއާ ޚިލާފު ގޮތަކަށް ކަން ހިނގާނަމަ އެއިން ދަލީލުކޮށްދެނީ އަނެކާއާ މެދު ތިމާގެ ހިތުގައި ނުސާފުކަމެއް އޮންނަ ކަމެވެ.

އިންސާނާގެ ހިތަކީ އިސްލާމްދީނުގައި އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ގުނަވަނެކެވެ. ހިތް ސާފުކޮށް އޮތުމަށް އިސްލާމް ދީން ގޮވާލަ އެވެ. ހިތް ސާފުވުމޭ ބުނުމުން އެއިން އެ އިޝާރާތް ކުރަނީ ހަށިގަނޑުގައި އެވާ މަސްކޮޅު ސާފުވެފައި ސަލާމަތުން އޮތުމަކަށް ނޫނެވެ. އެހެނެއްކަމަކު އެއިން ދަލީލު ކުރަނީ ތިމާގެ ހިތުގައިވާ ތަފާތު އިޙުސާސްތަކާއި ޝުޢޫރުތައް ސަލާމަތުން ސާފުކޮށް އޮތުމަށެވެ. މި ސާފުކަން ހިތުގައި ނެތި ހިތް ކަޅުވެފައިވާ ނަމަ އިންސާނާ ކުރާ އެންމެހާ ހެޔޮ ކަންތައްތައް ވެސް ފަސާދަވެގެންދާނެ އެވެ. އަދި އެފަދަ ހިތަކުން އީމާންކަމުގެ ނޫރު ފަނޑުވެ ފޭދިގެންދާނެ އެވެ. މިއާ ޚިލާފަށް ހިތް ސާފުވެ އުޖާލާވެފައިވާ ނަމަ ތިމާކުރާ ކިތަންމެ ކުޑަ ހެޔޮ ކަމެއްގައި ވެސް މާތް ﷲ ބަރަކާތް ލައްވާނެ އެވެ. ހިތުގައި ހަސަދަވެރިކަމުގެ ޝުޢޫރެއް ނެތި ތިމާފަދަ އިން އެހެން އިންސާނުންނަށް ވެސް ހެޔޮ ގޮތްތަކާއި ފާފަފުއްސެވުމަށް އެދޭ މީހުންނަށް މާތް ﷲ ކީރިތިޤުރުއާނުގައި ތަޢުރީފު ކުރައްވާފައިވެ އެވެ (އަލްޙަޝްރު 10) މީސްތަކުންކުރެ އެންމެ ހެޔޮ ބަޔަކީ ކޮބައިތޯ ކީރިތިރަސޫލާ ﷺ ގެ އަރިހުގައި ޢަބްދުﷲ ބުނު ޢަމްރޫ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ބަޣާވާތްތެރިވުން ފަދަ ކަންކަމުން އެމީހެއްގެ ހިތް ސަލާމަތް ވެފައިވާ މީހާ އާއި، އަބަދުވެސް ތެދުބުނާ މީހާ ކަމުގަ އެވެ.

އިންސާނާގެ ހިތަކީ އިސްލާމްދީނުގައި އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ގުނަވަނެކެވެ. ހިތް ސާފުކޮށް އޮތުމަށް އިސްލާމް ދީން ގޮވާލަ އެވެ. ހިތް ސާފުވުމޭ ބުނުމުން އެއިން އެ އިޝާރާތް ކުރަނީ ހަށިގަނޑުގައި އެވާ މަސްކޮޅު ސާފުވެފައި ސަލާމަތުން އޮތުމަކަށް ނޫނެވެ. އެހެނެއްކަމަކު އެއިން ދަލީލު ކުރަނީ ތިމާގެ ހިތުގައިވާ ތަފާތު އިޙުސާސްތަކާއި ޝުޢޫރުތައް ސަލާމަތުން ސާފުކޮށް އޮތުމަށެވެ. މި ސާފުކަން ހިތުގައި ނެތި ހިތް ކަޅުވެފައިވާ ނަމަ އިންސާނާ ކުރާ އެންމެހާ ހެޔޮ ކަންތައްތައް ވެސް ފަސާދަވެގެންދާނެ އެވެ.

ހިތުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް ޝައިޠާނާ މަސައްކަތް ކުރާއިރު މުސްލިމުން މިކަމަށް ވަރަށްބޮޑަށް ފަރުވާތެރިވެ ތިބެން ޖެހެ އެވެ. މިކަމުން ސަލާމަތްވުމަށް އިސްލާމް ދީނުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް މަސައްކަތް ކުރަން ޖެހެ އެވެ. މިގޮތުން ކީރިތި ޤުރުއާނުގަ އާއި ކީރިތިރަސޫލާ ﷺ ގެ ސުންނަތުގައި މިކަމާ ގުޅޭގޮތުން އައިސްފައިވާ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާން ޖެހެ އެވެ. މިގޮތުން، އެކަކު އަނެކަކަށް ނުބައިރޭވުންތައް ރޭވުމާއި ގުޅުންތައް ކެނޑުމާއި ރުޅިވެރިކަން ބޭއްވުމާއި ޙަސަދަވެރިކަން ބޭއްވުން ކީރިތިރަސޫލާ ﷺ ވަނީ މަނާ ކުރައްވައިފަ އެވެ. އަދި އޭގެ ބަދަލުގައި މާތް ﷲ އަށް އަޅުވެތިވާ އަޚުންތަކެއް ކަމުގައި ވުމަށް އެކަލޭގެފާނު ވަނީ އަންގަވައިފަ އެވެ. (ބުޚާރީ). އަދި މުއުމިނަކު އޭނާގެ އަޚާއާ ދެމެދު ހަމަނުޖެހުމެއް ހިނގައިދިޔަ ނަމަވެސް އޭނާއާ ރުޅިވެރިކަން ބާއްވައި ވާހަކަނުދައްކައި ހުރުން އެކަލޭގެފާނު މަނާ ކުރައްވަ އެވެ. އެކަމާމެދު ވިސްނައި ފިކުރުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ނެގިނަމަވެސް އެއަށް ވުރެ ގިނަ ދުވަހު އެގޮތުގައި ހުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައި އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ. އެހެންކަމުން ރުޅިވެރިކަމެއް އުފެދިއްޖެ ނަމަ ތިން ދުވަސް ވުމުގެ ކުރިން ވީ އެންމެ އަވަހަކަށް ދެމީހުން ބައްދަލުކޮށް އެކަކު އަނެކަކަށް ސަލާމް ކުރަން ޖެހެ އެވެ. ހިތުގައިވާ ރުޅިވެރިކަމާއި ހަސަދައިގެ އެންމެހާ ޝުޢޫރުތައް ފޮހެލަން ޖެހެ އެވެ.

މީހަކު ނުކުރާކަމެއް ނުވަތަ މީހެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެ މީހަކު އެ ބުނިކަމެއް ވެއްޖައުމަށް ދާނދެން ނަރަކައިގައި ބަންދުވެގެންވާނެ ކަމުގައި ކީރިތިރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްޠަބަރާނީ) ދެބައުޑުވާ މީހާ އަކީ ނަރަކަވަންތަ ވެރިއެކެވެ. އެހެނީ ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ ދެބައުޑުވާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށެވެ.

ކީރިތިރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ދެ އިންސާނެއްގެ ދެމެދުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދޭއިރު އެތަނުން އެކަކު ވާހުށީ (އެކަން ނޭނގުމުގެ ސަބަބުން ވިއަސް) އަނިޔާވެރިއަކަށެވެ. އަނެކަކު ވާހުށި އަނިޔާ ލިބެނިވި މީހަކަށެވެ. އެހެންވެ އެކަލޭގެފާނު އިރުޝާދު ދެއްވާފައި ވަނީ އެތަނުން އަނިޔާވެރިވެ އަނެކާގެ ހައްގަށް އަރައިގަތް މީހާ އޭނާގެ އެ އަނިޔާވެރިކަމުން ވަގުތުން އެއްކިބާވެ އޭނާގެ އުޅުން އިޞްލާޙު ކުރުމަށެވެ. ސަބަބަކީ އެގޮތަށް އެކަން ނުކުރާ ނަމަ އޭނާ އަށް ކުރެވިފައިވާ ހެޔޮކަންތަކުން އެކަމަށް އަގުދައްކަން ޖެހޭތީ އެވެ. މިގޮތުން ގޮސް އޭނާގެ ހުރިހާ ހެޔޮ ކަމެއްގެ ޘަވާބު ހުސްވެއްޖެ ނަމަ ނުވަތަ އެއްގޮތަކަށް ވެސް ހެޔޮ ކަމެއް ކުރެވިފައި ނެތް ނަމަ އަނެކާއަށް ކުރެވިފައިވާ ފާފަތަކުގައި ހިފަން ޖެހިދެ އެވެ. ދެންއޮތީ ދެމީހުންކުރެ އަނިޔާ ލިބެނިވި މީހާ ކަންކުރަންވީ ގޮތާ މެދު ދެއްވާފައިވާ އިރުޝާދެވެ. މިގޮތުން އޭނާގެ މައްޗަށް ލާޒިމުވަނީ ދުނިޔެ މަތިން އޭނާ އަށް ލިބިގަނެވެން އޮތް ހައްގެއް ލިބިގަތުމަށް ފަހު މަޢާފު ކުރުމެވެ. އަނެކާގެ ޢުޒުރުވެރިވުން ގަބޫލު ކުރުމެވެ. (ބުޚާރީ) އުޒުރު ގަބޫލު ނުކުރުމަކީ ވެސް ކުށެކެވެ. ކީރިތި ރަސޫލާ ﷺ އެކަން ސިފަ ކުރައްވަނީ ނުބައި ގޮތަކަށް މުދާގަނޑެއް ފޭރިގެންފައިވާ މީހަކު ފަދައިންނެވެ. މިފަދަ މިހާ ކުށްވެރިވާ ދަރަޖައަށް އުޒުރުގަބޫލުނުކުރާ މީހާ ވެސް ކުށްވެރި ވާނެ ކަމަށެވެ. (އިބްނު މާޖާ) އަދި އައްޠަބަރާނީ ރިވާކުރައްވާފައިވާ ގޮތުގައި ޢުޒުރުވެރިވާ މީހާގެ އުޒުރު ގަބޫލު ނުކުރާ މީހަކަށް ޙައުޟުން (އެބަހީ ކައުޘަރޭ ކިޔޭ އާރުން) ޖާގައެއް ނުލިބޭނެ އެވެ.

ކީރިތިރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ދެ އިންސާނެއްގެ ދެމެދުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދޭއިރު އެތަނުން އެކަކު ވާހުށީ (އެކަން ނޭނގުމުގެ ސަބަބުން ވިއަސް) އަނިޔާވެރިއަކަށެވެ. އަނެކަކު ވާހުށި އަނިޔާ ލިބެނިވި މީހަކަށެވެ. އެހެންވެ އެކަލޭގެފާނު އިރުޝާދު ދެއްވާފައި ވަނީ އެތަނުން އަނިޔާވެރިވެ އަނެކާގެ ހައްގަށް އަރައިގަތް މީހާ އޭނާގެ އެ އަނިޔާވެރިކަމުން ވަގުތުން އެއްކިބާވެ އޭނާގެ އުޅުން އިޞްލާޙު ކުރުމަށެވެ. ސަބަބަކީ އެގޮތަށް އެކަން ނުކުރާ ނަމަ އޭނާ އަށް ކުރެވިފައިވާ ހެޔޮކަންތަކުން އެކަމަށް އަގުދައްކަން ޖެހޭތީ އެވެ. މިގޮތުން ގޮސް އޭނާގެ ހުރިހާ ހެޔޮ ކަމެއްގެ ޘަވާބު ހުސްވެއްޖެ ނަމަ ނުވަތަ އެއްގޮތަކަށް ވެސް ހެޔޮ ކަމެއް ކުރެވިފައި ނެތް ނަމަ އަނެކާއަށް ކުރެވިފައިވާ ފާފަތަކުގައި ހިފަން ޖެހިދެ އެވެ.

މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ނައްތާލުމަށް އިސްލާމްދީނުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ނެތި ނުބައި މޮށުމާއި ދެބައުޑުވުމާއި މީހުންގެ ސިއްރުތައް ހޯދަން މަސައްކަތް ކުރުމާއި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމާއި މިފަދަ ކަންކަން މަނާކުރައްވާފައިވެ އެވެ. މީހަކު ނުކުރާކަމެއް ނުވަތަ މީހެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެ މީހަކު އެ ބުނިކަމެއް ވެއްޖައުމަށް ދާނދެން ނަރަކައިގައި ބަންދުވެގެންވާނެ ކަމުގައި ކީރިތިރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްޠަބަރާނީ) ދެބައުޑުވާ މީހާ އަކީ ނަރަކަވަންތަ ވެރިއެކެވެ. އެހެނީ ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ ދެބައުޑުވާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށެވެ.

މިފަދަ އަމުރުތަކާއި ނަހީތައް އިސްލާމް ދީނުގައި އައިސްފައިވާ އިރު އެއްވެސް އިންސާނަކާ މެދު ތިމާގެ ހިތުގައި ދެކޮޅުވެރިކަމެއް ނުވަތަ ޙަސަދަވެރިކަމެއް ނުވަތަ މިއިން ކަމަކަށް މަގުފަހިވެދާނެ ފަދަ އިހުސާސެއް ނުވަތަ ޝުޢޫރެއް ވިޔަސް ހިތުތެރެއިން ބޭރުކޮށްލަން ޖެހެ އެވެ. މިއިން ކަމެއްގެ ކަންފުޅެއް ވެސް ހިތުގައި ވާނަމަ ހިތް ސާފުކޮށްލައި ފޮހެލަން ޖެހެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

27 June 2021

ދީނީފޮށާ އަޅައިގެން ތިބި ބަޔަކު މަހުޖަނުންގެ އެކި އެކި ސިޔާސީ އެޖެންޑާ އެބަ އިސްކުރޭ! ދީނީ އެއްބައިވަންތަކަންވެސް ނެގެހެއްޓީނީ ދުނިޔެވީ ތަޢުލީމް ލިބުނުވަރަކުން!

The name is already taken The name is available. Register?

އެމްސް

25 June 2021

ހަރުކަށްޓާއި މަޑުކަށްޓަށް ތެދުމަގު ދައްކަވާފާނދޭވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454